Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫއެންޖީއޭ: ދިވެހިރާއްޖެ

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް އެބަހުރި: ޑރ. ޢަލީ ނަޞީރު

3 އޮކްޓޯބަރު 2017 | އަންގާރަ 19:23

"ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ދޫކުރުމުގެ އޮނިގަނޑު އޮތީ ކުދި ޤައުމުތަކަށް ފަހި ގޮތަކަށް ނޫން"

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 3 އޮކްޓޯބަރު 2017 | އަންގާރަ 19:23
އދގެ އިޤްތިޞާދީ އަދި އިޖްތިމާއީ ކޮމިޓީގެ އާއްމު ބަހުސްގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވާހަކަ ދައްކަވަނީ

އދގެ އިޤްތިޞާދީ އަދި އިޖްތިމާއީ ކޮމިޓީގެ އާއްމު ބަހުސްގައި ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވާހަކަ ދައްކަވަނީ

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ގޮންޖެހުންތައް އެބަހުރި ކަމަށް ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ އިޤްތިޞާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގެ އާއްމު ބަޙުސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޞީރު ވިދާޅުވީ، 1971 ވަނަ އަހަރު ދިވެހިރާއްޖެ އޮތީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ކަމަށާއި އޭގެ 40 އަހަރު ފަހުން ދިވެހިރާއްޖެ މިހާރު މިވަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އަޅާ ކިޔޭފަދަ، މެދުފަންތީގެ އާމްދަނީ އެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ކަމަށެވެ.

Advertisement - newsAdvertisement

އަދި އދ. އާއި އެހެނިހެން ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ދިވެހިރާއްޖެ އާދެމެދު އޮތް ވަރުގަދަ ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ އިޤްތިޞާދާއި އިޖުތިމާޢީ ތަރައްޤީގެ ދުވެއްޔަށް ޙަލުވި ކުރިއެރުމެއް ލިބިގެންދިޔަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންގޮސްދިން އުއްމީދީ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ތަންފީޒް ކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކާއި ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ތަރައްޤީގެ ހަރުގަނޑުން މައްޗަށް އެރުމަށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އަށް މިދަތުރުގައި އެހީތެރިވެދިން ބައިވެރިންގެ ދަޢުރު ފާހަގަ ކުރާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ.

މީގެ އިތުރުން އދ. ފަދަ އޮނިގަނޑެއްގެ ތެރެއިން މިފަދަ ގުޅުންތަކަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ ކަމަށް ވިދާޅުވެ، އދ. އާއި އެޖަމިއްޔާގެ ބައިވެރިންގެ މެދުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ޑރ.ނަސީރު ފާހަގަ ކުރެއްވި އެވެ.

ތަރައްޤީގެ ހަރުގަނޑުން ދިވެހިރާއްޖެ ދެން އޮތް ފިޔަވައްސަށް ދަތުރު ކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވި ކުރުމަށް ބޭރުގެ އިންވެސްޓްމަންޓަށް ބޭނުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ދޫކުރުމުގެ އޮނިގަނޑު އޮތީ ކުދި ޤައުމުތަކަށް ފަހި ގޮތަކަށް ނޫން ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގައި ކުދި ޤައުމުތަކަށް ލޯނު ދިނުމަށް ފަހި މާޙައުލެއް ގާއިމް ކުރުމުގައި އދ. އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް