Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-ޗައިނާ

އުތުރު ކޮރެއާގެ ލީޑަރު ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފި

މިއީ ކިމް ޖޮން އުން، މާރޗް އިން ފެށިގެން ޗައިނާ އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 ޖޫން 2018 | އަންގާރަ 14:08
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ޖޫން 12 ގައި ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހު، މާގިނަ ދުވަސްތަކެއް ނުވަނީސް، އަންގާރަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ޗައިނާ އަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ޗައިނާގެ ދައުލަތުގެ މީޑިއާ އިން ދެގައުމުގެ ވެރިން ބައްދަލު ކުރައްވާ ދެއްކެވީ ކޮންވާހަކަފުޅެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި އަދި ދެކޮރެއާ ސަރަހައްދުގައި ނިއުކްލިއަރ ހަތިޔާރާ ބެހޭ ހުރިހާ ކަންކަމެއް ހުއްޓާލުމާ ބެހޭގޮތުން ދެގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ.

ޗައިނާ އަކީ އުތުރު ކޮރެއާ އާއި އިގްތިސާދީ ގޮތުން އެންމެ ގާތް ގައުމު ކަމަށްވާއިރު، ޗައިނާ އިން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމުގެ އިޝާރާތެއް ކޮށްފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވެރިކަމަށް ވަޑައިގެންނެވިފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށް ކަމަށްވާއިރު، އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަންގާރަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުުފުޅަކީ މިދިޔަ މާރޗް އިން ފެށިގެން ކިމް ޖޮން އުން ޗައިނާ އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެެވެ.

ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއަރ ބިރެއް ނެތް" ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު