Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކި ޖަމާޢަތް ހެދުން

ސަރުކާރުގެ ވެރިން ވަކި ޖަމާޢަތް ހެދުމުން ފާޑުކިޔުން އަމާޒުވެއްޖެ

3 ޖޫން 2018 | އާދީއްތަ 11:31

ވަކި ޖަމާޢަތް ހެދުމުން ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވަނިކޮށް ސަރުކާރުގެ އިސްވެރިން އެކަން ކުރުމުން ފާޑުކިޔުން އަމާޒުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ޖޫން 2018 | އާދީއްތަ 11:31
ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަނީ

ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަނީ

ރައީސް ޔާމީން ބައިވެރިވެވަޑައިގެން، ވަކި ޖަމާޢަތް ހަދައިގެން ސަރުކާރުގެ އިސްވެރިން ނަމާދުކުރައްވާ ފޮޓޯއެއް އާއްމުވުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިމާމުވެ ނަމާދުކުރާތަން ފެންނަ މި ފޮޓޯގައި ރައީސް ޔާމީންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ އިސް ބައެއް ވެރިން ވެސް ފެނެއެވެ. ވަކި ޖަމާޢަތެއް ހަދައިގެން އެބޭފުޅުން ނަމާދުކުރައްވަން ތިއްބެވީ ސީދާ ކޮންތަނެއްގައިކަން ސާފު ނުވިނަމަވެސް، އެތަނުގައި ތަފާތު އެކި ފޮޓޯތަކާއި ސޫރަ ކުރަހާފައިވާ މަންޒަރުތައް ފާރުތަކުން ފެނެއެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީން ހުކުރަށްވެސް ވަޑައިގަންނަވާތަން އާއްމުކޮށް ނުފެންނަކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަދި ވަކި ޖަމާޢަތް ހަދައިގެން ސަރުކާރުގެ އިސްވެރިން ނަމާދުކުރައްވާއިރު، ބައެއް މިސްކިތްތަކުގައި ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރާ މީހުންނަށް އަދަބު ދޭކަމަށާއި، ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާން ޖެހޭނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު ނަމާދަކީ ދެއްކުންތެރިކަމެއް ނޫންކަމަށާއި، ފާޅުގައި މިސްކިތަށް ގޮސް ނަމާދުކުރުމުގެ ބަދަލުގައި، ވަކި ޖަމާޢަތް ހަދައިގެން ނަމާދުކޮށް، އެކަމުގެ ފޮޓޯތައް އާއްމުކޮށްފައިވާތީ ސޯޝަލް މީޑިއާގައި، ޚާއްސަކޮށް ޓްވިޓަރގައި މީހުން ވަނީ ފާޑުކިޔާފައެވެ.

ދީން ހިމާޔަތްކުރާކަމަށް ސަރުކާރުން ބުނަމުންދާއިރު، ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކޮށް، ދީނީ އިލްމުވެރިންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާޠިލްކޮށް، ދީނަށް ފުރައްސާރަކުރާކަމަށް ބައެއް މީހުން ޚިޔާލުފާޅުކުރަމުން ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމައަށް ހިނގަން ޖެހޭނެކަމަށާއި، އާއްމު އެހެން ކަންތައްތަކެކޭ އެއްފަދައިން، ދީނީ ކަންކަމުގައިވެސް މިސަރުކާރުން ސަރުކާރުގެ އިސްވެރިންނަށް ވަކި ގޮތްތަކެއް ހަމަޖައްސާކަމަށް ބުނެ، ބައެއް މީހުން ޓްވިޓަރ އަދި ފޭސްބުކްގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ތައުބީންގެ ޖަލްސާގައިވެސް ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެފައިނުވާތީ ފާޑުކިޔުންތައް އަމާޒުކޮށް، މިފޮޓޯއަށް މީހުން ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް