Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ފާރިސް އަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާ: ވަކީލުން އެދިގެން އަޑުއެހުން ފަސްކޮށްފި

12 ޖޫން 2018 | އަންގާރަ 12:02

ދެން އަޑުއެހުން އޮންނާނީ އަންނަ ހަފްތާގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ޖޫން 2018 | އަންގާރަ 12:02
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށް ދިނުމަށް އޭނާގެ ވަކީލުން އެދިވަޑައިގަތުމުން އަޑުއެހުން އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ފާރިސް މައުމޫނު އާ ދެކޮޅަށް އުފުލާފައިވާ މި ދައުވާގެ އަޑުއެހުން ގިނަ ދުވަސްތަކަކަށް ފަހު ބާއްވަން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ. އަޑުއެހުން ފެށުމާއެކު ފާރިސް ދިފާއީ ވަކީލް އިބްރާހިމް ޝަމީލް ވަނީ މައްސަލައިގައި ތައްޔާރު ވުމަށް އެކަށީގެންވާ ވަގުތު ނުލިބުނުކަން ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފާރިސްއާ އެކު މި ހަފުތާގައި ބައްދަލުވުމެއް ބާއްވައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދުމުން އެ ފުރުސަތު ދީފައި ނުވާ ކަމަށާއި މި ޝަރީއަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ބޭނުންވާތީ އަޑުއެހުން ފަސްކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ފާރިސް ވެސް ވިދާޅުވީ އަޑުއެހުން އޮންނަ ކަން އެނގިވަޑައިގަތީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށެވެ. އެހެން ނަމަވެސް ކޯޓުގައި އޮތީ ކޮން މައްސަލައެއްކަން ކަރެކްޝަންސްގެ ފަރާތުން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އޭނާގެ މައްޗަށް ދައުލަތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު ފާރިސް ވިދާޅުވީ މި މައްސަލަ މުރާޖައާކުރަން ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންވެ މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެންމެ ފުރަތަމަ ނިންމެވީ ބުދަ ދުވަހު އަޑުއެހުމެއް ބޭއްވުމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި، މީގެކުރިން ބޭއްވި އަޑުއެހުމުގައި 47 ހެކިންގެ ހެކި ބަސް ނުނަގަން ވަނީ ނިންމައިފަ އެވެ. އެއީ ގިނަ އަދަދަކަށްވުމާއި ހުރިހާ ހެކިން ހާޒިރުކުރަން އުނދަގޫވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެންމެ މުހިންމު ހެކިން ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޝަމީލް ވިދާޅުވީ ހެކިން ކަނޑައެޅުމަށް ގާޒީ ދެއްވީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އަދި އަޑުއެހުން އަންނަ ހަފުތާގެ ދުވަހަކަށް ފަސް ކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވުމުން ފަހުން އަޑު އެހުން އޮންނާނެ ތާރީހެއް އަންގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މި އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރުމަށް ދައުލަތުން ވެސް އިންކާރުކޮށްފައިނުވެ އެވެ.

މި މައްސަލައިގައި އަޑުއެހުން އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާނެކަން ފާރިސްގެ ވަކީލުންނަށް ފަހުން ވަނީ އަންގާފަ އެވެ. ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުން ފެށިގެން ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފާރިސް ހައްޔަރުކޮށްފައިވާއިރު އޭނާއާ ދެކޮޅަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް