Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްލަކިން ލައިސަންސް ޕްރޮގްރާ

އެއްލަކިން ލައިސަންސް ޕްރޮގްރާމް: މިރޭ އާ ނަމްބަރު ދުލެއް ނުކުރޭ

26 މެއި 2018 | ހޮނިހިރު 17:04

މިރޭ ޚިދުމަތް ދޭނީ ހުކުރު ދުވަހުގެރޭ ނަމްބަރު ނެގި މީހުންނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 26 މެއި 2018 | ހޮނިހިރު 17:04
އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ލައިންސަންސް ނެގުމަށް މިރޭ ޓޯކަން ނަމްބަރު ދޫ ނުކުރަން ވަނީ ނިންމާފައެވެ.

އެއް ދުވަހުން ލައިސަންސް ދޫކުރުމަށް ހުކުރު ދުވަހުގެރޭ ފެށި މި ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުގެ ރޭ ޓޯކަން ނަމްބަރު ނެގި މީހުންނަށެވެ. ހުކުރު ދުވަހުގެ ރެއެކޭ އެއްގޮތަށް ހޮނިހިރު ދުވަހުގެރޭ ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާ ހުރަވީ ބިލްޑިންގް ތިރީގައި ގިނަ ބަޔަކު ކިއު ހަދައިގެން ތިބެންޖެހިފަވެއެވެ. މި ކަމާއި ގުޅިގެން ބައެއް އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.

Advertisement - newsAdvertisement
"މި ކަމަކީ ރަނގަޅު ކަމެއް، އެހެންނަމަވެސް އަޅުގަނޑުމެންނަން ވާނުވާއެއް ނޭނގޭ، މި ބުނީ ކިހިނެތް ކަމެއް މި ހަރަކާތް ކުރިއަށް ދަނީ، މިރޭ ނަމްބަރު ނަގަން އައިމަ މި ބުނަނީ މިރޭ ނަމްބަރެއް ދުލެއް ނުކުރެއޭ، މިރޭ ހިދުމަތް ދެނީ ހުކުރު ދުވަހުގެރޭ ނަންބަރު ދޫކުރި މީހުންނަންށޭ، ހުކުރު ދުވަހުގެރޭ މިކަން އެންގި ނަމަ، ކިއުގަ 3 ގަޑިއިރު މަޑުކޮށްގެންވެސް ނަންބަރު ނަގާނަން" ހޮނިހިރު ދުވަހުގެރޭ، ހުކުރު ދުވަހުގެރޭ ނަމްބަރު ދޫކުރި މީހުންނަން އެކަނި ޙިދުމަތް ދިނުމަށް ނިންމުމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުންޏެއެވެ.

އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

މި ޕްރޮގްރާމްގައި ސައިކަލާއި ކާރުގެ އިތުރުން ޕިކަޕްގެ ލައިސަންސް ވެސް ނެގެއެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ޑްރައިވިން ޓެސްޓް ވެސް ހަދަނި ހުރަވީ ބިލްޑިންގާއާއި ހުކުރު މިސްކިތާއި ދޭތެރޭގައެވެ، އެހެންކަމުން އެ ސަރަހައްދަށް ހިދުމަތް ހޯދަން ދާ މީހުންނަން އެ ސަރަހައްދުގެ ޖާގައިގެ ދަތިތަކާއި ވެސް ވަނީ ކުރިމަތިވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ޓޯކަން ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ، މިހާރު ދޫކޮށްފައިވާ ނަމްބަރުތަކަށް ހިދުމަތް ދިނުމަށްފަހުގައެވެ. މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހުއެވެ.

އެއްލަކިން މަށަށް ލައިސެންސްގެ ނަމުގައި ބާއްވާ މި ޕްރޮގްރާމުގައި ލައިސެންސް ހޯދުމަށް ފުރަންޖެހޭ ފޯމުގައި އެމީހެއްގެ އިންސްޓަގްރާމާއި ވައިބަރ ނަންބަރާއި ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހަންޖެހެއެވެ.

އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

މިކަމާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ މިފަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަނީތޯ ވަނީ ސުވާލު އުފައްދާފައެވެ.

ހުކުރު ދުވަހުގެރޭ ދޫކުރި ފޯމުގައި ދައުލަތުގެ ނިޝާން ނެތްކަމަށާއި މީގެ ކުރިން ލައިސަންސް ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ފޯމުގައި ދައުލަތުގެ ނިޝާން ހުންނަކަމަށާއި އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޕެއިނެއްތޯވެސް ވަނީ ސުވާލު ކޮށްފައެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ސޯޝަލް މީޑިއާތަކުގެ މައުލޫމާތު އެއްކުރަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ވަނީ މައުލޫމާތު ސާފުވާގޮތް ނުވެފައެވެ. އެހެން ނަމަވެސް ބައެއް މީޑިއާތަކަށް މަހުދީ ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުރިއާ ހިލާފަށް އެ މައުލޫމާތު ހޯދަން ފޯމުތަކުގައި ހިމެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެފިކާ ބެހޭ މައުލޫމާތު ދިނުމަށް ކަމަށެވެ.

އެއްލަކިން އަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ މި ފަހަރުގެ ޝިއާރެވެ. އެހެންކަމުން އެއްލަކިން މަށަށް ލައިސެންސް އަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ބައެއްކަމަށްވެސް ބައެއްފަރާތްތަކުން ތުހުމަތު ކުރެއެވެ. މާލެއަށްފަހު ހުޅުމާލޭގައި އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

31 މާރިޗު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ
30 މާރިޗު 2017

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

30 މާރިޗު 2017
އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް