Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ޔާމީންގެ ނަންފުޅު ވޯޓްކަރުދާސް ކޮޅުގައި އޮންނާކަށް ނުޖެހޭ: އަސްލަމް

6 ޖޫން 2018 | ބުދަ 17:19

މި ސަރުކާރުގެ އަނިޔާވެރިކަމާއި ޚުދު މުހުތާރުކަން އޮތީ ހައްދު ފަހަނަ އަޅާފައި ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 6 ޖޫން 2018 | ބުދަ 17:19
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ރައީސް ޔާމީންގެ ނަންފުޅު ވޯޓްކަރުދާސް ކޮޅުގައި އޮންނަން ނުޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ތާއިދު ނެތް އަނިޔާވެރި ވެރިއެއްގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި ނޯންނާނޭ ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ، އިންތިޚާބެއް ބޯ މަތިވަމުން އަންނަ އިރު ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތް ކުރުމަށް ރައްޔިތުން ހޮވާފައި ތިއްބެވި ކައުންސިލަރުންނަށް ޖެއްސުންކޮށް އެ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ބިރުދެއްކުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.

މި ސަރުކާރުގެ އަނިޔާވެރިކަމާއި ޚުދު މުހުތާރުކަން އޮތީ ހައްދު ފަހަނަ އަޅާފައި ނަމަވެސް ރައްޔިތުން ތިބީ ދައްކާ ބިރަށް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަަމަށް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބާރާއި މަގާމަކީ ވަކި މީހަކަށް ދެއްވާ އެއެްޗެއް ނޫން ކަމަށާއި ވެރިކަން ފެށެނީ ރައްޔިތުން ކިބައިން ކަމަށެވެ. އަދި އެ ވެރިކަން ދެމި އޮންނާނީ ވެސް ރައްޔިތުންގެ އަތުގައިކަމަށްވާއިރު، ރައީސް ޔާމިން ދޫ ނުކުރެއްވިޔަސް މި ވެރިކަން ނިމޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ނަންފުޅު ވޯޓްކަރުދާސްކޮޅު ގައި އޮންނާނެތޯ، ނޫންތޯ ދެންނެވުމުން އަސްލަމް ވިދާޅުވީ، ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުން އެކަމަށް އޭނާ ޝައްކު ނުކުރައްވާ ކަމަށެވެ. ރައްޔިތުން ވެސް ތިބީ ރައީސް ނަޝީދު މި އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށް ވޯޓްއަޅަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ،ގުޅިފައިވަ ޕާޓީތަކުން ކެނޑިޑޭޓަކު ނެރޭއިރު، އެ ކެނޑިޑޭޓަކީ އެމްޑިޕީން ހުށައަޅާ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އެބޭފުޅުންގެ އުއްމީދަކީ ރިޔާސީ އިންތިޚާބުގައި އެއްލައްކަ އަށްޑިހަހާހަށް ވުރެ ގިނަ ވޯޓް ގުޅިފައިވާ ޕާޓިތަކުން ހޯދޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ޕީޕީއެމްގެ އެކްޓިވިސްޓުން އިލެކްޝަންސް ކޮމިޝަންގައި ތިއްބަވައިގެން މި އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އެހެންއެކަން އޮތުމުން މި އިންތިޚާބާއި މެދު އެބޭފުޅުން ވަރަށް ބޮޑަށް ފާރަވެރިވެ ކޮންމެ ވޯޓް ފޮއްޓެއްގެ ކައިރީގައި އެބޭފުޅުންގެ މިހަކު އަބަދުވެސް ބަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ރައީސް ޔާމީންގެ އަމަލުފުޅުތައް ހުންނަގޮތުން އާއްމު ރައްޔިތުންނާއި އަރިހުގައި ތިއްބެވި ބޭފުޅުން ތިބީ ފޫހިވެފައި ކަމަށާއި، އެމަނިކުފާނަށް ތާއީދު ކުރާ މީހަކު ފެނިވަޑައި ނުގަންނަވާ ކަމަށެެވެ. އަދި އެމަނިކުފާނަށް ވެސް މިހާރު އޮތް އެންމެ މޮޅު ގޮތަކީ، މި ދައުރުވެސް ނުނިމެނީސް އަވަހަށް އިސްތިއުފާ ދެއްވުން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް