Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމިރޭޓްސް

އެމިރޭޓްސްއިން ކުޑަދޮރު ނެތް މަތިންދާ ބޯޓާ ދިމާލަށް

އަމާޒަކީ ކުޑަދޮރު ނެތް ބޯޓްތަކަށް ބަދަލުވުން: ޓިމް ކްލާކް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2018 | ބުރާސްފަތި 06:07
އެމިރޭޓްސްގެ އަމާޒަކީ މުސްތަގުބަލުގައި ކުޑަ ދޮރު ނެތް ބޯޓް ބޭނުންކުރުން

އެމިރޭޓްސްގެ އަމާޒަކީ މުސްތަގުބަލުގައި ކުޑަ ދޮރު ނެތް ބޯޓް ބޭނުންކުރުން

އެމިރޭޓްސް އެއަރލައިންގެ ފްލައިޓް ތަކުގައި ކުޑަދޮރުގެ ބަދަލުގައި ވަރޗުއަލް ވިންޑޯ ހަރުކޮށް ފަސްޓް ކްލާހުގެ އާ ސުއިޓްތައް ދައްކާލައިފިއެވެ.

ސީދާކޮށް ބޭރު ބެލުމުގެ ބަދަލުގައި ފަސިންޖަރަށް ބޭރު ފެންނާނީ ބޯޓުގައި ހަރުކޮށްފައި ހުންނަ ފައިބަރ އޮޕްޓިކް ކެމެރާއަކުން ޕްރޮޖެކްޓް ކުރާ މަންޒަރެވެ.

އެ އެއަރލައިނުން ބުނީ މި ބަދަލާއިއެކު، މުސްތަގުބަލުގައި އުފައްދާ ފްލައިޓްތަކުގައި ކުޑަދޮރު ހަރުނުކޮށް ވާއިރު އޭގެ ސަބަބުން ބޯޓް ލުއިވެ ހަލުވި ވާނެކަމަށެވެ.

އެމިރޭޓްސްގެ ރައީސް ސަރ ޓިމް ކްލާކް ވިދާޅުވީ މަންޒަރުތައް" ވަރަށް ރަނގަޅު"ވާނެ ކަމަށާއި ހަމަ ލޮލަށް ފެންނަ ވަރަށް ވުރެ މަންޒަރުތައް މާ ސާފުވާނެ ކަމަށެވެ.

ވަރޗުއަލް ވިންޑޯތައް މިވަގުތު ފެންނާނީ އެމިރޭޓްސްގެ އާ ބޯޓްތައް ކަމަށްވާ ބޯއިންގ 777-300ER ގެ ބޯޓްތަކުގެ ފަސްޓް ކްލާސް ކެބިންއިންނެވެ.

ސަރ ޓިމް ބީބީސީގައި ވިދާޅުވެފައިވަނީ މީގެ އަމާޒަކީ މުސްތަގުބަލުގައި ބޭނުން ކުރާ ބޯޓް ތަކަކީ ކުޑަދޮރު ނެތް ބޯޓްތަކަށް ހެދުން ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ކްރޭން ފީލްޑް ޔުނިވާސިޓީގެ ޕްރޮފެސަރ ގްރަހަމް ބްރެއިތުވެއިޓް ވިދާޅުވީ ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ކެބިން ކްރޫއިން ބޭރު ބަލަން ބޭނުންވާނެ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގައި ބޯޓުގެ ބޭރު ބެލޭނެ ގޮތަށް ހުރުމަކީ މުހިއްމުކަމެއް، ވަކިން ޚާއްސަކޮށް ކުއްލި ހާލަތެއްގައި ބޯޓް ދޫކޮށްލަން ޖެހިއްޖެނަމަ" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީން ބުނީ ކެބިން ވިންޑޯ ހުރި ބޯޓެއްގައި ސަލާމަތީ ކަންކަންކަމުގައި ދިމާ ނުވާ ގޮންޖެހުމެއް ވަކި ކެބިން ވިންޑޯ ނެތިގެން ދިމާވާނެ ކަމަށް ގަބޫލު ނުކުރާކަމަށެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2019

މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓް ގެނެސްފި

10 މާރިޗު 2019
މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓް ގެނެސްފި
17 ޑިސެމްބަރު 2018

މަންތާ އެއަރގެ ދެވަނަ މަތިންދާ ބޯޓް ގެނެސްފި

17 ޑިސެމްބަރު 2018
މަންތާ އެއަރގެ ދެވަނަ މަތިންދާ ބޯޓް ގެނެސްފި
12 ނޮވެމްބަރު 2018

މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!

12 ނޮވެމްބަރު 2018
މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!
06 އޮކްޓޯބަރު 2018

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ

06 އޮކްޓޯބަރު 2018
އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ
07 އެޕްރީލު 2018

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

07 އެޕްރީލު 2018
12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު