Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުވާ ކޮންފަރެންސް

ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ މުފްތީ ރާއްޖެ ވަޑައިގެންފި

މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނިވަޑައިގަންނަވާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 5 ޖުލައި 2018 | ބުރާސްފަތި 12:12
ރާއްޖެއަށް ވަޑައިގެންނެވި މިސްރު ވަފްދާ އެކު އިސްލާމިކް މިނިސްޓަރު

ރާއްޖެއަށް ވަޑައިގެންނެވި މިސްރު ވަފްދާ އެކު އިސްލާމިކް މިނިސްޓަރު

"އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް" ގެ ނަމުގައި ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ މިޞްރުގެ ވަފްދު ރާއްޖެ ވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ޖުލައި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ހަތަރު ޤައުމަކުން ބައިވެރިވެފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫދާން، ޖޯޑަން، އަދި މެލޭޝިޔާ ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެއް ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށްގެންދާ "އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް" ކޮންފަރެންސްގެ މަޤްސަދަކީ ފަތުވާގެ ޒަރިއްޔާ އިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ފަތުވާގެ ދައުރުފުޅާ ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އިސްލާމީ ބޮޑެތި ޤައުމުތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމާއި، އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުން ކަމަށެވެ.

ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދު އިމާމްވެ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިޞްރުގެ މުފްތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރުން ބައިނަލްއަޤްވާމީ މީޑިއާއާއި ބައްދަލުކުރައްވަނީ!

ވަޒީރުން ބައިނަލްއަޤްވާމީ މީޑިއާއާއި ބައްދަލުކުރައްވަނީ!

04 ޑިސެމްބަރު 2017
އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވޭ: ރާއްޖެ

އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީ ބޭނުންވޭ: ރާއްޖެ

22 ނޮވެމްބަރު 2017
ފަތުވާ މަޖިލީހުގެ ވަފުދެއް މިސްރަށް ފުރައިފި

ފަތުވާ މަޖިލީހުގެ ވަފުދެއް މިސްރަށް ފުރައިފި

17 އޮކްޓޯބަރު 2017
ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި

ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި

04 އޮކްޓޯބަރު 2017
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް އެބަހުރި: ޑރ. ޢަލީ ނަޞީރު

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް އެބަހުރި: ޑރ. ޢަލީ ނަޞީރު

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު