Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސެލިންކޯ އިންޝިއުރެންސް

ސެލިންކޯގެ ތަރޑް ޕާޓީ މޮޓޯ އިންޝިއުރެންސް: ފައިސާ ދައްކާ ފަރާތުގެ ޝަކުވާތަކަށް ހައްލެއް!

ފައިސާ ދައްކާ ފަރާތުގެ ބޮޑެތި ސިއްހީ ބަލިތައް ކަވަރ ކުރެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖޫން 2018 | އަންގާރަ 09:18
ސެލިންކޯ އިންޝިއުރެންސް ކުންފުނި

ސެލިންކޯ އިންޝިއުރެންސް ކުންފުނި

ސެލިންކޯ އިން ތަރޑް ޕަޓީ މޮޓޯ އިންޝިއުރެންސްގެ އާ ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ

ސެލިންކޯގެ ސީނިއަރ މާކެޓިންގް އެކްޒެކެޓިވް، މުވައްހިދު މުޖްތަބާ ވިދާޅުވީ، ކުރިން އިންނަ ތަރޑް ޕާޓީ އިންޝިއުރެންސް ސްކީމުތަކުގައި ހަމައެކަނި ކަވަރޭޖް ލިބިގެންދަނީ ތިން ވަނަ ފަރާތައް ކަމަށާއި ފައިސާ ދައްކާ ފަރާތަކަށް އެއްވެސް ބެނިފިޓެއް ނުލިބޭ ކަމަށެވެ. އެގޮތުން އަލަށް ތައާރަފް ކުރެވުނު ޕްރޮޑަކްޓްގައި ވެހިކަލްގެ ވެރިފަރާތައްވެސް ކަވަރޭޖު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންޝިއުރެންސް ސްކީމަށް އިތުރު ޗާޖެއް ދައްކަންޖެހޭނެ ކަމަށާއި އެގޮތުން ސައިކަލް ދުއްވާ ފަރާތްތަކުން ދައްކަން ޖެހޭނީ 30ރ. ކަމަށް މުވައްހިދު ވިދާޅުވި އެވެ.

"ސައިކަލްގެ ވެރިންނަށް އިންނާނީ ހަމައެކަނި 30ރ. ގެ ޗާޖެއް. މީގެ އިން ލިބޭ ބެނިފިޓް ތަކަކީ 10000ރ. ގެ ހެލްތް އިންޝިއުރެންސް އެއް ލިބިގެންދާނެ ބޮޑެތި ހުރިހާ ބަލިތަކަށް. އޭގެ އިތުރަށް ލިބޭ އަނެއް ފައިދާއަކީ ސައިކަލް ޓޯޓަލް ލޮސްއަކަށް ދިއަކީ އެކްސިޑެންޓެއްގެ ސަބަބުން. އެފަދަ ހާލާތެއްގައި އޭރު މާކެޓުން ސައިކަލް ލިބޭ އަގު ކްލެއިމް ކުރުމުގެ ފުރުސަތު އޮންނާނެ." މުވައްހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސައިކަލް ނޫން އެހެން ވެހިކަލްތަކަށް ވެސް މި ސްކީމުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އިތުރަށް ޕެކޭޖުގައި ބައިވެރިވުމަށް 300ރ. ގެ ޗާޖެއް ނަގަންޖެހޭނެ ކަމަށް މުވައްހިދު ވިދާޅުވި އެވެ. އަދި އެއް ލައްކަ ރުފިޔާގެ ހެލްތް ކަވަރޭޖެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ހައްދާ ހުރިހާ ތަރޑް ޕާޓީ އާއި މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރެންސް އަދި ކުރިން ހައްދާފައިވާ ޕޮލިސީ އާކުރާ ދުވަހުން ފެށިގެންވެސް މި ޕެކޭޖް ލިބިގެންދާނެ ކަމަށެވެ.

މި އިންޝިއުރެންސްގެ ތެރެއިން ބޮޑެތި ބަތިލަކަށް ފަރުވާ ލިބޭ އިރު ހިތުގެ ބަލިތަކާއި ކެންސަރ އާއި ސްޓްރޯކް އަދި ކިޑްނީގެ ބަލިތައްވެސް ކަވަރޭޖް ލިބިގެންދާނެ ކަމަށް މުވައްހިދު ވިދާޅުވި އެވެ. މި އިންޝިއުރެންސް ނަގާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ފަރާތްތަކުގެ ޝަކުވާއެއް އެއްވެސް ކަހަލަ ބެނިފިޓެއް އެކްސިޑެންޓް ވުމުން އިންޝިއުރެންސް ނަގާ ފަރާތައް ނުލިބުން. ހަމައެކަނި އެކްސިޑެންޓްވީމަ ތިންވަނަ ފަރާތައް އިންނަ ގެއްލުމެކޭ ކަވަރ ކުރަނީ. އެކަމަށް އަޅުގަނޑުމެން ތައާރަފްކުރި އިންޝިއުރެންސް ޕްރޮޑަކްޓެއް މިއީ." މުވައްހިދު ވިދާޅުވި އެވެ.

މިހާރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ސެލިންކޯގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭޝަންގެ ކަންކަން ކުރުމުގެ އިންތިހާޒުތައް ހަމަޖެހިފައިވާ ކަމަށް މުވައްހިދު ވިދާލުވި އެވެ.

ސެލިންކޯ އިން އަލަށް ތައާރަފްކޮށްފައިވާ ތަރޑް ޕާޓީ އިންޝިއުރެންސްގެ ތެރެއިން ސައިކަލަށް ދައްކަން ޖެހޭ އަގަކީ 205ރ. އެވެ.

ސެލިންކޯ އިންޝިއުރެންސް ކުންފުނިން އަންނަނީ މޮޓޯރ އިންޝިއުރެންސް އާއި ހެލްތް އިންޝިއުރެންސް އާއި ޓްރެވެލް އިންޝިއުރެންސް އާއި ފަޔަރ އަދިވެސް ގިނަ އިންޝިއުރެންސް ޕްރޮޑަކްޓްތަކެއް ދޫކުރަމުންނެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2023

އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

23 މާރިޗު 2023
އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި
07 ފެބުރުއަރީ 2020

އެލިއާގެ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި

07 ފެބުރުއަރީ 2020
އެލިއާގެ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި
03 ޖެނުއަރީ 2019

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!

03 ޖެނުއަރީ 2019
ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!
20 މާރިޗު 2018

ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!

20 މާރިޗު 2018
ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!
15 ޖެނުއަރީ 2018

ކުލީ ބައިކްގެ މޮޓޯ އިންޝުއަރެންސް ޕާޓްނަރަކަށް އެސްއެސްއެސް އިންޝުއަރެންސް ހަމަޖައްސައިފި

15 ޖެނުއަރީ 2018
ކުލީ ބައިކްގެ މޮޓޯ އިންޝުއަރެންސް ޕާޓްނަރަކަށް އެސްއެސްއެސް އިންޝުއަރެންސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު