Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް އުރީދޫ އިން ތައާރަފްކޮށްފި

މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޖުލައި 2018 | ބުރާސްފަތި 12:24
ނިރުގެ ޕޯސްޓަރ

ނިރުގެ ޕޯސްޓަރ

މުޖުތަމަޢަށް މަންފާކުރާ ތަފާތު އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެއިން އަދި ބައިނަލްއަޤްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދާ އެކު، ދިވެހިރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމަށްވާ "ނިރު އެކްސެލެރޭޓަރ" އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ "ފެށުނީއްސުރެ، އުރީދޫގެ ތަސައްވަރަކީ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރައްޔިތުންގެ ޙަޔާތަަށް އިތުރު ފުރިހަމަ ކަމާއި ކުރިއެރުން ގެނެސްދިނުން" ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ޚިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފައިވާ ކަމަށާއި އެންމެ އެކަހެރި ހިސާބުތަކުން ވެސް، ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުންދާ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމަޢަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް މަރުޙަބާ ކިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ 'ނިރު' އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އެގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމްތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވަރކިންގ ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕަރޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. ހަމައެއާ އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށާއި 'ނިރު' އެކްސެލެރޭޓަރ ފުރިހަމަކުރުމަށް ފަހު ވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނަރޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން ބުނި ގޮތުގައި 'ނިރު' އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، ކުރިއަށްއޮތް އޮގަސްޓް މަހުގައި ބޭއްވޭ ހެކަތޮންއެވެ. އެގޮތުން، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ބިންގާތަކާއި، ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެ ކަމަށާއި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓުތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓަރގައި ބައިވެރިކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މުޖުތަމައު އަށް ފައިދާކުރާނެ، އީޖާދީ ޚިޔާލަކާ އެކު ކޮންމެ ފަރާތަކަށް ވެސް 'ނިރު އެކްސެލެރޭޓަރ' ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ.

'ނިރު އެކްސެލޭޓަރގައި' ބައިވެރިވުމުގެ ޝަރުތުތަކަކީ:

• ނިރު އެކެސެލްރޭޓަރގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން

• ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭފަދަ ކޮންސެޕްޓަކަށްވުން

• ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ޑިސްޓްރިބިއުޓް ކުރެވޭ ޚިދުމަތަކަށްވުން

• ކެޕިޓަލް އެފިޝަންޓް ވުމާ އެކު، ލިބިގެންދާ ސީޑް ފަންޑިންގ މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ޕްރޮޑަކްޓަކަށް ވުން

• ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި ބޭފުޅުން ތިބުން އެދެވިގެންވޭ

އެކްސެލެރޭޓަރގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ ފަރާތަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވަރކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ނިރު އެކްސެލެރޭޓަރގައި ބައިވެރިވުމަށް، ނުވަތަ ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް www.ooredoo.mv/niru އިން ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު