Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

ބީއެމްއެލްއިން ރިސޯޓްތަކަށް ލިބެންހުރި ބޭންކިން ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ދީފި

އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 29 ޖޫން 2018 | ހުކުރު 10:19
ބީއެމްއެލް އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ދޭ ޚިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެނީ

ބީއެމްއެލް އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ދޭ ޚިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެނީ

ބޭންކިން ޚިދުމަތްތަކާ ގުޅޭ ގޮތުން ރިސޯޓްތަކަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ހަފްލާ ކުރުނބާ މޯލްޑިވްސްގައި ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ ބުރާސްފަތި ދުވަހު ބޭއްވި މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މްނޭޖްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބްރާންޗް ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގްގެ ޚިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް އެބޭންކުން ފޯރުކޮށްދެމުންދާ ބޭންކިން ޚިދުމަތްތައް މި ހަފްލާގައި ވަނީ ދައްކުވައިދީފައެވެ.

މީގެ އިތުރުން މުޅިން އައު ޚިދުމަތެއް ކަމަށްވާ އޮންލައިން އިންޓްނޭޝަނަލް މަނީ ޓްރާންސްފާރގެ ޚިދުމަތް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއި ކަމެއް ގެނެސްދޭނެ ޚިދުމަތެކެވެ.

މޯބައިލް ފޯން މެދުވެރިކޮށް ލިބޭ މި އިޖާދީ ޚިދުމަތް ރަސްމީކޮށް ތައާރަފް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ ތެރޭގައެވެ.

ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާ އާއި މި ވޭތިވެދިޔަ މުއްދަތުގައި ބޭއްވި ގާތް ގުޅުމާއި އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް މި ހަފްލާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕްރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއިފަސޭހަކަން ލިބޭ ޚިދުމަތްތައް ފޯރިކޮށްދިނުމުގައި ވެސް ޚާއްސަވެގެންވާ ބޭންކަކީ ބީއެމްއެލް ކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލްގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ މުޅި ރާއްޖޭގައި ގާއިމްކޮށްފއިވާ ފުޅާ ބްރާންޗް ނެޓްވޯކް، އެޖެންޓުން އަދި އޭޓީއެމް މެދުވެރިކޮށް އެބޭންކުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކޮންމެ ރިސޯޓެއްގެ ބޭންކިން ޚިދުމަތްތަކާ ގުޅޭ ގޮތުން މުއާމަލާތް ކުރުމަށްޓަކައި ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައެޅިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ހަފްލަގައި ގިނަ ބޭފުޅުންނާއި ބައްދަލުވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ބޭންކުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށާއި މި މުއްދަތުގައި އެބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާކުރެއްވުމުގެ އިތުރުން ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް ވެސް ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި ކަމަށް ހީލީ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއި އެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފް ސާރވިސް ބޭންކިން ސެންޓަރ ،95 އޭޓީއެމް ، 5000 ޕީއޯއެސް މާޗެންޓުން ، 277 ކޭޝް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތްތަކާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖްތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަނެޓް ބޭންކިންއަށް ހޭލުންތެރިކުރުވުމަށް ބީއެމްއެލް އިން ކެމްޕޭނެއް ފަށައިފި

އިންޓަނެޓް ބޭންކިންއަށް ހޭލުންތެރިކުރުވުމަށް ބީއެމްއެލް އިން ކެމްޕޭނެއް ފަށައިފި

03 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު