Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާގެ އަހަރީ ރިޕޯޓް

މީރާގެ އަހަރީ ރިޕޯޓް: 2017 ވަނަ އަހަރު އާމްދަނީ 15.19 ބިލިއަން!

މުޅި އަހަރު ތެރޭގައި ބަލައިގަތް ޖުމުލަ އާމްދަނީގެ 77.9 އިންސައްތަ އަކީ ޓެކުހުގެ ގޮތުގައި ލިބިފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 18 ޖޫން 2018 | ހޯމަ 16:21
2016 ވަނަ އަހަރަށް ވުރެ 4.5 އިންސައްތަ އާމްދަނީ މިއަހަރު އިތުރު

2016 ވަނަ އަހަރަށް ވުރެ 4.5 އިންސައްތަ އާމްދަނީ މިއަހަރު އިތުރު

2017ވަނަ އަހަރު، އާމްދަނީގެ ގޮތުގައި މީރާއަށް 15.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާގެ އަހަރީ އާއްމު ރިޕޯޓުން ހާމަކޮށްފިއެވެ.

މިއަހަރު މީރާއަށް ބަލައިގަތް އާމްދަނީ ވަނީ 2016 ވަނަ އަހަރު ބަލައިގަތް ޖުމުލަ އާމްދަނީއަށްވުރެ 4.5 އިންސައްތަ އިތުރު ވެފައެވެ. ހަމަ އެހެންމެ، މިއީ މި އަހަރު ބަލައިގަންނާނޭކަމަށް އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު 4.2 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

2017 ވަނަ އަހަރު ބަލައިގަތް އާމްދަނީ އިތުރުވެފައިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީގެ ގޮތުގައި ދައްކާފައިވާ ޓެކްސްއާއި އެއަރޕޯޓު ސަރވިސް ޗާޖާއި، ބޭންކް ޕްރޮފިޓް ޓެކްސްއާއި ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އިތުރު އާމްދަނީތަކެއް ބަލައިގަންނަން ފަށާފައިވުން ވެސް ހިމެނެއެވެ. މި އަހަރު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސް.ޓީ އާއި ބީޕީޓީގެ ގޮތުގައެވެ.

އެގޮތުން ޖުމުލަ އާމްދަނީގެ 45.1 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ހިއްސާކުރާއިރު، ޖުމުލަ އާމްދަނީގެ 17.6 އިންސައްތަ އަކީ ބީޕީޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އާމްދަނީގެ ބޮޑުބައި ހިއްސާކުރާ އެހެން ރެވެނިއު ކޯޑުތަކަކީ ރިޒޯޓުތަކުގެ ކުލި، އެއަރޕޯޓް ސަރވިސް ޗާޖު، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކްސް އެވެ.

މި އަހަރު އެންމެ ގިނަ އާމްދަނީ ލިބުނު 6 ރެވެނިއު ކޯޑުން ރެކޯޑުކުރެވުނު އާމްދަނީ، ޖުމުލަ އާމްދަނީގެ 85.5 އިންސައްތަ ހިއްސާކުރެއެވެ. އަދި މުޅި އަހަރު ތެރޭގައި ބަލައިގަތް ޖުމުލަ އާމްދަނީގެ 77.9 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީކަމަށް މީރާގެ އަހަރީ ރިޕޯޓުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު