Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްމޯގަން ފްރީމަން

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ހޮލީވުޑްގެ ލެޖެންޑް މޯގަން ފްރީމަންއަށް ވެސް!

27 މެއި 2018 | އާދީއްތަ 04:41

މޯގަން ފްރީމަންއަށް ޖިންސީ ފުރައްސާރައިގެ ތުހުމުތުކޮށް ސީއެންއެންވަނީ ބުރާސްފަތި ދުވަހު ރިޕޯޓެއް ގެނެސްދީފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 27 މެއި 2018 | އާދީއްތަ 04:41
މޯގަން ފްރީމަން

މޯގަން ފްރީމަން

ހޮލީވުޑްގެ ލެޖެންޑުން ތެރޭގައި ހިމެނޭ މޯގަން ފްރީމަންއަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަކެއް ކޮށްފިއެވެ.

ފްރީމަންގެ މައްޗަށް މި ތުހުމަތު ކޮށްފައިވަނީ ސީއެންއެން އިނެވެ. ސީއެންއިންއިން ބުރާސްފަތި ދުވަހު ގެނެސްދިން ރިޕޯޓެއްގައި ބުނާ ގޮތުން ފްރީމަންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރާ 16 ފަރާތަކާ އެމީހުން ވަނީ ވާހަކަ ދައްކާފައެވެ.

އެތަނުން އަށް މީހުންނަށް ފްރީމަން ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެފައިވާ އިރު، އަނެއް އަށް މީހުންނަށް ފްރީމަންގެ ފަރާތުން އެފަދަ މަންޒަރު ފެނިފައިވާކަމަށް ބުނެފައިވެއެވެ. ފްރީމަންއަށް ތުހުމަތު ކުރާ ފަރާތްތަކުން ބުނަނީ 'އުނދަގޫ ވަންދެން ހަށިގަނޑަށް ބަލާނެ" ކަމަށާއި "ހަށިގަނޑު ނުވަތަ ލާފައި ހުންނަ ހެދުމަށް ބަލާފައި ކޮމެންޓް ކުރާނެ" ކަމަށެވެ.

އެ ރިޕޯޓް ދެއްކުމާއެކު ފްރީމަން ވަނީ މައާފަށް އެދިފައެވެ. އަދި އެއާ އެކު ގިނަ ބައެއް ހީކުރީ އޭނާ އެކަމަށް އިއުތިރާފުވީ ކަމަށެވެ. ނަމަވެސް މައާފަށް އެދުނުތާ އެއް ދުވަސް ފަހުން އޭނާ އިތުރު ބަޔާނެއް ނެރުނެވެ.

"އަހަރެން އެއްޗެއް ސާފު ކޮށްދޭން ބޭނުން. އުނދަގޫވާ، ބިރުވެރި މަސައްކަތުގެ މާހައުލެއް ނުގެންގުޅެން. އަހަރެން އަންހެނުންނަށް ފުރައްސާރައެއް ނުކުރަން. ޖިންސީ ގުޅުމުގެ ބަދަލުގައި ވަޒީފާ ދޭން ނުވަތަ އެހެން އެއްޗެއް ދޭނަމެކޭ ނުބުނަން. މިއާ ހިލާފަށް ދެކެވޭ ހުރިހާ ވާހަކަތަކަކީ ދޮގު ވާހަަކަތެކެއް،" ފްރީމަން ބުންޏެވެ.

ސީއެންއެންގެ ތަހުގީގުގައި ވާހަކަ ދެއްކި ބައެއް މީހުން ފްރީމަންގެ ފަރާތުން އެފަދަ ކަމެއް ފެނިފައިނުވާކަން ބުނެފައިވާކަން ވެސް ފާހަގަކޮށްފައިވެއެެވެ.

މި ތުހުމަތުތަކާ އެކު 'ވީސާ'އިން ވަނީ ފްރީމަންއާއެކު ހަދާފައިވާ މާކެޓިންގ ކެމްޕޭން ސަސްޕެންޑް ކޮށްފައެވެ. އަދި ސްކްރީން އެކްޓަރސް ގިލްޑްއިން ވެސް ދަނީ ފްރީމަންއާ ދެކޮޅަށް ފިޔަވަޅު އެޅުމާ މެދު ވިސްނަމުންނެވެ.

އައްޑިހަ އަހަރުގެ މޯގަން ފްރީމަން ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 50 އަހަރު ވެއްޖެއެވެ. ސަތޭކައަށް ވުރެ ގިނަ ފިލްމް ކުޅެފައިވާ ފްރީމަންއަށް 'މިލިއަން ޑޮލަރ ބޭބީ'ގައި އޭނާ ކުޅުނު ރޯލަށް އެކަޑަމީ އެވޯޑެއް، ނުވަތަ އޮސްކާއެއް، ވެސް ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

އިތުރަށް ކިޔާލަން

03 ޖޫން 2018

ހޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިއަކީ ޑެނިއެލް ކްރެއިގް

03 ޖޫން 2018
ހޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިއަކީ ޑެނިއެލް ކްރެއިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް