Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓެކްސް ފައިސާ ދެއްކުން

ބީޕީޓީ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވުމަށް އަންގައިފި

01 ޖުލައި 2018 އަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ޖެހޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2018 | ބުރާސްފަތި 13:30
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އިމާރާތުން މީހަކު ނުކުންނަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އިމާރާތުން މީހަކު ނުކުންނަނީ

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން 2017 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހަޅައި ބީޕީޓީގެ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވެ، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ހުށަހެޅުމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

މީރާ އިން ބުނި ގޮތުގައި 01 ޖުލައި 2018 އަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބީޕީޓީ ދައްކަން ޖެހޭނީ 2017 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އެރުމުންނެވެ.

Advertisement - businessAdvertisement

އަމިއްލަ ފަރުދުންގެ ތެރެއިން ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެފަރާތްތަކަށް 2017 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާއަށް އެރުމުންނެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ ފަސް ލައްކަ އަށް އަރަން ޖެހެއެވެ.

މި ދެ ޝަރުތުން ކުރެ ޝަރުތެއް ހަމަވި ނަމަވެސް ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިޔަސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާ އިން މައުލޫމާތުދިނެވެ.

މީގެ އިތުރުން ކުންފުނިތަކުން އެއްވެސް ވިޔަފާރި އެއް ނުކުރި ކަމުގައި ވީ ނަމަވެސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ފަރާތްތައް އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް އޮޑީޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭ ކަމަށް މީރާ އިން މައުލޫމާތުދެއެވެ. ނަމަވެސް ޖުމްލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި ޕާޓްނަރޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރާކަން ނުޖެހެނޭ ކަމަށް އެކުންފުނިން ބުނެއެވެ.

ބީޕީޓީ ބަޔާން ހުށަހަޅައި ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ނުވަތަ އެ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން 01 ޖޫންގެ ފަހުން ހުށަހަޅާ ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. އަދި ބަޔާން ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް ހުށަހަޅަން ޖެހޭނީ ބީޕީޓީ ބަޔާނުގެ ވަރޝަން 18.1 އެވެ.

ބީޕީޓީއަކީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ވިޔަފާރިތަކުގެ ފައިދާ އިން ނެގޭ ޓެކުހެކެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 2011 ވަނަ އަަހަރުން ފެށިގެންނެވެ.

ބީޕީޓީގެ ގޮތުގައި ކުންފުނިތަކާއި ޕާޓްނަރޝިޕްތައް އަދި އެހެނިހެން ފަރާތްތައް 15 އިންސައްތަ ދައްކަން ޖެހެއެވެ. ދިވެހިރާއްޖެ އިން ބޭރުން ލިބޭ ފައިދާ އިން 5 އިންސައްތަ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 10 އިންސައްތަ ދައްކަން ޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ސުންގަޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު މީރާ އިން އިތުރުކޮށްފި

ސުންގަޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު މީރާ އިން އިތުރުކޮށްފި

02 މެއި 2020
މީރާއަށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 13 އޭޕްރީލްގެ ނިޔަލަށް

މީރާއަށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 13 އޭޕްރީލްގެ ނިޔަލަށް

09 އެޕްރީލު 2020
ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވަނީ!

ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވަނީ!

05 ޑިސެމްބަރު 2019
ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!

ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!

25 މެއި 2018
ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށައެޅުން ލާޒިމްކޮށް، ގެޒެޓްކޮށްފި

ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށައެޅުން ލާޒިމްކޮށް، ގެޒެޓްކޮށްފި

12 އެޕްރީލު 2018

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު