Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ހުރިހާކަމަކީ ފައިސާ އަދި ތަށިތަކެއް ނޫން: ރޮނާލްޑޯ

27 މެއި 2018 | އާދީއްތަ 16:41

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ ރޮނާލްޑޯ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މެއި 2018 | އާދީއްތަ 16:41
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލް މެޑްރިޑްގައި މަޑުކުރުން ބިނާވެފައި ވަނީ ފައިސާ ނުވަތަ ލިބޭ ކާމިޔާބީތަކަށް ނޫން ކަމަށް އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލް އަތުން މޮޅުވި ފައިނަލްގައި އޭނާ ލަނޑެއް ނުޖެހި ނަމަވެސް 15 ލަނޑާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ ރޮނާލްޑޯއެވެ. އެހެން ނަމަވެސް އެ މެޗަށް ފަހު އޭނާ ވަނީ އެ ޓީމު ދޫކޮށްލާނެ ފަދަ އިޝާރާތެއް ދީފައެވެ.

ފައިނަލް މެޗަށް ފަހު ދަނޑުމަތީގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރޮނާލްޑޯ ވަނީ ރެއާލްއަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ޝަރަފުވެރި ފުރުސަތެއް ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ ވަގުތުކޮޅެއް ފަހުން ފޮކްސް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ އެގޮތަށް ވާހަކަ ދެކުވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް ބުނެފައެވެ.

ސްޕެއިންގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ މާސާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި ފަސް ޗެމްޕިއަންސް ލީގާއެކު އޭނާއަށް މިހާރު ތާރީހުގެ ސަފްހާތަކުން ވެސް ޖާގަ ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އެއްވެސް ކަމެއް ގެރެންޓީ ނުކުރެވޭނެ ކަމަށާއި ކުރިޔައް އޮތް ދުވަސްތަކުގެ ތެރޭ އޭނާއާ ގުޅޭ ގޮތުން އެކި ވާހަކަ ދެކެވޭނެ ކަމަށެވެ. ރޮނާލްޑޯ ބުނީ ލިބޭ ކާމިޔާބަކީ ހުރިހާ އެއްޗެއްގެ ގޮތުގައި ވެސް ބަލަން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް ކްލަބާ އެކު ހޯދިފައިވާ ކާމިޔާބުތަކަކީ ހަނދާނުން ފޮހެނުލެވޭނެ ކާމިޔާބުތަކެއް ކަމަށެވެ.

ރޮނާލްޑޯގެ މި ކޮމެންޓްތަކާ ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އޭނާ އެއްވެސް ހާލެއްގައި އެ ޓީމު ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ. ޕެރޭޒް ބުނީ ކޮންމެ މީހަކަށް ވެސް ބަސްބުނުމުގެ ހައްގު އޮންނާނެ ކަމަށާއި ކްރިސްޓިއާނޯ މިވަގުތު ރެއާލްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ރޮނާލްޑޯ ބުނީ ޕެރޭޒް އާއި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއްވެސް މައްސަލައެއް ނެތްއިރު ވެސް މީޑިއާތަކުން އެކަން ސިފަކުރީ ވަރަށް ގިނަ މައްސަލަތަކެއް ހުރި ގޮތަށް ކަމަށެވެ. އޭނާ ބުނީ މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަށް ނުވިނަމަވެސް ތެދުވެރިވާން އޭނާ ބޭނުންވާ ކަމަށެވެ. އަދި ތެދު ބުނެވުނީތީ އެއްވެސް ވަރަކަށް ހިތާމަނުކުރާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

މި ސީޒަނުގައި ވެސް ރޮނާލްޑޯ 44 ލަނޑު ޖަހާފައިވާއިރު އޭނާއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ފަހުގެ ތާރީހެއްގައި ރެއާލް ހޯދި ކާމިޔާބީތަކުގައި ރޮނާލްޑޯގެ ބޮޑު ހިއްސާއެއް އެބައޮތެވެ. ރޮނާލްޑޯއަކީ ފަސް ޗެމްޕިއަންސް ލީގާއެކު އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި އެއް ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް