Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެއްލިގެން ހޯދަނީ

ހުޅުމާލެއިން މާލެ އައުމަށް ފެރީއަށް އެރި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

1 ޖޫން 2018 | ހުކުރު 10:02

ގެއްލުނުތާ 12 ގަޑިއިރު ވަނީ ވެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 ޖޫން 2018 | ހުކުރު 10:02
ފާތިމަތު ފަޒީލާ ރަޝީދު: ގެއްލުނީ އިއްޔެ މެންދުރު

ފާތިމަތު ފަޒީލާ ރަޝީދު: ގެއްލުނީ އިއްޔެ މެންދުރު

ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު މާލެ އައުމަށް ފެރީއަށް އެރި ފަހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނަފްސާނީ ބައްޔަން ފަރުވާ ހޯދަމުންދާ، ފާތިމަތު ފަޒީލާ ރަޝީދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އަންހެނެކެވެ. މީހަކާ ވެސް އިނދެގެން އުޅޭ، ފަސް ދަރިންގެ މަންމަ، ފަޒީލާ އެންމެ ފަހުން ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ހުޅުމާލޭ ފެރީ ޓާމިނަލުން މާލެ އަންނަން އުޅެނިކޮށެވެ.

Advertisement - newsAdvertisement

ފަޒީލާގެ ފިރިމީހާ ގާސިމް ހަސަން "ރާއްޖެއެމްވީ"އަށް ބުނީ އޭނާގެ އަންހެނުން ދިރިއުޅެނީ ހުޅުމާލޭގައި ކަމަށާއި އާއިލާގެ މީހުންގެ ކައިރިއަށް އެކަނި މާލެ އައިސް، ގޮސް ހަދާ ކަމަށެވެ. ނަމަވެސް މެންދުރު ނަމާދަށް ދިއުމަށް ކަމަށް ބުނެ، ބުރާސްފަތި ދުވަހުގެ މެންދުރު ގެއިން ނުކުތް ގޮތަށް އަންހެނުން ފެނިފައި ނުވާ ކަމަށް ގާސިމް ބުންޏެވެ.

ހުޅުމާލޭ ފެރީ ޓާމިނަލްގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ދައްކާ ގޮތުން ފަޒީލާ މާލެ ދިއުމަށް ބުރާސްފަތި ދުވަހުގެ މެންދުރު 12:40ގެ ފެރީއަށް އެރި ކަމަށް ގާސިމް ބުންޏެވެ. ގާސިމް ބުނީ މާލެ އެރުމަށް ފަހު، އަންހެނުން ދިޔަތަނެއް އެނގޭނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލްގެ ސީސީޓީވީ ކެމެރާތައް ބެލުމުން ކަމަށާއި އެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަޒީލާގެ އާއިލާއިން ބުނި ގޮތުގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފަޒީލާ ގެއްލުނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، އޭނާ ފެންނަ ކަމަށް އާއިލާއިން ބުންޏެވެ.

"މިއީ މިގޮތަށް ގެއްލިގެން މިހާ ގިނައިރު ވަންދެން ހޯދާ ފުރަތަމަ ފަހަރު. މާލެ އާއި ހުޅުމާލެ އަޅުގަނޑުމެން ބަލަމުން މި ދަނީ،" ފަޒީލާގެ ކޮއްކޮއަކު ރާއްޖެއެމްވީއަށް ބުންޏެވެ.

ފަޒީލާ ގެއްލުނު މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުން އެކަމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެކަން ބެލުމަށް ފަހު މީޑިއާއަށް މައުލޫމާތު ދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް