Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމެރިކާގެ އިޤްތިޞާދު

އޭ.ޓީ، އެންޑް ޓީ އެންމެ ފަހުން ޓައިމް ވޯނަރ އާއި އެއްކޮށްލައިފި

16 ޖޫން 2018 | ހޮނިހިރު 14:43

މިއީ 85 ބިލިއަން ޑޮލަރުގެ އަގުހުރި ޑީލެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 ޖޫން 2018 | ހޮނިހިރު 14:43
މިއީ އެމެރިކާގެ ވިޔަފާރީގެ ތާރީޚުގައި ހެދޭ އެންމެ ބޮޑު ޑީލް

މިއީ އެމެރިކާގެ ވިޔަފާރީގެ ތާރީޚުގައި ހެދޭ އެންމެ ބޮޑު ޑީލް

2 އަހަރު ދުވަހުގެ މަސައްކަތަށްފަހު އެންމެ ފަހުން އެމެރިކާގެ އޭ. ޓީ. އެންޑް ޓީ. ކުންފުނިން އެޤައުމުގެ ޓައިމް ވޯނަރ ކުންފުންޏާއި އެއްކޮށްލައިފިއެވެ.

އޭ. ޓީ. އެންޑް ޓީ. އިން ޓައިމް ވޯނަރ ގަނެފައިވަނީ 80 ބިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ބޮޑު ވިޔަފާރިއެވެ. އަދި މިވިޔަފާރިއާއިއެކު މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ކުންފުނިތަކެއް އެއް ފުރާޅެއްގެ ދަށަށް އަންނާތީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްޤު އެކަމުގެ ސަބަބުން ގެއްލޭކަމަށް ބުނެ، އެމެރިކާގެ ސަރުކާރުން މި ޑީލް ހުއްޓުވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު އެއްވެސް ޝަރުތެއް ނެތި މިވިޔަފާރި ކުރިއަށްގެންދެވޭނަކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން ވަނީ ނިންމާފައެވެ.

އޭ. ޓީ. އެންޑް ޓީ. ކުންފުންޏަކީ ކޮންޓެންޓް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެކެވެ. އެކުންފުނިން ޓައިމް ވޯނަރ ގަންނަން ނިންމީ ކޮންޓެންޓް އުފައްދާ އަދި ޑިސްޓްރިބިއުޓްކުރާ އެމެޒޯން އާއި ނެޓްފްލިކްސް ފަދަ ކުންފުނިތަކާއި ވާދަކުރަން އެކުންފުނި ގަންނަން ޖެހޭކަމަށް ބުނެއެވެ. އެއާއިއެކު ކޮންޓެންޓް ޑިސްޓްރިބިއުޓްކުރާ ކުންފުނިތަކުން ކޮންޓެންޓް އުފައްދާ ކުންފުނިތަކުން ގަތުމަށް ޝައުޤުވެރިވާނެކަމަށް ބެލެވެންވަނީ ފަށާފައެވެ.

ކޮމްކާސްޓް ކުންފުންޏާއި ޑިޒްނީ ކުންފުނިން މިހާރުވެސް ގެންދަނީ ޓުވެންޓީ ފަސްޓް ސެންޗަރީ ފޮކްސް ގަތުމަށް މަސައްކަތްކުރަމުންނެވެ.

ޓައިމް ވޯނަރ އޭ. ޓީ. އެންޑް ޓީއަށް ވިއްކާލުމާއެކު ސީއެންއެން، އެޗްބީއޯ، ޓީބީއެސް، ހޫލޫ، ޑީސީ އެންޓަރޓައިންމެންޓް، ވޯނަރ ބްރަދަރސްފަދަ ކުންފުނިތައް އޭ. ޓީ. އެންޑް ޓީގެ ދަށަށް ދާނެއެވެ. އެހެންކަމުން މަޝްހޫރު ފްރަންޗައިޒްތައް ކަމަށްވާ ގޭމް އޮފް ތްރޯންސް އަދި ވޮންޑަރ ވުމަންފަދަ ބްރޭންޑްތައް އޭ. ޓީ. އެންޑް ޓީގެ ބާރުގެ ދަށަށް ދާނެއެވެ.

މިޑީލް ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ހުށަހެޅި މައްސަލަ އޭ. ޓީ. އެންޑް ޓީއާއި ޓައިމް ވޯނަރ ކޮޅަށް ނިމުނުނަމަވެސް، މައްސަލަ އިސްތިއުފާންކުރުމަށް އެމެރިކާ ސަރުކާރަށް 2 މަސްދުވަސް ލިބޭނެއެވެ. އެމައްސަލައިގައި ދެން ހަދާނެ ގޮތަކާއިމެދު މަޝްވަރާކުރަމުންދާކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
10 އެޕްރީލު 2017

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

10 އެޕްރީލު 2017
ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް