Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ސުންނަތް ނަމާދު

ދެ ޢީދު ދެ ނަމާދު

ޢީދު ނަމާދަކީ ޖަމާޢަތުގައި ނުކުރެވުނު މީހަކު އެކަނި ނަމަވެސް ކުރުން ސުންނަތް ވެގެންވާ ނަމާދެކެވެ. ދަތުރު ވެރީންނާއި، އަންހެނުން ވެސް، އެ ނަމާދު ކުރުން ސުންނަތެކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 15:04
ޢީދު ނަމާދުގެ ވަޤުތަކީ ޢީދު ދުވަހުގެ އިރު އެރީއްސުރެން، އިރުމެދުން ފިލައްޖައުމަށް ދާން ދެނެވެ.

ޢީދު ނަމާދުގެ ވަޤުތަކީ ޢީދު ދުވަހުގެ އިރު އެރީއްސުރެން، އިރުމެދުން ފިލައްޖައުމަށް ދާން ދެނެވެ.

1ސުންނަތް ނަމާދު:

ސުންނަތް ނަމާދުހުރީ، ދެބާވަތަ ކަށެވެ. އެއީ، ޖަމާޢަތުގައި ކުރުން ސުންނަތް ވެގެންވާ ނަމާދާއި ޖަމާޢަތުގައި ކުރުން ސުންނަތް ވެގެންނުވާ ނަމާދެވެ.

ޖަމާޢަތުގައި ކުރުން ސުންނަތް ވެގެންވަނީ، ހަތް ނަމާދެކެވެ. އެއީ، ދެ ޢީދު ދެ ނަމާދާއި ދެ ކޭތަ ދެ ނަމާދާއި، އިސްތިސްޤާ ނަމާދާއި، ތަރާވީޙް ނަމާދާއި، ތަރާވީޙް އަށް ފަހުގައިކުރާ ވިތުރިއެވެ.

ޖަމާޢަތުގައި ކުރުން ސުންނަތް ވެގެންވާ ނަމާދުތައް:

ދެ ޢީދު ދެ ނަމާދު

ދެ ޢީދު ދެ ނަމާދަކީ، ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދެވެ. ފިޠުރު ޢީދު ދުވަހަކީ، ޝައްވާލު މަހުގެ އެއްވަނަ ދުވަހެވެ. އަޟްޙާ ޢީދު ދުވަހަކީ، ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހެވެ.

ޢީދު ނަމާދަކީ، ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ޖަމާޢަތުގައި ނުކުރެވުނު މީހަކު އެކަނި ނަމަވެސް ކުރުން ސުންނަތް ވެގެންވާ ނަމާދެކެވެ. ދަތުރު ވެރީންނާއި، އަންހެނުން ވެސް، އެ ނަމާދު ކުރުން ސުންނަތްވެގެން ވެއެވެ.

ޢީދު ނަމާދަކީ، ދެ ރަކްޢަތް ނަމާދެކެވެ. އެނަމާދުގެ ވަޤުތަކީ ޢީދު ދުވަހުގެ އިރު އެރީއްސުރެން، އިރުމެދުން ފިލައްޖައުމަށް ދާންދެނެވެ. ފެންނަ ފެނުމުގައި، ހަތްމުށް ހައިތަނަށް، އިރު އުފުލިއްޖައުމަށް ދާންދެން ލަސްކޮށްލުމީ ސުންނަތެކެވެ. އަޟްޙާ ޢީދުގައި ސުންނަތް ވެގެން ވަނީ، ވަޤުތުގެ ކުރީކޮޅުގައި ކުރުމެވެ. ފިޠުރު ޢީދުގައި، އެއަށްވުރެ ތަންކޮޅެއް ލަސްކޮށްލުން ސުންނަތް ވެގެންވެއެވެ.

ޢީދު ނަމާދުގެ ނިޔަތް:

ފިޠުރު ޢީދު ނަމާދުގެ ނިޔަތް ދުލުން ކިޔަނީ أُصَلّى رَكْعَتَيْنِ سُنَّةَ عِيدِ الْفِطْرِ للهِ تَعَالى الله أَكْبر، މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ، ސުންނަތް ވެގެންވާ ފިޠުރު ޢީދު ނަމާދުގެ ދެ ރަކްޢަތް މާތް ރަސްކަލާނގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ.

އަޟްޙާ ޢީދު ނަމާދުގެ ނިޔަތް ދުލުން ކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ عِيدِ الْأضْحَى للهِ تَعَالى الله أَكْبر މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ، ސުންނަތް ވެގެންވާ، ދެ ރަކްޢަތް މާތް ރަސްކަލާނގެ ކިބައަށް ކުރަމެވެ. މިފަދަ އިންނެވެ.

ޢީދު ނަމާދު ކުރާގޮތް:

ޢީދު ނަމާދު ކުރާމީހާ، އެންމެ ފުރަތަމަ ނިޔަތް ކިޔައި ޙަރަމް ބަނުމަށް ފަހު، އެހެނިހެން ނަމާދު ފަދައިން، ދުޢާއުލް އިފްތިތާޙު ކިޔާނީއެވެ. ދެން އަލްޙަމްދު ކިޔެވުމުގެ ކުރީން، ހަތް ތަކުބީރު ކިޔަންވާނެއެވެ. ކޮންމެ ތަކުބީރެއް ކިޔުމާއެކު ދެއަތް ދެކޮޑާއި ހަމައަށް އުފުލައި ހަށަން ބަންނާން ވާނެއެވެ. މި ތަކްބީރުތައް ކިޔުމީ ސުންނަތެކެވެ. ހަތް ތަކްބީރު ހަމަކުރާންވާނީ، ޙަރަމް ބަން ތަކްބީރާ ނުލައެވެ. ކޮންމެ ދެ ތަކްބީރެއް ދެމެދުގައި سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ ކިޔުން ސުންނަތް ވެގެންވެއެވެ. ހަތް ވަނަ ތަކުބީރަަށް ފަހު، އަޢޫޛު، ބިސްމި ކިޔައި އަލްޙަމްދު އާއި، ސޫރަތް ކިޔަވައި އެހެނިހެން ނަމާދު ފަދައިން، ކުރަމުން ގެންދާނީއެވެ. ދެވަނަ ރަކްޢަތަަށް ތެދުވުމުގެ ތަކްބީރާއި ނުލައި، ފަސް ތަކްބީރު ކިޔާންވާނެއެވެ. އިހުބުނި ފަދައިން ކޮންމެ ދެ ތަކްބީރެއް ދެމެދުގައި އިސްވެދިޔަ ޛިކްރު ކިޔަވަމުންނެވެ. ތަކްބީރުތައް ކިޔުމަށް ފަހު، ރަކްޢަތް ހަމަކޮށް އައްތިޙިއްޔާތު ކިޔައ،ި ސަލާމް ދޭނީއެވެ. ފުރަތަމަ ރަކްޢަތު ގައި އަލްޙަމްދަށް ފަހު ކިޔަވާނީ، ޤާފް ސޫރަތެވެ. ނުވަތަ އަޢްލާ ސޫރަތެވެ. ނުވަތަ ކާފިރޫން ސޫރަތެވެ. ދެވަނަ ރަކްޢަތަށް إقْتَرَبَتِ السَّاعة މި ސޫރަތެވެ. ނުވަތަ غَاشِية ސޫރަތެވެ. ނުވަތަ އިޚްލާޞް ސޫރަތެވެ.

އިތުރުބަޔާންތަކެއް:

ޢީދު ނަމާދުގައި ކިޔާ އިތުރު ތަކްބީރުތަކީ، އެނަމާދުގެ ހައިއާތު ސުންނަތުގެ ތެރެއިން ވާކަމެކެވެ. އެ ތަކުބީރުތަކުގެ ޢަދަދާއި މެދު ޝައްކު ވެއްޖެ ނަމަ، ޔަޤީންވީ ޢަދަދެއްގެ މައްޗަށް ބިނާކުރާނީއެވެ. އެއީ، ޝައްކުވީ ދެ އަދަދުން ކުރެ މަދު އަދަދެވެ. މި ތަކްބީރުތައް ނުވަތަ އެ އިން ތަކްބީރެއް، ގަސްތުގައި އަޅައިފުމަކީ، މަކްރޫހު ކަމެކެވެ. އެއިން ތަކްބީރެއްް އެޅުނަސް ކުށަށް ސަޖިދަ ކުރުމެއް ނެތެވެ. ހަދާން ނެތި ތަކްބީރު ނުކިޔުވައި، ކިޔަވާން ފެށިއްޖެ ނަމަ، ތަކްބީރުތަކަށް ރުޖޫޢު ވުމެއް ނެތެވެ. ޤަޟާއަށް ޢީދު ނަމާދު ކުރާ ނަމަވެސް، މި ތަކްބީރުތައް މި މަގަށް ކިޔުމީ ސުންނަތެކެވެ. އިމާމާގެ ދެވަނަ ރަކްޢަތަށް ތެދުވުމާ އެކު، އިޤްތިދާ ވެވިއްޖެ ނަމަ ކިޔަނީ ފަސް ތަކްބީރެވެ. އިމާމާއި ވަކިން ކުރާ ރަކްޢަތުގައި ވެސް ފަސް ތަކްބީރެވެ. އިމާމާ ތަކްބީރުތައް ކިއަައި އަވަދި ވުމަށްފަހު، އިޤްތިދާއު ވެވިއްޖެ ނަމަ މައުމޫމާ ތަކްބީރުތައް ކިއުމެއް ނެތެވެ. ތަކްބީރުތަކުން ބައެއް، އިމާމާ ކިއުމަށް ފަހު، އިޤްތިދާއު ވެވިއްޖެ ނަމަ، ފާއިތުވި ތަކްބީރުތައް މައުމޫމާ ގެނެސްގަތުމެއް ނެތެވެ.

ޢީދު ޚުޠުބާ:

ޢީދުު ނަމާދު ފިރިހެނުންގެ ޖަމާޢަތެެއްގައި ކޮށްފި ނަމަ، ނަމާދަށް ފަހު، ދެ ޚުޠުބާ ކިޔުން ސުންނަތް ވެގެންވެއެވެ. އެ ދެ ޚުޠުބާގެ ރުކުންތަކާއި، ސުންނަތްތައް ހުކުރު ޚުޠުބާއާ އެއްފަދައެވެ. ޢީދު ޚުޠުބާ ކިޔުން ސުންނަތް ވެގެން ވަނީ ނަމާދުގެ ފަހުގައެވެ. ޢީދު ނަމާދުގެ ފުރަތަމަ ޚުޠުބާ ފަށައިގަތުމުގައި، ނުވަ ތަކްބީރު، ދެވަނަ ޚުޠުބާ ފަށައިގަތުމުގައި ހަތް ތަކްބީރު ކިޔުން ސުންނަތް ވެގެން ވެއެވެ.

ޢީދުގެ ބައެއް ސުންނަތް:

  1. ދެ ޢީދު ދުވަހުމެ ޢީދަށްޓަކައި، ހިނައިގަތުން.
  2. ރިވެތި ފޭރާން ލައި ޒީނަތްތެރިވުމާއި، ހުވަދުލުން.
  3. އިމާމާ ނޫން މީހުން، ފަތިސް ނަމާދު ކުރުމަށް ފަހު، އިރު ނޭރިޔަސް ވީހާއަވަހަކަށް، ނަމާދުކުރާ ތަނަށް ދިއުން.
  4. އިމާމާ ނަމާދުކުރުމުގެ ވަޤުތު ގައި، އެތަނަށް ޙާޟިރުވުން.
  5. ފިޠުރު ޢީދު ނަމާދަށް ގެއިން ނުކުތުމުގެ ކުރީގައި ކޮންމެވެސް އެއްޗެއް ކެއުން.
  6. އަޟްޙާ ޢީދު ގައި، ނަމާދުކޮށް އަވަދި ވެއްޖައުމަށް ދާންދެން، އެއްޗެއް ނުކައި، ހުރުން.
  7. ދެ ޢީދު ގައިމެ ނަމާދު ކުރާތަނަށް، ފައިމަގުގައި ދިއުން.
  8. ގެއިން ނިކުތީއްސުރެން، ނަމާދު ކުރާތަނަށް ދެވޭންދެން، އަޑުހަރުކޮށް ތަކްބީރު ކިޔުން.
  9. އިމާމާ ނަމާދަށް ފަށައި ގަންނާން ދެން ތަކްބީރު ކިޔުންމަތީ ދެމިތިބުން.
  10. ޢީދު ނަމާދަށް ދާއިރު ދިގު މަގުން ދިއުމާއި، ނަމާދުކޮށްގެން ގެއަށް އައުމުގައި، ކުރުމަގަކުން އައުން.
  11. ބައްދަލުވާ މީހުންނަށް ތަހްނިޔާ ކިޔައި، އުފައު، ފައުޅުކޮށްއުޅުން.
  12. ކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ދީ ފަޤީރުންނުށް އެހީވެއުޅުން.

ޢީދު ނަމާދު ކުރާތަން.

ޢީދު ނަމާދުކުރުމަށް މޮޅު އިތުރީ މިސްކިތެވެ. މިސްކިތް ނުތަނަވަސްވެ މީސްތަކުން ޖަމާވެ ތިބުން އުނދަގޫ ވެއްޖެ ނަމަ ޞަޙްރާއު އަށް ނިކުތުން މޮޅުއިތުރެވެ.

ތަކްބީރު.

ދެ ޢީދުގައި މެ ޢީދު ވިލޭރެއަށް އިރު އޮއްސުނީއްސުރެން އަޑުހަރުކޮށް ތަކްބީރު ކިޔައި އުޅުމީ، ސުންނަތެކެވެ. ގޭގޭގައްޔާއި މަގުމަގުގައެވެ. ފިހާރަތަކުގައްޔާއި، މަޙްފިލްތަކުގައެވެ.

ފިޠުރު ޢީދުގައި، ތަކްބީރު ކިއުމުގެ ވަޤުތު ދެމި އޮންނާނީ، އެކަނިކުރާ މީހާ ނަމަވެސް ޖަމާޢަތުގައި ކުރާ މީހާ ނަމަވެސް، ޢީދު ނަމާދަށް ޙަރަމް ބަދެފުމަށް ދާންދެނެވެ. މި ޢީދުގައި އެއްވެސް ނަމާދެއްގެ ފަހަތުގައި ތަކްބީރު ކިއުން ސުންނަތެއް ނޫނެވެ.

އަޟްޙާ ޢީދުގައި، ކުރި ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ކިއުމީ ސުންނަތެކެވެ. މި ތަކްބީރު ކިއުމުގެ މުއްދަތަކީ، ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ ޢަޞްރު ނަމާދު ނިމިއްޖައުމަށް ދާންދެނެވެ. އަދާއަށް ކުޅައަސް، ޤަޟާއަށް ކުޅައަސް، ކޮންމެ ފަރުޟު ނަމާދަކާއި، ކޮންމެ ސުންނަތް ނަމާދެއްގެ ފަހުގައި، ތަކްބީރު ކިއުން ސުންނަތް ވެގެންވެއެވެ.

ތަކްބީރު ކިޔާނެ ގޮތް:

اللهُ أكبَرُ، اللهُ أكبَرُ، اللهُ أكبَرُ، لاَ إلَهَ إلاَّ الله وَ اللهُ أكبَرُ، اللهُ أكبَرُ، وَلِلَّهِ الحَمْدُ، اللهُ أكبَرُ، كَبِيْرًا، وَالحَمْدُ لِلَّهِ كَثِيْرًا، وَسُبْحَانَ اللهِ بُكْرَةً وَأصِيْلاً، لاَ إلَهَ إلاَّ الله، وَلَا نَعْبُدُ إلاَّ إيَّاهُ، مُخْلِصِيِنَ لَهُ الدِّيْنَ وَلَوْ كَرِهَ الْكَافِرُون، لاَ إلَهَ إلاَّ الله وَحْدَهُ، صَدَقَ وَعْدَهُ، وَنَصَرَ عَبْدَهُ، وَأعَزَّ جُنْدَهُ وَهَزَمَ الأحْزَابَ وَحْدَهُ لاَ إلَهَ إلاَّ الله وَاللهُ أكْبَرْ .

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

11 ޑިސެމްބަރު 2020
ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟

ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟

31 ޖުލައި 2020
ކޭތަ ނަމާދު ކުރާނެ ގޮތް

ކޭތަ ނަމާދު ކުރާނެ ގޮތް

20 ޖޫން 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު