Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި

17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެއަށް ފޮނުވަން ތައްޔާރުކޮށްފައިވަނިކޮށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 2 ޖުލައި 2018 | ހޯމަ 14:29
17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި 3 މީހުން

17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި 3 މީހުން

17 ކިލޯގެ ހަޝިޝް އޮއިލްއާއިއެކު މިދިޔަ މަހުގެ ކުރީކޮޅު އިންޑިއާގެ ޓްރިވެންޑްރަމްއިން ހައްޔަރުކުރި 3 ދިވެހިންގެ އިތުރުން، 22 އަހަރުގެ ދިވެއްސަކު މިހަފްތާގައި ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ނިއު އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަމްހާރް ރަޝީދު ކިޔާ ޒުވާނެކެވެ. އޭނާއަކީ އިންޑިއާގައި ޑިގްރީއަށް ކިޔަވަމުން ދާ ޒުވާނެއްކަމަށްވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މިމައްސަލައިގައި ހައްޔަރުކުރި 3 މީހުން ތަހުޤީޤަށް ދިން ބަޔާންތަކުގެ މައްޗަށް ބިނާކޮށްކަމަށް ޓްރިވެންޑްރަމް ފުލުހުންނާއި ހަވާލާދީ އެނޫހުގައި ވެއެވެ. އަމްހާރް ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖެއަށް ފުރުމަށް ތައްޔާރުވަމުން ދަނިކޮށްކަމަށް ކެރެލާ ފުލުހުންގެ ނާރކޮޓިކްސް ސެލްގެ އެސިސްޓަންޓް ކޮމިޝަނަރ ޝީން ތަޔައްރިލްއާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނެއެވެ.

Advertisement - newsAdvertisement

ހައްޔަރުކުރި ޒުވާނާ ޓްރިވެންޑްރަމްގެ ޕަލްކުލަންގަރަ ސަރަހައްދުގައި ދިރިއުޅޭތާ 5 އަހަރުވެއްޖެކަމަށާއި، އޭނާ އަކީ ކުރިން ހައްޔަރުކުރި 3 މީހުންނަށް މަސްތުވާތަކެތި ގެންގޮސްދޭ މީހާ ކަމަށްވެއެވެ. އަދި އޭނާ ގެންގޮސްދިނުމުން ކުރިން ހައްޔަރުކުރި 3 މީހުން ވެގެން އެތަކެތި ބަންދުކޮށް ކުކިންގ އޮއިލް ދަޅުތަކުގައި ރާއްޖެއަށް ސްމަގްލް ކުރަން ރޭވިކަމަށް އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

ހައްޔަރުކުރި ޒުވާނާއަކީ އޭގެ ކުރިން ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކެއްކަމަށްވާ 24 އަހަރުގެ އައިމަން އަހުމަދުގެ ގާތް އެކުވެރިއެއްކަމަށްވެއެވެ. އެ 2 މީހުންނަކީވެސް ގދ. ތިނަދޫއަށް ނިސްބަތްވާ 2 ޒުވާނުންނެވެ.

ޖޫން 4 ގައި މިމައްސަލައިގައި 17 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 3 ދިވެހިން އަތުލައިގަތީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަތުލައިގަތް 3 ދިވެހިންނަކީ 27 އަހަރުގެ ޝަނީޒް މަހީރުއާއި، 24 އަހަރުގެ އައިމަން އަހުމަދާއި، 29 އަހަރުގެ އިބްރާހީމް ފައުޒާން ސާލިހުއެވެ. މީގެ ތެރެއިން ޝާނީޒްއަކީ ބައިނަލްއަޤްވާމީ ޑްރަގް ވިޔަފާރީގެ ވަރުގަދަ މީހެއްކަމަށާއި، ދެން ތިބި 2 މީހުންނަކީވެސް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވާރކްތަކާއި ގުޅުންހުރި ބައެއްކަމަށް އެމީހުން ހައްޔަރުކުރުމާއި ގުޅިގެން އޭރު އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ މިމައްސަލައިގައި އިންޑިއާއިން ހާމަކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތު އަދި ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު