Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއެމްގެ މައްސަލަ

ވާރލްޑްކަޕް ކަވަރޭޖުގައި ވެސް ޕީއެސްއެމުން ޕްރޮޕެގެންޑާ ފަތުރާތީ އެތައް ބަޔަކު ރަތަށް

17 ޖޫން 2018 | އާދީއްތަ 12:46

ޕީއެސްއެމް ބަލަން މަޖުބޫރު ކުރުވީ ޕްރޮޕެގެންޑާ ފަތުރަން: އާންމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 ޖޫން 2018 | އާދީއްތަ 12:46
ޕީއެސްއެމްގެ ޕްރޮޕެގެންޑާ ވީޑިއޯގެ ސްކްރީން ޝޮޓެއް: ދައުލަތުގެ މީޑިއާ ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީނަށް ތާއިދު ހޯދުމަށް

ޕީއެސްއެމްގެ ޕްރޮޕެގެންޑާ ވީޑިއޯގެ ސްކްރީން ޝޮޓެއް: ދައުލަތުގެ މީޑިއާ ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީނަށް ތާއިދު ހޯދުމަށް

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސް ދޭ ވާރލްޑްކަޕް ކަވަރޭޖުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ޕްރޮޕެގެންޑާ ފަތުރާ މައްސަލަ ބޮޑުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސަރުކާރު ޕްރޮމޯޓް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ޕީއެސްއެމްގެ ޗެނަލްތަކުން ވާރލްޑްކަޕް ކަވަރޭޖުގައި ޕްރޮޕެގެންޑާ ފެތުރުމުގެ ގޮތުން ބޮޑެތި ދަރަނިތަކާއެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫތަކުގެ ތަފާސް ހިސާބުތައް ދަނީ ވީޑިއޯ ކްލިޕްތަކެއްގެ ގޮތުގައި ދަނީ ދައްކަމުންނެވެ.

Advertisement - newsAdvertisement

ވާރލްޑް ކަޕު މެޗުތައް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ހޯދާފައިވާ ޕީއެސްއެމްގެ ދެ ޗެނަލް ކަމަށްވާ ޓީވީއެމާއި ޔެސްޓީވީން ސަރުކާރު ޕްރޮމޯޓް ކުރުމަށް ޕްރޮޕެގެންޑާ ފަތުރަމުންދަނީ މެޗުތައް ދައްކާ ވަގުތުތަކާ ދިމާކޮށެވެ. އެގޮތުން މެޗު ފެށުމުގެ ކުރިންނާއި ހާފްޓައިމްގެ ތެރެއިންނާއި މެޗު ނިމުމާ އެކު ވެސް ޕްރޮޕެގެންޑާ ވީޑިއޯތައް ދަނީ ދައްކަމުންނެވެ.

ވާރލްޑްކަޕުގެ މެޗު ބެލުމަށް އެތައް ބަޔަކު ޓީވީ ބަލަން ޖަމާވާ ދަނޑިވަޅުތަކާ ދިމާކޮށް، ދައުލަތުގެ ފައިސާއިން ހިންގާ ޕީއެސްއެމުން ޕްރޮޕެގެންޑާ ފަތުރަމުންދާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްވިޓަރގައި އެކަމާ ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ ރީ-ބްރޯޑްކާސްޓަރުންނަށް ވާރލްޑްކަޕުގެ މެޗުތައް ނުދެއްކޭ ގޮތް ހެދުމަށް ޕީއެސްއެމުން މަސައްކަތް ކުރީ ޕީއެސްއެމް ބެލުމަށް މަޖުބޫރު ކުރުމަށް ކަމަށެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަމުންދާއިރު، ޕީއެސްއެމަކީ ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަން ކަމާއެކު އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށާއި ކެމްޕެއިން ކުރުމަށް ބޭނުން ކުރަމުންދާއިރު، އެ ކުންފުނީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިވެންޓުތަކުގައި ބައިވެރިވެ، ފާޅުގައި ޔާމީނަށް ކެމްޕެއިން ކުރަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫތައް ކަމަށް ބުނެ، ޕީއެސްއެމުން ޕްރޮޕެގެންޑާ ފަތުރަމުންދާއިރު، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގާ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު 49 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ވޭތުވެދިޔަ 40 އަހަރުގެ ދަރަންޏާ ނުބައްދަލު އަދަދެކެވެ. އެ ދަރަނީގެ ސަބަބުން ކޮންމެ ދިވެއްސެއްގެ ބޮލަކަށް 144،000 ވުރެ ގިނަ ރުފިޔާ ޖެހޭނެއެވެ.

މަޖިލީހުގެ ރުހުމެއް ނެތި، އަދި ތަފްސީލު ވެސް އާންމު ކުރުމެއް ނެތި ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނު ނަގަމުންދާއިރު، ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހިފައި ވަނީ ޗައިނާއަށެވެ. އެގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ 75 ޕަސެންޓް ދަރަނި ދައްކަންޖެހިފައި ވަނީ ޗައިނާއަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

22 މެއި 2019

މާފަށް އެދެން އެންގިތާ އަހަރެއް ފަހުން ޕީއެސްއެމުން މާފަށް އެދިއްޖެ

22 މެއި 2019
މާފަށް އެދެން އެންގިތާ އަހަރެއް ފަހުން ޕީއެސްއެމުން މާފަށް އެދިއްޖެ
10 މާރިޗު 2019

ޕީއެސްއެމުން މަޖިލިސް ބަހުސް ފަށައިފި

10 މާރިޗު 2019
ޕީއެސްއެމުން މަޖިލިސް ބަހުސް ފަށައިފި
16 ސެޕްޓެމްބަރު 2018

ޝަހީމް އިލްމުވެރިންނަށް: ޔާމީނަށް މަސައްކަތް ކުރަނީ ޣައިރު ދީން ނުފަތުރާތީ

16 ސެޕްޓެމްބަރު 2018
ޝަހީމް އިލްމުވެރިންނަށް: ޔާމީނަށް މަސައްކަތް ކުރަނީ ޣައިރު ދީން ނުފަތުރާތީ
20 އޯގަސްޓު 2018

ޕީއެސްއެމުން ކެންޑިޑޭޓުންނަށް ވަގުތު ދޭނެ ސްލޮޓުތައް ގުރުއަތުން ހޮވައިފި

20 އޯގަސްޓު 2018
ޕީއެސްއެމުން ކެންޑިޑޭޓުންނަށް ވަގުތު ދޭނެ ސްލޮޓުތައް ގުރުއަތުން ހޮވައިފި
19 ޖޫން 2018

ޕީއެސްއެމުން ޕްރޮޕެގެންޑާއެއް ނުފަތުރަން، އެއީ ތަރައްގީގެ ވާހަކަ: ހަލީލު

19 ޖޫން 2018
ޕީއެސްއެމުން ޕްރޮޕެގެންޑާއެއް ނުފަތުރަން، އެއީ ތަރައްގީގެ ވާހަކަ: ހަލީލު
13 ޖޫން 2018

ޕީއެސްއެމުން ވާރލްޑްކަޕްގެ ރައިޓްސް ގަތްގޮތާ ގުޅޭ ގޮތުން އެތަނުގެ ޗެއާރމަން ސުވާލު އުފައްދަވައިފި

13 ޖޫން 2018
ޕީއެސްއެމުން ވާރލްޑްކަޕްގެ ރައިޓްސް ގަތްގޮތާ ގުޅޭ ގޮތުން އެތަނުގެ ޗެއާރމަން ސުވާލު އުފައްދަވައިފި
08 ޖޫން 2018

ވާރލްޑްކަޕް ދައްކާނެކަމުގެ ޔަގީންކަން މީޑިއާނެޓުން ދީފި

08 ޖޫން 2018
ވާރލްޑްކަޕް ދައްކާނެކަމުގެ ޔަގީންކަން މީޑިއާނެޓުން ދީފި
07 ޖޫން 2018

ނިހާން އިންޑިޔާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލީ އެގައުމަށް ނިސްބަތްކޮށް ސަރުކާރުން ދޮގު ވާހަކަ ފަތުރާތީ: ޑރ ޖަމީލު

07 ޖޫން 2018
ނިހާން އިންޑިޔާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލީ އެގައުމަށް ނިސްބަތްކޮށް ސަރުކާރުން ދޮގު ވާހަކަ ފަތުރާތީ: ޑރ ޖަމީލު
30 ޖުލައި 2017

މަޖިލިސް ހިސޯރެއް ނުކުރަން، އެއީ ސިފައިންގެ ހުރުމަތް ކަނޑާލަން ހިންގާ ޕްރޮޕެގެންޑާއެއް: ޑިފެންސް

30 ޖުލައި 2017
މަޖިލިސް ހިސޯރެއް ނުކުރަން، އެއީ ސިފައިންގެ ހުރުމަތް ކަނޑާލަން ހިންގާ ޕްރޮޕެގެންޑާއެއް: ޑިފެންސް
29 މާރިޗު 2017

ފާއިތުވީ ތިން އަހަރުތެރޭ ޓީވީއެމް ބަދަލުވެފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް: އެމްޑީޕީ

29 މާރިޗު 2017
ފާއިތުވީ ތިން އަހަރުތެރޭ ޓީވީއެމް ބަދަލުވެފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް