Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވޫޑް

ގޯލްޑްގެ ޓެރެއިލާ އަށް ބޮލީވޫޑުން ތައުރީފު އޮހެނީ!

27 ޖޫން 2018 | ބުދަ 01:45

ވަރުން ދަވަން ބުނެފައިވަނީ މިއީ ކޮންކަހަލަ ހިތްގައިމު ޓްރެއިލާ އެއްކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 ޖޫން 2018 | ބުދަ 01:45
ގޯލްޑްގެ ކަވަރ - އެ ފިލްމްގެ ޓްރެއިލާރ އަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ އޮހެމުން

ގޯލްޑްގެ ކަވަރ - އެ ފިލްމްގެ ޓްރެއިލާރ އަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ އޮހެމުން

ބޮލީވޫޑްގެ ތަރި އަކްޝޭ ކުމާރާއި ޓީވީ ތަރި މޮނީ ރޯއީ ލީޑް ރޯލުންގެ ފެނިގެންދާ "ގޯލްޑް" ގެ ޓްރެއިލާ ދައްކާލުމާއި އެކު ބޮލީވޫޑްގެ ފަންނާނުންގެ ފަރާތުން އެ ފިލްމަށް ތައުރީފު އޮހެން ފަށައިފި އެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ އޭނާގެ ޓްވިޓާ ހެންޑްލްގައި އެފިލްމަށް ތައުރީފް ކޮށްފައެވެ. ކަރަން ބުނެފައިވަނީ އެ ޓްރެއިލާ އިން ވަރަށް ބޮޑު އަސަރެއް ކޮށްފި ކަމަށާއި މި ފިލްމް ވެގެންދާނީ ވަރަށްވެސް ބިޔަ ބޮޑު ފިލްމަކަށް ކަމަށެވެ.

އެކްޓަރ ވަރުން ދަވަން ބުނެފައިވަނީ މިއީ ކޮންކަހަލަ ހިތްގައިމު ޓްރެއިލާ އެއްކަމަށެވެ. މީގެ އިތުރުން ޑައިރެކްޓަރ އަނޫރާގް ކެޝްޔަޕް ބުނެފައިވަނީ މި ޓްރެއިލާއަކީ ވަރަށް "ހަބޭސް" ޓްރެއިލާ އެއް ކަމަށެވެ.

އެކްޓްރެސް ޑައާނާ ޕެންޓީ ބުނެފައިވަނީ އެހާމެ ވަރުގަދަ ފިލްމެއް ކަމަށާއި ފިލްމްގައި ފެނިގެން ދަނީ އެހާމެ ވަރުގަދަ ތަރިން ކަމަށެވެ.

ހުރިހާ އެންމެގެންގެ ފަރާތުން ލިބެމުންދާ ތައުރީފަށް ފިލްމްގެ ޕްރޮޑިސަރ ފަރްހާން އަކްތަރު ވަނީ ޝުކުރު އަދާކޮށްފައެވެ. ފަރުހާން ބުނެފައިވަނީ އެއީ މުޅި ޓީމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރީމާ ކަތުގީ ޑައިރެކްޓްކޮށްފައިވާ "ގޯލްޑް" މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުމަށް ފަހު 12 އޮގަސްޓް 1948 ގައި އޮލިމްޕިކްގައި އިންޑިއާ އަށް ހޮކީން ރަން މެޑެލް ގެނެސްދޭ ހާދިސާ ގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރާ މިފިލްމަކީ މޮނީ ޜޯއީ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2019

ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލަރ އަށް ތައުރީފު އޮހެނީ!

13 ޑިސެމްބަރު 2019
ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލަރ އަށް ތައުރީފު އޮހެނީ!
11 އޮކްޓޯބަރު 2017

"ޕަދްމަވަތީ"އަށް ތައުރީފު އޮހެނީ!

11 އޮކްޓޯބަރު 2017
"ޕަދްމަވަތީ"އަށް ތައުރީފު އޮހެނީ!
25 ސެޕްޓެމްބަރު 2017

"ބޫމީ": ޓްވިޓާގައި ސަންޖޭއަށް ތައުރީފު

25 ސެޕްޓެމްބަރު 2017
"ބޫމީ": ޓްވިޓާގައި ސަންޖޭއަށް ތައުރީފު
29 ޖޫން 2017

"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ

29 ޖޫން 2017
"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ
27 މެއި 2017

"ޓިއުބްލައިޓް"ގެ ޓްރެއިލާ އާންމު ކުރުމާއެކު އެފިލްމަށް ތައުރީފުކުރާ މީހުން ގިނަވެއްޖެ

27 މެއި 2017
"ޓިއުބްލައިޓް"ގެ ޓްރެއިލާ އާންމު ކުރުމާއެކު އެފިލްމަށް ތައުރީފުކުރާ މީހުން ގިނަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް