Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ޖޭއެސްސީގެ ހާޒިރީގެ ފުލަށް މަސީހާއި އަނިލް އަދި ގާޒީ އީސާފުޅު

27 މެއި 2018 | އާދީއްތަ 04:44

ކޯރަމް ހަމަނުވެގެން 57 ޖަލްސާ ކެންސަލްކުރި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 މެއި 2018 | އާދީއްތަ 04:44
ޖޭއެސްސީގެ ހާޒިރީގެ ފުލަކަށް ވެއްޓުނު މެމްބަރުން

ޖޭއެސްސީގެ ހާޒިރީގެ ފުލަކަށް ވެއްޓުނު މެމްބަރުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިދިޔަ އަހަރުގެ ހާޒިރީގެ ފުލަށް ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ބަންޑާރަ ނައިބު މުހައްމަދު ވެއްޓިއްޖެއެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ އެ ކޮމިޝަންގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު ބޭއްވި 26 ޖަލްސާގެ ތެރެއިން، އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނެވީ ގާޒީ އީސާފުޅެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ ނުވަ ޖަލްސާއަކަށް ކަމަށް ޖޭއެސްސީން އާންމުކޮށްފައިވާ މެމްބަރުންގެ ހާޒިރީން ދައްކައެވެ. ހާޒިރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އީސާފުޅު ވަޑައިނުގަންނަވާ ޖަލްސާތަކުގެ އަދަދު 13އަށް އަރާ ކަމަށާއި އޭނާ ހާޒިރު ވާންޖެހޭނީ 22 ޖަލްސާއަކަށް ކަމަށެވެ.

Advertisement - newsAdvertisement

ޖޭއެސްސީގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި ދެ ވަނަ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ 13 ޖަލްސާއަކަށް ކަމަށާއި ވަކި ސަބަބެއް ނާންގައި ހަ ޖަލްސާއަކަށް މަސީހު ވަޑައިނުގަންނަވާ ކަމަށް ހާޒިރީ ރިޕޯޓުގައިވެއެވެ.

ހާޒިރީގެ ފުލުން ތިން ވަނަގައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ. އަނިލް ހާޒިރުވެވަޑައިގެންނެވީ 11 ޖަލްސާއަކަށް ކަމަށާއި ސަބަބެއް ނާންގައި ހަތަރު ޖަލްސާއަކަށް ވަޑައިނުގަންނަވާ ކަމަށް ވެސް ހާޒިރީ ރިޕޯޓުގައިވެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި ނުވަ މެމްބަރުން-- ފޮޓޯ/ ޖޭއެސްސީ

ޖޭއެސްސީން ބުނީ މިދިޔަ އަހަރު ބޭއްވި ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވީ އެ ކޮމިޝަންގެ 10 މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ކަމަށެވެ. އެ ދެ މެމްބަރުންނަކީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ ލަތީފާ ގާސިމާއި ރައީސްގެ މެމްބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ މުހައްމަދު ފައިސަލެވެ.

ޖޭއެސްސީން މިދިޔަ އަހަރު 83 ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން 57 ޖަލްސާ ކެންސަލް ކުރަންޖެހުނެވެ. އެ ކޮމިޝަނުން މިދިޔަ އަހަރު ބާއްވާފައި ވަނީ ޖުމްލަ 26 ޖަލްސާއެވެ. ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަދުވެގެން ކޮންމެ މަހަކު އެއް ފަހަރު ޖަލްސާ ބާއްވަންޖެހޭނެއެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބަލައި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޖުލައި 2017

ބައެއް މެންބަރުން ޕީޕީއެމުން ވަކިވެފައިވާކަމަށް މޭމަހު އަނިލް ވިދާޅުވި: ޖޭމްސް ދޫރިސް

19 ޖުލައި 2017
ބައެއް މެންބަރުން ޕީޕީއެމުން ވަކިވެފައިވާކަމަށް މޭމަހު އަނިލް ވިދާޅުވި: ޖޭމްސް ދޫރިސް
17 ޖުލައި 2017

ޕީޕީއެމްއިން ބިރު ދެއްކިޔަސް ވޯޓް ދޭނީ މަސީހާއި ދެކޮޅަށް: މުސްތަފާ

17 ޖުލައި 2017
ޕީޕީއެމްއިން ބިރު ދެއްކިޔަސް ވޯޓް ދޭނީ މަސީހާއި ދެކޮޅަށް: މުސްތަފާ
14 ޖުލައި 2017

އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ

14 ޖުލައި 2017
އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ
10 ޖުލައި 2017

ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި

10 ޖުލައި 2017
ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
08 ޖުލައި 2017

އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފި

08 ޖުލައި 2017
އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފި
07 ޖުލައި 2017

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި

07 ޖުލައި 2017
ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް
18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
04 އެޕްރީލު 2017

ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި

04 އެޕްރީލު 2017
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް