Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ އަގުތައް

މިއަދަށް ފަހު ތެލުގެ އަގަށް ބަދަލު އަތުވެދާނެ!

22 ޖޫން 2018 | ހުކުރު 05:48

ބައްދަލުވުމާ ދިމާކޮށް ވެސް ތެލުގެ އަގު ހެޔޮވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޖޫން 2018 | ހުކުރު 05:48
އޯޕެކްގެ ބައްދަލުވުން ދިމާވެފައި ވަނީ މެމްބަރު ޤައުމުތަކުގެ މެދުގައި މައްސަލަ ބޮޑު ދުވަސްވަރަކާ

އޯޕެކްގެ ބައްދަލުވުން ދިމާވެފައި ވަނީ މެމްބަރު ޤައުމުތަކުގެ މެދުގައި މައްސަލަ ބޮޑު ދުވަސްވަރަކާ

ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމިއްޔާ އޯޕެކްގެ ބައްދަލުވުމެއް ހުކުރު ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބާއްވާއިރު، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ ބެހޭ ގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށަށް ގޮސް، ތެޔޮ ނަގާ ޤައުމުތަކުގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަސަރުކުރަން ފެށުމުން ފާއިތުވި ދޮޅު ވަރަކަށް އަހަރު ގިނަ ޤައުމުތަކަކުން ވަނީ ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް އޯޕެކްގެ އެންމެ ބާރުގަދަ އެއް ޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާ އާއި އޯޕެކްގައި ނުހިމެނޭ، އެހެން ނަމަވެސް ގިނަ އަދަދަކަށް ތެޔޮ ނަގާ ޤައުމެއް ކަމަށްވާ ރަޝިޔާ އިން ގެންދަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ބާރު އަޅަމުންނެވެ.

އެހެން ނަމަވެސް އީރާނުން ގެންދަނީ ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި އީރާނުގެ ނިންމުމަށް އޯޕެކްގެ އެހެން ޤައުމުތަކުން ވެސް ތާޢީދުކުރާއިރު، ސަޢޫދީގެ ހުށަހެޅުން އީރާނުން ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ.

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އީރާނުން ދެކޮޅު ހަދާ މައިގަނޑު އެއް ސަބަބަކީ އެމެރިކާ އިސްވެ އޮވެ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ތެލުގެ އަގު ހިފެހެއްޓުމަކީ އީރާނަށް މަޖުބޫރު ވެފައިވާ ކަމެކެވެ.

އަނެއްކޮޅުން އީރާނާއި ވެނެޒުއޭލާ އިން ތެޔޮ އުފައްދާ މިންވަރު އިތުރުނުކޮށްފި ނަމަ 2019 ވަނަ އަހަރުގެ ފަހުކޮޅަށް ދާއިރު ދުނިޔޭގެ ބާޒާރަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ތެލުގެ ތެރެއިން 1.5 މިލިއަން ފީފާގެ ތެޔޮ ނުލިބިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާ، އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ (އައި.އީ.އޭ) ވަނީ އިންޒާރު ދީފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޤައުމުތަކުން ނިންމި ނަމަވެސް، އެކަމަށް އަމަލީ ސިފަ އަންނަން ދުވަސްކޮޅެއް ނަގާނެއެވެ. އެހެންނަމަވެސް އޯޕެކްގެ ބައްދަލުވުމުގައި ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ބާޒާރުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އޯޕެކްގެ ބައްދަލުވުމާއި ދިމާކޮށް، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެޖަމިއްޔާ އިން ނިންމަފާނެ ކަމަށް އަންދާޒާކޮށް، ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުވަނީ ކޮންމެވެސް ވަރަކަށް ހެޔޮވެފައެވެ.

އޯޕެކްގެ 14 ޤައުމު މިއަދު ވިއެނާގައި ބައްދަލުކުރާއިރު، މެމްބަރު ޤައުމުތަކުގެ މެެދުގައި ސިޔާސީ ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައެވެ. ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކުގެ މެދުގައި ޤައުމުތަކަށް އެއްގަލަކަށް އެރޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މުހައްލިލުން ބުނެއެވެ.

އޯޕެކްގެ މެމްބަރު ޤައުމުތަކަކީ ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކުރުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންވާ ޤައުމުތަކެކެވެ. އެހެންކަމުން ތެޔޮ ނަގާ މިންވަރު އިތުރުކޮށް، އޯޕެކްގެ ލީޑަރޝިޕް ނެގުމަށް އެމެރިކާ އިން ވެސް ގެންދަނީ ސަޢޫދީއަށް ބާރުއަޅަމުންނެވެ. އެމެރިކާއަކީ އޯޕެކްގެ މެމްބަރު ޤައުމެއް ނޫނެވެ.

ދުނިޔޭގެ ބާޒާރުގައި 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ހެޔޮވާން ފެށީ ތެޔޮ ނަގާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. ތެޔޮ އުފައްދާ މިންވަރު މަދުކޮށް، ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ނިންމީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެޔޮ ފީފާއެއްގެ އަގު 25 ޑޮލަރަށް ވެއްޓުމާއި ގުޅިގެންނެވެ. އަދި ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށް 2017ވަނަ އަހަރުގެ ޖެނުއަރީ މަހު އޯޕެކުން ނިންމައި، ބާޒާރުގައި ހުރި އިތުރު ތެޔޮ ހުސްކުރިއެވެ. އަދި އެއާ އެކު ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ.

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އޯޕެކުން ރަސްމީ ނިންމުމެއް މިއަދު ނުނިންމައިފި ނަމަ، ތެލުގެ ބާޒާރަށް ޑިމާންޑާ އެއް ވަރަކަށް ސަޕްލައިކުރުމަށް ސަޢޫދީ އިން އެކަނި ވެސް 250،000 ފީފާގެ ތެޔޮ ނަގަން ފަށާފާނެ ކަމަށް މުހައްލިލުން އަންދާޒާކުރެއެއެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެންދާނީ އޯޕެކްގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ތެޔޮ ނަގާ 10 ޤައުމުން ވެސް ތެޔޮ ނަގާ މިންވަރު އިތުރުކުރުން ކަމަށާއި، އެހިސާބުން މުޅި ބާޒާރު ބޮއްސުންލާނެ ކަމަށް މުހައްލިލުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ

05 އޮކްޓޯބަރު 2017
!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
06 ޖޫން 2017

ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި

06 ޖޫން 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް