Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޮނާލްޑީނިއޯގެ ކައިވެނި

ރޮނާލްޑީނިއޯ އެއްފަހަރާ ދެ މީހުންނާއި އިންނަނީ

25 މެއި 2018 | ހުކުރު 14:28

މި ދެ މީހުންނާއި ރޮނާލްޑީނިއޯ ކައިވެނިކުރާނީ އޮގަސްޓް މަހުގައި އޮންނަ ހަފްލާއެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 މެއި 2018 | ހުކުރު 14:28
ރޮނާލްޑީނިއޯ އަދި އޭނާ އިންނަން އުޅޭ ދެ މީހުން

ރޮނާލްޑީނިއޯ އަދި އޭނާ އިންނަން އުޅޭ ދެ މީހުން

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ އެކުއެކީގައި ދެ މީހުންނާއި އިންނަން ނިންމައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑީއޯ އިންނާނީ ޕްރިސީލިއާ ކޮއޭލޯ އަދި ބީޓްރިޒް ސޫޒާއާއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަހުން މި ދެމީހުން މިހާރު ވެސް ދިރިއުޅެމުން އަންނަނީ ބްރެޒިލްގެ ރިއޯ ޑެޖެނީރޯގައި ހުންނަ ރޮނާލްޑީނިއޯގެ މެންޝަނުގައެވެ. މި ދެ މީހުންނާއި ރޮނާލްޑީނިއޯ ކައިވެނިކުރާނީ އޮގަސްޓް މަހުގައި އޮންނަ ހަފްލާއެއްގައެވެ.

ރޮނާލްޑީނިއޯ ޕްރިސީލިއާ ކޮއޭލޯއާ ރައްޓެހިވީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ބީޓްރިޒް ސޫޒާއާ ރައްޓެހިވީ 2016 ވަނަ އަހަރުއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިދެމީހުންނަށްވެސް ރޮނާލްޑީނިއޯ ކޮންމެ މަހަކު 1500 ޕައުންޑްގެ އެލަވަންސެއް ދެއެވެ. ރޮނާލްޑީނިއޯ އޭނާގެ ދެ ބައިވެރިންނަށް ވެސް ހަދިޔާގެ ގޮތުގައި އެކައްޗެއް ދޭއިރު އެންމެފަހުން ވެސް އޭނާ އެ ދެމީހުންނަށް ހަދިޔާކުރީ އެއް ވައްތަރެއްގެ ސެންޓު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑީނިއޯގެ ކައިވެނީގެ ހަފްލާއަށް އޭނާގެ ދައްތަ ހާޒިރު ނުވާނެ ކަމަށް ބުނެފައިވާއިރު އޭނާގެ ދައްތައަކީ އޭނާ އުޅޭގޮތާއި މެދު ހިތްހަމަނުޖެހޭ މީހެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ރޮނާލްޑީނިއޯ ބުނެފައިވަނީ އޭނާ ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2019

ދަބަންގް 3 ގައި ސަލްމާން 500 މީހުންނާއި ކުރިމަތިލާ މަންޒަރެއް

11 ޑިސެމްބަރު 2019
ދަބަންގް 3 ގައި ސަލްމާން 500 މީހުންނާއި ކުރިމަތިލާ މަންޒަރެއް
26 މެއި 2018

އެއްފަހަރާ ދެ މީހުންނާ އިންނާކަށް ނޫޅެން، އަދި މީހަކާ އިންނާކަށްވެސް ނޫޅެން: ރޮނާލްޑީނިއޯ

26 މެއި 2018
އެއްފަހަރާ ދެ މީހުންނާ އިންނާކަށް ނޫޅެން، އަދި މީހަކާ އިންނާކަށްވެސް ނޫޅެން: ރޮނާލްޑީނިއޯ
31 ޑިސެމްބަރު 2017

އަތްފައި ނެތް މީހުންނާއި ލޯފަން މީހުން މައުންޓް އެވަރެސްޓަށް އެރުން ނޭޕާލުން މަނާ ކޮށްފި

31 ޑިސެމްބަރު 2017
އަތްފައި ނެތް މީހުންނާއި ލޯފަން މީހުން މައުންޓް އެވަރެސްޓަށް އެރުން ނޭޕާލުން މަނާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް