Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުވައިދީބު

ސުވައިދީބުގެ ރައީސް, 38 އަހަރު ކުރިން ދެއްވި އިންޓަވިއު ފޮތެއްގެ ގޮތުގައި ނެރެނީ

21 ޖޫން 2018 | ބުރާސްފަތި 09:09

އިންޓަވިއު ދެއްވީ ސީނާ ޒާހިރަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 21 ޖޫން 2018 | ބުރާސްފަތި 09:09
ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އުމުރުފުޅުން 77ގައި ނިޔާވީ ޝީޝެލްސްގައި

ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފު: އުމުރުފުޅުން 77ގައި ނިޔާވީ ޝީޝެލްސްގައި

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެކުނު ހަތަރު އަތޮޅު ގުޅިގެން ވަކި ގައުމެއްގެ ގޮތުގައި ރާއްޖެއާ ވަކިވެގަނެގެން އުފެއްދި އެކުވެރި ސުވައިދީބުގެ ޖުމްހޫރިއްޔާގެ ރައީސް އަބްދުﷲ އަފީފް މީގެ 38 އަހަރު ކުރިން ދެއްވި އިންޓަވިއުއެއް ފޮތެއްގެ ގޮތުގައި ނެރެން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި އެ ފޮތަށް ދީފައިވާ ނަމަކީ "އައްޑޫ 'ރަދުން'"އެވެ. އިނގިރޭސީން އަޑީގައި ތިބެގެން އެކުވެރި ސުވައިދީބުގެ ޖުމްހޫރިއްޔާ އުފެއްދި ގޮތާއި ދިވެހި ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރަން ޖެހުނު ސަބަބު އަފީފު ވިދާޅުވި ގޮތަށް އެ ފޮތުގައި ލިޔެފައިވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒާހިރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ފޮތުގައި ލިޔެފައިވާ ވާހަކަތަކަކީ ވަރަށް ޝައުގުވެރިކަމާއި ފަރިތަކަމާއެކު ދިވެހި ބަހުން އަފީފު އޭނާއަށް ދެއްވި ހަ ގަޑިއިރުގެ އިންޓަވިއުއެއްގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ސައިޑުގެ ވާހަކަތައްވެސް އަންނަން ޖެހޭނެ. އަސަރާއެކު އެ ވާހަތަތައް އޭނާ އަޅުގަނޑަށް ކިޔައިދެއްވި. އައްޑޫ ދޫކޮށް، ސީޝެލްސްއަށް ދާންޖެހުނު ހާލަތު ކިޔައި ދެއްވި ވަގުތު އަފީފު ލޮލުން ކަރުނަ ހިލުނު،" 1993ގެ އަހަރުތަކުގެ ކުރީކޮޅު ނިޔާވެފައިވާ އަފީފު ދެއްވި އިންޓަވިއުއާ ގުޅޭ ގޮތުން ސީނާ ޒާހިރު ވިދާޅުވިއެވެ.

ސުވައިދީބުގެ ރައީސް އަފީފު (ވ) ވަކިވެގަނެގެން އުފެއްދި ގައުމުގެ ދިދައަށް ސެލިއުޓް ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ރަސްމީ ދަތުރުފުޅެއްގައި ސީނާ ޒާހިރު ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާއަށް ދެއްވި އެ އިންޓަވިއު ރިކޯޑް ކުރައްވާފައިވަނީ ހަތަރު ކެސެޓުރޯލަށެވެ. އެ އިންޓަވިއު ސިލްސިލާތަކެއްގެ ގޮތުގައި ސީނާ ޒާހިރުގެ އަމިއްލަފުޅު ނޫސް "ހަފްތާ"ގައި ޝާއިއޢު ކުރައްވާފައިވެއެވެ.

އިންޓަވިއުގައި އަފީފު ދެއްކެވި ވާހަކަފުޅުތައް ކުރުކޮށް، ތަފްޞީލު ކޮށްދެއްވަމުން، ޒާހިރު ވިދާޅުވީ އައްޑޫ ބަޣާވާތަކީ އޭރުގެ ސަރުކާރުން "ޑިޕްލޮމަސީ" ބޭނުން ނުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށާއި ސުލްހަވެރިކަމާއެކު މަޝްވަރާތައް އިސްކުރިނަމަ، އެކަން ހައްލު ކުރެވުނީސް ކަމަށެވެ.

"އަފީފު ވިދާޅުވި ތިމަން ކުރީ ގޯސްކަމެކޭ، އިނގިރޭސީން ތިމަން ޔޫސް ކުރީއޭ،" ނޫސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ލިޔުއްވި "އައްޑޫ ރަދުން" ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 9:00ގައި ނެޝަނަލް އާޓް ގެލެރީގައެވެ. އެ ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 175 ރުފިޔާއަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް