Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

މުއާ އާއި އައްޒަގެ ގުޅުން ހާމަވެއްޖެ

އެ ފޮޓޯގެ ކެޕްޝަންގައި އައްޒަ ޓެގްކޮށް އޭނާ ލިޔެފައިވަނީ "އައި ލަވް ޔޫ"

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ޖުލައި 2018 | އާދީއްތަ 07:59
އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒާ

އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒާ

ދިވެހި ފިލްމް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ދެތަރިން ކަމަށްވާ އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒާ ރައްޓެހިވެގެން އުޅޭކަން ހާމަ ވެއްޖެ އެވެ.

ހޮނިހިރު ދުވަހު މުއާ އޭނާގެ އިންސްޓަގްރާމްގައި އައްޒަ އާއި އެކު ނަގާފައިވާ ފޮޓޯއެއް ވަނީ ޕޯސްޓް ކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި އައްޒަ ޓެގްކޮށް އޭނާ ލިޔެފައިވަނީ "އައި ލަވް ޔޫ" މިހެންނެވެ. މީގެ އިތުރުން މުއާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަށް ވެސް ހަމަ އެ ފޮޓޯ ލުމަށް ފަހު ކެޕްޝަންގައި ލިޔެފައިވަނީ "އައި ލަވް ޔޫ އިޒްނާ"އެވެ.

އެ ޕޯސްޓަށް އައްޒަ ވެސް ވަނީ ކޮމެންޓް ކޮށްފައެވެ. އައްޒަ ގެ ކޮމެންޓްގައި ވަނީ " ރަތް ހިތަކާއި އެކު މަޗް ލަވް އެންޑް މޯ މިސަސް" މިހެންނެވެ.

އިޒްނާ މި ނަމަކީ މީގެ ފަސް އަހަރު ކުރިން ފެށިގެން ވެސް މުއާ އައްޒައާއި ވާހަކަ ދެއްކި އިރު މުޚާތަބު ކުރަމުން ގެންދާ ނަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެނަމަކީ މުއާއަށް ވަރަށް ރީތި ނަމެއް ކަމަށާއި އެނަން އަޑު އިވިފައިވަނީ ފިލްމަކުން ކަމަށް މުއާ ވަނީ ބުނެފައެވެ.

ނަމަވެސް އެދަތަރިން ރައްޓެހިވެގެން އުޅޭ ކަމަކަށް އޭނާ އަދިވެސް އެއްބަހެއް ނުވެއެވެ.

މުއާ ބުނެފައިވަނީ މީހުން މަޝްހޫރު މީހުންގެ ފޮޓޯ ލާކަމަށާއި ލަވްޔޫ އޭ ވެސް ބުނާ ކަމަށެވެ. އަދި އައްޒައަކީ ވެސް މަޝްހޫރު ތަރި އެއް ކަމަށާއި އޭނާގެ ފޮޓޯ ވެސް ހަމަ ލެވިދާނެ ކަމަށެވެ.

" މީހުން ދިޕިކާ ޕަޑުކޯން މެން ޕްރިޔާންކާ ޗޯޕްޅާ މެންގެ ފޮޓޯވެސް ލާ. މަޝްހޫރު މީހުންގެ ފޮޓޯ މީހުން ލާނެ. އެ ފޮޓޯ މީހުން ލަނީކީ އެމީހުންނާއި ރައްޓެހިވެގެން އުޅޭތީ އެއް ނޫން" މުއާ ބުންޏެވެ.

މުއާ އާއި އައްޒަގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެމުންދާއިރު މި ދެތަރިން ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ.

އަދި އެކައިވެންޏަށް މިދެމީހުންނަށް ވެސް ވަނީ ދަރިއަކު ލިބިފައެވެ.

މިދެތަރިން އެކުގައި މިހާތަނަށް އެއްވެސް ފިލްމެއްގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ދެން މުއާގެ އަންނަން އޮތް ފިލްމް "ލީނާ" ގެ ލީޑް ރޯލުން ފެނިގެންދާނީ އައްޒަ އެވެ.

މުއާ ކޯ ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓް ކުރާ މިފިލްމުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް ފިލްމް ރިލީޒް ކުރާނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ފިލްމަކުން މިދެތަރިން އެކުގައި ފެނިފައި ނުވިނަމަވެސް މި ދެތަރިން އެކުގައި ވަނީ ދެ ވީޑިއޯ ލަވައިން ފެނިގެން ގޮސްފައެވެ.

އެއީ ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ "ކިޔާދޭނަމޭ ހިތް އެދޭހާ" އަދި "ހިތުގަވޭ ތިރީތި އަސަރު" މި ދެލަވައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު