Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއޭޑީކޭ ސީއެސްއާރު

ހާލުގައި ޖެހިފައިވާ އާއިލާއަކަށް އޭޑީކޭ އިން އެހީ ފޯރުކޮށްދީފި

26 ޖޫން 2018 | އަންގާރަ 17:48

ބޭނުން ޖެހިފައިވާ އާއިލާތަކުގެ ދިރާސާއެއް ކުރި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 26 ޖޫން 2018 | އަންގާރަ 17:48
ހާލުގައި ޖެހިފައިވާ އާއިލާއަށް އޭޑީކޭއިން އެހީ ފޯރު ކޮށްދެނީ

ހާލުގައި ޖެހިފައިވާ އާއިލާއަށް އޭޑީކޭއިން އެހީ ފޯރު ކޮށްދެނީ

ދިރިއުޅުމުގައި އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ނުކުޅެދޭ އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންތައް ތިބި އާއިލާއަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގް އިން އީދު ދުވަހާ ދިމާކޮށް އެހީ ފޯރުކޮށްދީފިއެވެ.

އޭޑީކޭ އިން އދ. އޮމަދޫގެ އެ އާއިލައަށް އެހީ ފޯރު ކޮށްދޭން ނިންމީ އޮމަދޫއަށް ގޮސް ބޭނުން ޖެހިފައިވާ އާއިލާތަކުގެ ދިރާސާއެއް ކުރުމަށް ފަހުއެވެ. އޭޑީކޭގެ މުވައްޒަފުން ވަނީ ދެ ފަހަރެއްގެ މަތިން އޮމަދޫއަށް ގޮސްފައެވެ. މި ދަތުރުތަކުގައި އެކުންފުނިން ވަނީ އެހީ ފޯރުކޮށްދޭން ނިންމި އާއިލާއަށް ބޭނުންވާ އަސާސީ ޚިދުތްތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރެވެން ހުރި ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

އެ ދެ ދަތުރުގައި އޭޑީކޭގެ މުވައްޒަފުންގެ އިތުރުން ނުކުޅެދުންތެރިކަމުގެ އެމްބެސެޑަރެއްގެ ގޮތުން މަސައްކަތްކުރެއްވި އަހްމަދު ހިޝާން އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ (އެޗްރާސީއެމްގެ) މުވައްޒަފެއް ވެސް ވަނީ ބައިވެރި ވެފައެވެ.

ހިސާންގެ ލަފާގެ މަތިން އޭޑީކޭ އިން އެހީވުމަށް ނިންމީ އެ ރަށުގެ 11 މީހުންގެ އާއިލާއަކަށެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންތައް ވެސް ތިބޭ މި އާއިލާ ބަލަމުން އަންނަނީ އެންމެ މީހެކެވެ. އެ މީހަކީ އެގޭގައި އުޅޭ ކުއްޖަކާ ކައިވެނި ކޮށްގެން އުޅެމުން އަންނަ މީހެކެވެ.

އެގެއަށް އެހީވުމުގެ ގޮތުން މަސައްކަތްތައް އޭޑީކޭއިން ކުރިއަށް ގެންގޮސްފައި ވަނީ ދެ ދުވަހަށް ބަހާލައި ގެންނެވެ. އޭޑީކޭގެ މި ޕްރޮގްރާމަށް ދަމާސްގެ ފަރާތުން ވަނީ ފަރުނީޗަރު ހަދިޔާކޮށްފައެވެ.

އެ ގޭގައި ކުލަލުމާއި، ޓައިލްސް ޖެހުމާއި، ފާޚާނާ ހެދުމުގެ އިތުރުން ގެ މަރާމާތުކޮށްފައި ވަނީ ވެސް އޭޑީކޭގެ މުވައްޒަފުންނެވެ.

އޭޑީކޭއިން ވަނީ އީދު ދުވަހާ ދިމާކޮށް އާއިލާ އަށް ހެދުމާއި ހަދިޔާ ދިނުމުގެ އިތުރުން މެންދުރު ވަގުތުގައި ވަރަށް ޚާއްސަ ކެއުމެއް ވެސް އެ އާއިލާއަށް ދީފައި ވެއެވެ.

ސޯލްޓް ކެފޭގައި އަންގާރަ ދުވަހު އޭޑީކޭއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮޕަރޭޝަން އެންޑް މާކެޓިންގް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ އެ ހަރަކާތަކީ ސްޓާފުންނަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ފެނުނު މަންޒަރުތަކުން ހިތަށް ވަރަށް އަސަރު ކުރި ކަމަށެވެ. އަދި މި ހަރާކާތުގެ ސަބަބުން އެހެން ފަރާތަކަށް އެހީއެއް ފޯރުކޮށްދެވުނީތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޑީކޭގެ މި ހަރަކާތް ސްޕޮންސަރކޮށްފައި ވަނީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މާސްޓާ ޝެފްގެ ފަރާތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 އެޕްރީލު 2019

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

14 އެޕްރީލު 2019
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް
06 މެއި 2018

އޭޑީކޭ އިން އާސްކް އޭޑީކޭ ތަޢާރަފް ކޮށްފި

06 މެއި 2018
އޭޑީކޭ އިން އާސްކް އޭޑީކޭ ތަޢާރަފް ކޮށްފި
21 ފެބުރުއަރީ 2018

ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ

21 ފެބުރުއަރީ 2018
ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ
10 ފެބުރުއަރީ 2018

އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި

10 ފެބުރުއަރީ 2018
އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި
26 ނޮވެމްބަރު 2017

އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން ޑްރައިޕާސް މެގަ ޕެކް ޕްރޮމޯޝަން ފަށައިފި

26 ނޮވެމްބަރު 2017
އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން ޑްރައިޕާސް މެގަ ޕެކް ޕްރޮމޯޝަން ފަށައިފި
06 ނޮވެމްބަރު 2017

އޭޑީކޭ އިން ތުނބުޅީގެ މުބާރާތެއް ބާއްވަނީ

06 ނޮވެމްބަރު 2017
އޭޑީކޭ އިން ތުނބުޅީގެ މުބާރާތެއް ބާއްވަނީ
26 އޯގަސްޓު 2017

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު
14 މެއި 2017

ފިޔަވަތިހިޔާ އަށް އެހީވާން "އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި

14 މެއި 2017
ފިޔަވަތިހިޔާ އަށް އެހީވާން "އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް