Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައިފް އަލީ ޚާން

ސައިފަށް އިންޓަޕޯލުން ނޯޓިސް ފޮނުވައިފި

10 ޖޫން 2018 | އާދީއްތަ 10:22

ސައިފްގެ ސްޓޭޓްމެންޓް ވަނީ މުމްބާއި ފުލުހުން ރެކޯޑްކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ޖޫން 2018 | އާދީއްތަ 10:22
ސައިފް އަލީ ޚާން

ސައިފް އަލީ ޚާން

ބަލްގޭރިއާގައި ޖަނަވާރެއް ޝިކާރަ ކުރި މައްސަލައެއްގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނަށް އިންޓަޕޯލް ނޯޓިސް ފޮނުވައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އިންޓަޕޯލް ނޯޓިސް ނެރުމާއެކު މުމްބާއި ފުލުހުން ވަނީ ސައިފްގެ ސްޓޭޓްމަންޓް ރެކޯޑް ކޮށްފައެވެ.

ސައިފް މިވަގުތު ހުރީ އޭނާގެ އަންހެނުން ކަރީނާއާއި ހަގުދަރިފުޅު ތައިމޫރާއި އެކީ ޗުއްޓީ ހޭދަކުރުމަށް ލަންޑަނަށް ގޮސްއެވެ. ސްޓޭޓްމެންޓް ރެކޯޑްކުރަން ޖެހުނީ ސައިފް އިންޑިއާގައި ނޫޅޭތީ ކަމަށްވެއެވެ.

ސައިފްގެ ސްޓޭޓްމެންޓް ނަގާފައިވަނީ ބަލްގޭރިއާގައި ޖަނަވާރު ޝިކާރަކުރި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އެ ޖަނަވާރު ޝިކާރަ ކުރީ ސައިފްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެއް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ބަލްގޭރިއާގެ ގާނޫނު ބުނާގޮތުން އެގައުމުން ބޭރުގެ މީހަކު އެގައުމުގައި އުޅޭ ޖަނަވާރަކު ޝިކާރަ ކުރެވޭނީ ޝިކާރަކުރާ ލައިސެންސް ނަގައިގެންނެވެ. އެހެން ނަމަވެސް ސައިފްގެ އެޖެންޓު ޝިކާރަ ކުރީ ހުއްދަ ނުހޯދާ ކަމަށް ވެއެވެ.

ޖަނަވާރެއް ޝިކާރަ ކުރިކަމުގެ ކުށް ސާބިތުވެ ފިލްމީތަރި ސަލްމާން ޚާނަށް ވަނީ މިދިޔަ އެޕްރީމަހުގައި 5 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެފައެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު ސަލްމާންއާއި އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ޚާންއާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2020

ދަރިފުޅު ސާރާގެ "ލަވް އާޖްކަލް" ޓްރެއިލަރ ސައިފަށް ކަމުނުދިޔަ ؟!

18 ޖެނުއަރީ 2020
ދަރިފުޅު ސާރާގެ "ލަވް އާޖްކަލް" ޓްރެއިލަރ ސައިފަށް ކަމުނުދިޔަ ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް