Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ ސާވޭ

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

ސާވޭ ކުރިއަށްދަނީ ޖުލައި 13 އިން 20 ވަނަ ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 ޖުލައި 2018 | ހޯމަ 02:50
ޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ ބާއްވާ ސާވޭ ޖުލައި 13 ގައި ފެށުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ" ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަހަރު އޯޕް-ޕީކް ސީޒަންއަށް އަމާޒުކޮށްގެންނެވެ. އެގޮތުން އޯފް-ޕީކް ސީޒަންގެ ސާރވޭ، ޖުލައި 13 އިން 20 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި، ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ސާރވޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ކެއުމާއި ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދު އަދި ދަތުރުފަތުރަށް ހޭދަވި ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް މި ސާރވޭގައި އެކެއް ނުކުރެވޭނެ ކަމަށާއި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ސާރވޭ ކުރެވޭ މުއްދަތުގައި، ދުވާލާއި ރޭގަނޑުގެ ޝިފްޓްތަކަށް ބަހާލައިގެން އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާރވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް މިފަދަ ސާރވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެމްއެމްއޭ އިން 2016 ވަނަ އަހަރު ކޮށްފައިވާ ސާރވޭގައިވާ ގޮތުން ދަތުރުކުރި 51 ޕަސެންޓް މީހުން ބޭރުގެ ގައުމުތަކަށް ގޮސްފައި ވަނީ ބޭސްފަރުވާއަށެވެ.

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު