Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފިތުރު އީދު

އީދު ގަސް ރޯކުރުން: ކުޑަގެ ޕިޓި ޕިޓި

މިއީ ކުރީގައި އެއް ރަށު މީހުން އަނެއް ރަށު މީހުންނާއި މުވާސަލާތުކުރުމަށް ކޮށް އުޅުނު ކަމެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 15 ޖޫން 2018 | ހުކުރު 02:12
ލ.ގަމު އީދު ގަސް ރޯކުރުން

ލ.ގަމު އީދު ގަސް ރޯކުރުން

މުވާސަލާތުގެ ގުޅުމެއްގެ ގޮތުގައި ރަށުގެ ގޮނޑުދަށުގައި އަލިފާންގަނޑެއް ޖަހާ ވާހަކަ އަޑުއަހަމެއެވެ. މީގެ ކުރިން އެކަން ކުރާނީ އީދު ވެއްޖެކަން ޖެހިގެން އޮންނަ ރަށުގެ ރައްޔިތުންނަން އަންގާދިނުމުގެ ގޮތުންނެވެ. ނުވަތަ ތަފާތު މެސެޖުތަށް ޖެހިގެން އޮންނަ ރަށުގެ މީހުންނަން ދިނުމުގެ ގޮތުނެވެ.

މިއަދު މުޅިން ތަފާތެއެވެ.

ކުރިން މުވާސަލާތުގެ ގުޅެމެއްގެ ގޮތުގައި ރޯކުރާ "ބޮޑު އަލިފާންގަނޑު" ހައްދުންމަތީގެ އަވަށްތަކުގައި ރޯކުރަނީ އެ ސަގާފަތް ދިރުވާ އަލާކުރުމުގެ ގޮތުންނެވެ. ހައްދުންމަތީ މީހުން މިކަމަށް ކިޔާނީ "އީދު ގަސް" ރޯކުރުމެއެވެ. ރަށުގެ ކުދި ބޮޑު އެންމެން އީދު ފެއްޓުމުގެ ގޮތުން ކުރިއަށްގެންދާ މި ކުޅިވަރުގައި ބައިވެރިވެއެވެ. ހައްދުންމަތީ ބައެއް އަވަށްތަކުގެ ކުޑަކުދިން ބުނާ ގޮތަށް ބުނާނަމަ، "ކުޑަގެ ޕިޓި ޕިޓި" ޖެހުމެއެވެ.

ފިތުރު އީދުގެ ކުޅިވަރު ފެށިއްޖެ ކަމުގެ އުފާވެރި ހަބަރު ދެނީ "އީދު ގަސް" ރޯކުރަމުނެވެ. ދުނބުރިގަހާ، ކަށިކެޔޮ ގަހުގެ ގޮފިތަކާއި އެކު އުސްކޮށް އީދު ގަސް ގަމުގެ ދެ އަވަށެއްގައި ވަނީ ތައްޔާރުކޮށްފައެވެ. ރަމަޝަން މަހު، ޒުވާނުން ވަލަށް ވެދެ މި ގަސް ތައްޔާރުކުރުމަށް ގިނަ އަދަދެއްގެ ހިކި ފަން ވެސް އެއްކުރެއެވެ. އީދު ވިލޭރޭ ހޭލާ ތިބެ ޒުވާނުން ތައްޔާރުކުރާ "އީދު ގަސް" ރޯކުރަނީ އީދު ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. ބުރަ މަސައްކަތުން ތައްޔާރުކުރި، އީދު ގަސް ރޯކޮށްލުން ގަމުގެ ބައެއް އަވަށްތަކުގައި ކުރިއަށް ގެންދަނީ ކުޅިވަރެއްގެ ގޮތުގައެވެ. ފަހަރުގައި އެހެން ރަށްތަކުގައި އީދު ގަސް ރޯކުރާ ގޮތާއި ގަމުގައި މިކަން ކުރާ ގޮތް ތަފާތުވެސް ވެދާނެއެވެ.

ލ.ގަމު އީދު ގަސް ރޯކުރުން

"އަވަށުގެ ޒުވާނުން ދެ ގުރޫޕަކަށް ބަހާލާނެ، އެއް ގުރޫޕުން އުޅޭނީ ގަސް ރޯކުރަން، އަނެން ގުރޫޕުން އުޅޭނީ ގަސް ރޯ ކުރިޔަ ނުދެން، މިހެން މިކަން އަހަރުމެން ކުރަނީ، އަވަށުގެ އެންމެން ކަހަލަ ގޮތަކަށް އަންނާނެ ގަސް ރޯކުރާތަން ބަލަން، ކުރިން ފަށާއިގެން މިކަން ކުރާތީ އަހަރުމެން މިކަން ކުރަނީ" ގަމު ކަޅައިދޫ އަވަށުގެ ގަސް ރޯކުރުމާއި ގުޅޭގޮތުން އެވަށުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެއެވެ.

ލ.ގަމު އީދު ގަސް ރޯކުރުން

މިއީ ހައްދުންމަތީ ގަމުގެ ބައެއް އަވަށްތަކުގައި އީދުގެ އުފާވެރި ޙަބަރު ދޭގޮތެއެވެ. އީދު ގަސް ރޯކުރާ ތަން ބަލަން ރަށުގެ ކުދި ބޮޑު އެންމެން ދެއެވެ. އަންހެންވެރިންނާއި ފިރިހެން ވެރިނެއެވެ. އީދު ގަސް ރޯކުރުމަށް ފަހު އެ ސަރަހައްދުގައި ތިބޭ މީހުން މޫދަށް ވެސް ލައެވެ. ހާއްސަކޮށް މި ކުޅިވަރުގައި ބައިވެރިވަނީ ޒުވާނުންނެއެވެ. ކުރިން އެސަރަހައްދުގެ އަންހެންވެރިން މޫދަށްލާނީ ފިރިހެނުންނެވެ.

"ކުރިންނާއި މިހާރު ވަރަށް ތަފާތު އަސްލު، ކުރިން އީދަށް ގަމުގެ ހުރިހާ އަންހެން ވެރިކަން ކަހަލަ ގޮތަކަށް ހީނާފަތް އަޅާނެ، ދެން ގަސްރޯކުރާ ތަނަން އަސްލު އަންހެންވެރިންދާނީ އަތުގައި އެޅި ހީނާފަތްތަށް މޫދުން ދޮންނަން، މިހާރު ވަރަށް މަދުން އަސްލު މިކަން ފެންނަނީ، އޭރު ފިރިހެނުން ކޮންމެހެންވެސް އެތަނަންދާ އަންހެނުން މޫދަށްލާނެ" ގަމުން ވާހަކަ ދެއްކި އަންހެނަކު ބުންޏެއެވެ.

ލ.ގަމު އީދު ގަސް ރޯކުރުން

ބުރަ މަސައްކަތުން ހެދި "އީދު ގަސް" ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލޯކުރިމަތިން ހުލިވެގެން ދިއުމަކީ "އީދު ގަސް" ހެދި ޒުވާނުން ބޭކާރު މަސައްކަތެއް ނޫނެވެ. އެއަށްވުރެ، އެމީހުންނަން ލިބޭ ހިތްހަމަ ޖެހުން ބޮޑެއެވެ. މުވާސަލާތުގެ ގުޅުމެއްގެ ގޮތުގައި ރަށުގެ އަތިރިމަރީގައި ކާބަފައިން ރޯކުރާ ބޮޑު އަލިފާންގަނޑުގެ ސަގާފަތް މިފަދަ ގޮތަށް އެމީހުން ދިރުވާ އާކުރެވޭތީއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2018

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟
24 އޮކްޓޯބަރު 2017

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު
20 އޮކްޓޯބަރު 2017

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު