Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާގެ ކޮރަޕްޝަން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފި

ހައްޔަރުކުރީ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ޖުލައި 2018 | އަންގާރަ 10:00
ނަޖީބު ރައްޒާޤް މާލޭގައި

ނަޖީބު ރައްޒާޤް މާލޭގައި

ކޮރަޕްޝަންގެ ތުހުމަތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ރާއްޖެ ގަޑިން 12:00 ޖަހާ އެހާއިރުއެވެ. އޭނާ ހައްޔަރުކުރީ މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުންނެވެ. އަދި އިތުރު ތަފްޞީލް ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ. ނަޖީބު ރައްޒާޤް އެކޮމިޝަނަށް ހާޒިރުކޮށް މިއަދު ސުވާލުކުރެވޭނެއެވެ.

ނަޖީބުގެ އާއިލާގެ ވަކީލު ޗެނަލް ނިއުސް އޭޝިއާގައި އަންގާރަ ދުވަހު ބުނެފައި ވަނީ 1އެމްޑީބީގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ބުދަ ދުވަހު ޝަރީއަތް ފަށާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މެލޭޝިއާގެ އެންޓިކޮރަޕްޝަން އޭޖެންސީން ވަނީ ނަޖީބު ރައްޒާގުގެ ދޮންދަރިފުޅެއް އަދި ހޮލީވުޑް ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ރިޒާ އަޒީޒްއާ ސުވާލުކޮށްފައެވެ. ރަސްމީ ހެދުންކޮޅުގައި އެންޓިކޮރަޕްޝަން އޮފީހަށް ވަޑައިގެންނެވި ރިޒާ ރިޕޯޓަރުންނާ ވާހަކަދައްކަވާފައެއް ނުވެއެވެ.

ތުހުމަތުކުރެވޭ ކޮރަޕްޝަނާއި 1 އެމްޑީބީގެ ފަންޑުގެ ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ނަޖީބުގެ ކޯލިޝަނަށް މެއިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އުއްމީދު ނުކުރާ ފަދަ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފައެވެ.

ނަޖީބުގެ ވެރިކަމުގައި އޮއްބާލަފައި ވަނިކޮށް އައު ސަރުކާރުން ވަނީ ތަހުގީގު އަލުން ފަށާފައެވެ.

އެމެރިކާގެ ތަހުގީގު ޓީމުން ބުނެފައިވާ ގޮތުގައި ރިޒާގެ ކުންފުނި، ރެޑް ގްރެނައިޓް ޕިކްޗަރސް ކޯޕަރޭޝަނުން ވަނީ 1 އެމްޑީބީން ވަގަށް ނަގާފައިވާ ފައިސާ ބޭނުންކޮށްފައެވެ.

މާޓިން ސްކޯސެސް ޑައިރެކްޓްކޮށްފައިވާ ދި ވުލްފް އޮފް ވޯލްސްޓްރީޓްއަކީ އެ ފައިސާ ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމެއް ކަމަށް ތަހުގީގު ޓީމުން ބުނެއެވެ.

ރެޑްގްރެނައިޓުން މާޗް މަހު ވަނީ 1 އެމްބީޑީގެ ތެރެއިން އެކުންފުންޏަށް ފައިދާވި ކަމަށް އެމެރިކާގެ ސަރުކާރުން ބުނާ 60 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދެއްކުމަށް އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު