Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެކްސިކޯ

އިންތިޚާބުގެ ކެމްޕެއިނަށް ނުވަމަސް، 132 ކެނޑިޑޭޓުން މަރާލައިފި

އިންތިޚާބު ބާއްވާނީ ޖުލައި 1 ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 30 ޖޫން 2018 | ހޮނިހިރު 05:38
އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުހުން

އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުހުން

މެކްސިކޯއަކީ ދުނިޔޭގެ ނިސްބަތުންބަލާއިރު ކުށް ގިނަ ގައުމެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަ ގައުމެކެއެވެ. އެ ގައުމުގައި ހިނގާ ގިނަ ކުށްތަކުގެ އަސްލަކަށް ވެފައި އޮންނަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ކުށުގެ ވެށި ސިޔާސީ ފަރާތްތަކާއިވެސް ގުޅިފައިވާ މިންވަރު އަދި ބިރުވެރިކަން އެނގިގެންދަނީ ރޭވިގެން ހިންގޭ ޖަރީމާ ތަކުގައި ފުލުހުންގެ ދައުރު އޮންނަ ކަމަށް ތުހުމަތުތަކަށް ފާހަގަވަމުންދާ ދިއުމުންނެވެ. 2014 ވަނަ އަހަރު މެކްސިކޯގެ ޣެރޭރޯ ސިޓީގައި 43 ދަރިވަރުން ގެއްލުނު ހާދިސާގައިވެސް ފުލުހުންގެ ދައުރު އޮތްކަމަށް ސިޓީގެ ގަވަރނަރ ވިދާޅުވެފައިވާއިރު އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ހެދި ތަހުގީރީ ރިޕޯޓްތަކުންވެސް އެކަންވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން އަންނަ މަހު 1 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި އެރަށުގެ ހުރިހާ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ޖުލައި 1 ގައި މެކްސިކޯގައި ރިޔާސީ އިންތިޚާބުގެ އިތުރުން ފެޑެރަލް، ސްޓޭޓް އަދި މުނިސިޕަލް އިންތިޚާބުތަކެއް ބާއްވަން ހަމަޖައްސާފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުންފެށިގެން ކެނޑިޑޭޓުން އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް 132 ކެނޑިޑޭޓަކުވަނީ މަރާލާފައެވެ.

ރިސްކް އެނަލިސިސް އަދި ކްރައިސިސް މެނޭޖްމަންޓް ފާރމް އެއްކަމަށްވާ އެޓެލެކްޓްއިން އަންގާރަ ދުވަހު ނެރުުނު ރިޕޯޓްގައި ބުުނެފައިވާ ގޮތުގައި މެކްސިކޯގެ 32 ސްޓޭޓްގެ ތެރެއިން 22 ސްޓޭޓެއްގައި ކެމްޕެއިން ފެށުނު ފަހުން ސިޔާސީ ފަރާތްތައް މަރާފައިވެއެވެ.

އެންމެ ހައިރާންކުރަނިވި އެއް މަރު ހިނގާފައިވަނީ މި މަހުގެ ކުރީކޮޅު، ކޮންގްރެސްއަށް ވާދަކުރައްވާ ކެނޑިޑޭޓަކު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދެއްކެވުމަށްފަހު ބައްދަލުވުން އޮތް ހޯލުން ނުކުމެވަޑައިގެން ފޮޓޯއަަކަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށެވެ.

އުތުރުގެ ސްޓޭޓޭއްކަމަށްވާ ކައުހީލާގައި ފެރްނާންޑޯ ޕޫރޯންގެ ބޮލަށް ފުރަގަހުން ބަޑިޖަހައި މަރާލާފައިވަނީ ޖަރީމާތަށް މަދުކުރައްވާނެކަމަށް ވައުދުވެ ވަޑައިގެން ވާހަކަދައްކަވާފައި ނުކުންނެވިތަނުންނެވެ.

ޕޫރޮންއަކީ މެކްސިކޯގެ މައި ޕާޓީ، އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީގެ މެމްބަރެކެވެ. އެޓެލެކްޓްގެ ރިޕޯޓްގައިވާގޮތުން އެންމެ ގިނަ ކެނޑިޑޭޓުން މަރުވެފައިވަނީ އެ ޕާޓީންނެވެ. އެ ޕާޓީން ޖުމްލަ 12 ކެނޑިޑޭޓަކު މަރުވެފައިވެއެވެ.

މަރުތަކުގެ ފަހަތުގައިވަނީ ކޮން މަގްސަދެއްކަން ސާފު ނުވިނަމަވެސް ބެލެވިފައިވާ ގޮތުގައި މި ހުރިހާ ފަރާތްތަކެއް މަރާލުމުގެ ފަހަތުގައިވެސްވަނީ އެގައުމުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ޑްރަގް ކާޓެލްތަކެވެ.

އެތައް ބަޔަކު ގެންދަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ވެރިކަމުގައި ހުންނެވި މިހާރުގެ ރައީސް އެންރީކޭ ޕީނާ ނިއެޓޯ ގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ޖަރީމާތައް މަދުކުރުމަށް ނުކުޅެދިފައިވާތީ ފާޑުކިޔަމުންނެވެ.

ކެނޑިޑޭޓުން މެރުމުގެ އަމަލުތަކަކީ މި ރިޕޯޓްގައި އެޓެލެކްޓްއިން ފާހަގަކުރެވުނު ކަންކަމުގެ އެއްބައެވެ. މީގެ އިތުރުން ކެނޑިޑޭޓުން ވަގަށްނެގުމާއި އެމީހުންނަށް ބިރުދައްކައިގެން ފޭރެން އުޅުމުގެ 543 ހާދިސާއެއް ފާހަގަކޮށްފައިވެއެވެ.

މީހުން މެރުމުގެ ކަންކަމަކި އެ ގައުމުގައި ހަމައެކަނި ސިޔާސީ ކަންކަމާއި ގުޅިގެން އިތުރުވެފައިވާ ކަމެއް ނޫނެވެ. 2017 ވަނަ އަހަރަކީ އެ ގައުމުގައި އެންމެ ގިނައިން މީހުން މެރި އަހަރަށްވާއިރު ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ އަހަރު 25،000 އަށްވުރެ ގިނަ މީހުން މަރާލާފައިިވެއެވެ.

މީހުން މަރާ އަދަދު ސަރުކާރުން ހާމަކުރަން ފެށިފަހުން މިދިޔަ މެއި މަހަކީ އެގައުމުގައި އެންމެ ގިނައިން މީހުން މަރާފައިވާ މަހެވެ.

ސަރުކާރުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 20،506 މީހުން މަރާލާފައިވާއިރު މެއި މަހު އެކަނިވެސް 4،381 މީހުން މަރާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިޔަ ވިދާޅުވެދެއްވީ ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ވާނެ ކަމެއް ނެތް ކަމުގެ ވާހަކަތާ!

ތިޔަ ވިދާޅުވެދެއްވީ ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ވާނެ ކަމެއް ނެތް ކަމުގެ ވާހަކަތާ!

22 މާރިޗު 2024
ދޮލަނގަކަށް ދޮގު ލައިގެން ކެމްޕެއިނަށް ހިނގުން: ނުރައްކާތެރި ހާލަތަކަށް

ދޮލަނގަކަށް ދޮގު ލައިގެން ކެމްޕެއިނަށް ހިނގުން: ނުރައްކާތެރި ހާލަތަކަށް

12 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ފޯރިއެއް ނެތް، އޮތީ އެތެރޭގެ ކޯޅުންތައް!

އިންތިޚާބުގެ ފޯރިއެއް ނެތް، އޮތީ އެތެރޭގެ ކޯޅުންތައް!

06 އޯގަސްޓު 2023
ޔާމީނަށް އިންތިޚާބުގެ ދޮރު ބަންދުވެ، ޕީޕީއެމްގެ މިސްރާބު އެހެން ދިމާލަކަށް ދަނީބާ؟

ޔާމީނަށް އިންތިޚާބުގެ ދޮރު ބަންދުވެ، ޕީޕީއެމްގެ މިސްރާބު އެހެން ދިމާލަކަށް ދަނީބާ؟

11 ޖުލައި 2023
ރިޔާސީ  އިންތިޚާބުގެ ފުރަތަމަ ބުރަކީ ގާސިމް މޫނުފުޅުގައި އަގު ޖައްސާ ބުރު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ގާސިމް މޫނުފުޅުގައި އަގު ޖައްސާ ބުރު

14 މާރިޗު 2023

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު