Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-އިސްރާއީލް

ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުން ދާތީ ކަމަށް ބުނެ އދ. ގެ ސެކިޔުރިޓީ ކައުންސިލު ބައްދަލުވުމެއް ބާއްވަނީ

30 މެއި 2018 | ބުދަ 14:30

އެމެރިކާ އިން ދަނީ ބައިނަލްއަގްވާމީ ދުނިޔޭގައި އިސްރާއީލް ދިފާއު ކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 މެއި 2018 | ބުދަ 14:30
އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ

އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ

ޣައްޒާ އިން ރޮކެޓާއި މޯޓަރު ހަމަލާތައް އިސްރާއީލަށް ދެމުން ގެންދާތީ ކަމަށްބުނެ އެމެރިކާ އިން އިސްނަގައިގެން އދ. ގެ ސެކިޔުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހު ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.

އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ މީޑިއާ އަށް ވިދާޅުވީ "ޣައްޒާ އިން އިސްރާއީލަށް މިފަހުން ދެމުންދާ ހަމަލާތަކަކީ 2014 ވަނައަހަރުން ފެށިގެން ދޭ އެންމެ ބޮޑެތި ހަމަލާތައް ކަމަށާއި، ޣައްޒާ އިން ފަލަސްތީނުގެ ހަނގުރާމަވެރިން ފޮނުވަމުންދާ މޯޓަރު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިންފްރަސްޓަރަކްޗާ އަށް ގެއްލުން ވަމުންދާ ކަމަށެވެ."

ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުންދާތީ އދ. ގެ ސެކިޔުރިޓީ ކައުންސިލުން، އެމެރިކާގެ އިސްނެގުމަށް ބައްދަލުވުމެއް ބާއްވަން އުޅޭއިރު، މިމަހު ކުރީކޮޅު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މާޗް 30 ވަނަ ދުވަހުން ފެެށިގެން ފަލަސްތީނު ރައްޔިތުން ގެންދަނީ "ގްރޭޓާރ މާޗް އޮފް ރިޓާރން" ގެ ނަމުގައި ފަލަސްތީނު ރެފިއުޖީންނާއި އަދި އެބައިމީހުންގެ ދަރިން އަނބުރާ އަލުން ފަލަސްތީނުގެ ބިމަށް އާދެވޭނެ ގޮތް ހަދައިދިނުމަށް އެދި މުޒާހަރާތަކެއް ފަށާފައެވެ. މި މުޒާހަރާތަކާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ އަމަލުހިންގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާތީ އިސްރާއީލަށް ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައެވެ. އެމެރިކާ އިން ދަނީ ތަކުރާރުކޮށް އިސްރާއީލާ އެއްކޮޅަށް ވަކާލާތުކޮށް، އިސްރާއީލު ދިފާއުކުރަމުންނެވެ.

ޣައްޒާ ވަނީ "ހަލާކުވުމުގެ ފައްތަރެއްގައި" ކަމަށާއި އަދި ޣައްޒާގެ ވެރިކަން ކުރާ ހަމާސް އާއި އިސްރާއީލާ ދެމެދު އިތުރު ހަނގުރާމައަކަށް ނުގޮސް ހުއްޓުވުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އދ. އިން މެދުއިރުމަތީގެ ސުލްހައިގެ ކަންކަމަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރު ނިކޮލޭ މްލަޑެނޮވް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ނިކޮލޭ މްލަޑެނޮވް ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާ އިން ފަަލަސްތީނު ކުޑަކުދިން ހިމެނޭގޮތުން 76 ފަލަސްތީން ރައްޔިތުން މަރާލާފައިވާ ކަމަށާއި އަދި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 3000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަަމަށެވެ. ޣައްޒާގެ ވެރިކަން ކުރާ ހަމާސް އިން ބުނާގޮތުން ޣައްޒާ ބޯޑަރުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 102 ރައްޔިތުން މަރާލާފައެވެ.

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މި މަހު އެގައުމުން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. ފަލަސްތީނު ރައްޔިތުން ދަނީ އެކަމާއި ދެކޮޅު ހަދައި ނުރުހުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
04 މާރިޗު 2017

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް