Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

އިމްރާނަށް އެންމެ ހެޔޮއެދޭ މީހަކީ އަޅުގަނޑު، އިމްރާން ހުންނަން ޖެހޭނީ އަޅުގަނޑާ އެއްކޮށް: ޝަހީމް

9 ޖުލައި 2018 | ހޯމަ 13:41

ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް އެކަނި ގުޅުނަސް ފުދޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 ޖުލައި 2018 | ހޯމަ 13:41
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުރާ ޖަލަށް ގެންދަނީ

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުރާ ޖަލަށް ގެންދަނީ

މި އުޑުދަށުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅަކީ އެބޭފުޅާ ކަމަށާއި، ޝެއިހް އިމްރާންގެ ޒާތީކަމެއް ރައީސް އަބްދުﷲ ޔާމީނާ އޮތިއްޔާ އެކަން ފިލުވާލުމަށްފަހު ޕީޕީއެމަށް ތާއިދުކޮށް އެބޭފުޅާގެ ފަހައްޕުޅަށް ވަޑައިގެންނެވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް ހުސެންއަކީ އެބޭފުޅާގެ ދެ އަޚުންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ދެ ބޭފުޅުން އެކަނި ޕީޕީއެމަށް ތާއިދުކޮށް އެބޭފުޅާގެ ފަހަތަށް ވަޑައިގެންނެވުމުން ފުދޭކަމަށެވެ.

Advertisement - newsAdvertisement

ޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަ ދައްކަވަނީ

"މިއަދު ވެސް އިމްރާން އަރިހުން އަޅުގަނޑު އެދެނީ އަޅުގަނޑު ކައިރިއަށް ވަޑައިގަންވަން، އަޅުގަނޑަށް ވުރެ އިމްރާނަން ހެޔޮއެދޭ އިންސާނެން މި އުޑުދަށުގައި ނުހުންނާނެ، 100 ޕަސެންޓު ޔަގީން ކަމައި އެކު މި ދަންނަވަނީ، އިމްރާން މިއަދު ހުންނަން ޖެހޭނީ އަޅުގަނޑާ އެއްކޮށް، އަޅުގަނޑު މި ދަންނަވަނީ އިމްރާން އަރިހުގައި، ޒާތީކަމެއް އޮތިއްޔާ ރައީސް ޔާމީނާއި ފިލުވާލައްވާ އަޅުގަނޑާއި އެކު ވަޑައިގަންނަވާށޭ" ޝެއިހް އިމްރާން އެންމެ ހެޔޮއެދޭ މީހަކީ ކާކުތޯ ޝެއިހް އިމްރާނާއި ސުވާލުކޮށްފިނަމަ، އިމްރާން ވިދާޅުވާނީ އެބޭފުޅާގެ ނަންކަމަށް ވިދާޅުވަމުން ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރުގެ މާގާމުން އިސްތިއުފާ ދެއްވީ ޝެއިހް އިމްރާނަންޓަކައި ކަމަށާއި، ރައީސް ޔާމީނާ ޒާތީކަމެއް އޮތިއްޔާ އެކަން ފިލުވާލުމަށްފަހު "ޕީޕީއެމަށް" ތާއިދުކޮށް ދިވެހި ރާއްޖޭގެ އިލްމުވެރިންގެ ސަފުތަށް އެކަތިގަނޑަކަށް ހެއްދެވުމަށް އެބާފުޅާގެ ފަހަތްޕުޅުގައި ވަޑައިގެންނެވުމަށް ޝަހީމް ވަނީ ތަކުރާރުކޮށް ދައުވަތު ދެއްވާފައެވެ.

"ޝެއިހް އިމްރާނުގެ އަރިހުންވެސް، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު އެމަނިކުފާނު މި ނިއުސްބުރީފިން ބައްދަލަމުން ގެންދަވާނެ ކަންނޭނގެ، އެބޭފުޅާއަށް އެގިވަޑައިގަންނަވާނެ ޝަހީމަކީ ކާކުކަން، އިމްރާނަކަށް ދެރައެއް އެދިވަޑައިނުގަންނަވާނެކަން، އަޅުގަނޑު ނޫނީ ނުހުންނާނެ ރަހުމަތްތެރިއަކަށްޓަކައި ކެބިނެޓުގެ މަގާމެއް ދޫކޮށްލި މީހެއް ދިވެހި ރާއްޖޭގެ ތަރީހުގައި ވެސް، 100 ޕަސެންޓަށް މި ދަންނަވަނީ، އިމްރާނަން ހެޔޮއެދިގެން އަޅުގަނޑު އެދުވަހު ވެސް އެކަން ކުރީ، ހަގީގަތުގައި ވެސް މިދަންނަވަނީ ތެދަށް، މިއަދު ވެސް އަޅުގަނޑު މި ހުންނަނީ ހެޔޮއެދޭ ހާލުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަން އަޅުގަނޑު ހެކިކޮށް މިދަންނަވަނީ އިމްރާނަން އަޅުގަނޑު ވަރަށް ހެޔޮއެދެން ޝެއިހް އިލްޔާސް އަށް އަޅުގަނޑު ވަރަށް ހެޔޮއެދެން، އެއީ އަޅުގަނޑު އެންމެ ލޯބިވާ ދެ އަޙުން، އަދާލަތު ޕާޓީގެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ދެބޭފުޅުން އެކަނި މި ކޮޅަށް ވަޑައިގެންނެވިއަސް އަޅުގަނޑަށް ފުދޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް އިމްރާނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.

މޭޑޭ މުޒާހަރާގައި ޝެއިހް އިމްރާން ވާހަކަފުޅު ދައްކަވަނީ

ޝެއިހް އިމްރާންއަށް 12 އަހަރުގެ ޖަލު ހުކުމް ކުރުމުން އެކަމުގެ ހިތާމާއިގައި އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގަންނަވަން ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝެއިހް އިމްރާން އެ ދުވަސްވަރު ކުރިއަށް ގެންޔިޔަ "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ހަރަކާތަކީ އެބޭފުޅާ ގަބޫލުކުރެއްވި ފަލްސަފާއެއް ނޫންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އޭރު ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ އެބޭފުޅާ ގަބޫލުކުރައްވާ އުސޫލުތަކާއި ހިލާފަތް ކުރިއަށްދާ ހަރަކާތްތަކެއް ކަމަށެވެ.

"އެހެންވީމަ ވަރަށް އިޙްތިރާމާއި އެކީގައި ސިޔާސީ ގޮތުން އަޅުގަނޑުމެން ދެމީހުން ވަކިވެގެން ދިޔައީ، މި އަދާހަމައަށް ވެސް ސިޔާސީ ގުޅުމެއް އަޅުގަނޑާއި ޝެއިހް އިމްރާނާ ދެމީހުންގެ ނެތް، އެހެންނަމަވެސް އަޙުވަންތަކަމުގެ ގުޅުން އެބަ އޮތް" ޝަހީމް ވިދާޅުވިއެވެ.

ޝެއިހް އިމްރާމާއި ޝެއިހް އިލްޔާސް ޕީޕީއެމާއި ގުޅުމަށް ދައުވަތުދިނުމަށް ފަހު، ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި އެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް