Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ނިޞާބު

ގެރިބަކަރިއާއި ޖަމަލުގެ ނިޞާބު

ބަކަރީގެ ފުރަތަމަ ނިޞާބަކީ ސާޅީހެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 24 މެއި 2018 | ބުރާސްފަތި 13:57
ވާމުން ޒަކާތް ދިނުން ވާޖިބުވެގެންވަނީ ޝަރުޠުތަކަކާ އެކުއެވެ.

ވާމުން ޒަކާތް ދިނުން ވާޖިބުވެގެންވަނީ ޝަރުޠުތަކަކާ އެކުއެވެ.

(21 މެއި 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ގެރިބަކަރިއާއި ޖަމަލުގެ ނިޞާބުތައް:

  1. ޖަމަލުގެ ފުރަތަމަ ނިޞާބަކީ ފަހެކެވެ. އޭގެ ޒަކާތަށް ނެރުން ވާޖިބުވެގެންވަނީ ބަކަރިއެކެވެ. ދިހަ ޖަމަލު ހަމަވުމުން ދެބަކަރިއެވެ. ފަނަރަ ޖަމަލުން ތިން ބަކަރިއެވެ. ވިހި ޖަމަލުން ހަތަރު ބަކަރިއެވެ. މިބުނި ނިޞާބުތަކުގެ ޒަކާތަށް ނެރޭން ކަމުދާނީ އެއްއަހަރު ފުރިގެން ދެއަހަރަށް އަޅައިގެންފައިވާ ކަންބަޅި ބަކަރިއެވެ. ނުވަތަ ދެއަހަރުވެފައިވާ އާދައިގެ ބަކަރިއެވެ.

25 ޖަމަލު ހަމަވުމުން ވާޖިބުވަނީ އެއްއަހަރު ފުރިގެން ދެއަހަރަށްދާ އަންހެން ޖަމަލެއް ދިނުމެވެ. 36 ޖަމަލުން ދޭންވާނީ ދެއަހަރުވެފައިވާ އަންހެން ޖަމަލެކެވެ. 46 ޖަމަލުން ދޭންވާނީ ތިން އަހަރުވެފައިވާ އަންހެން ޖަމަލެކެވެ. 61 ޖަމަލުން ދޭންވާނީ ހަތަރު އަހަރުވެފައިވާ އަންހެން ޖަމަލެކެވެ. 70 ޖަމަލުން ދޭންވާނީ ތިންއަހަރު ވެފައިވާ އަންހެން ދެޖަމަލެވެ. 91 ޖަމަލުން ދޭންވާނީ ތިންއަހަރުވެފައިވާ އަންހެން ދެޖަމަލެވެ. 121 ޖަމަލުން ދޭންވާނީ ދެއަހަރުވެފައިވާ އަންހެން ތިންޖަމަލެވެ. މިއަށްވުރެ ގިނަވެއްޖެނަމަ ހުރި ކޮންމެ ސާޅީހަކުން ދެއަހަރުވެފައިވާ އަންހެން ޖަމަލެއް ކޮންމެ ފަންސާހަކުން ތިންއަހަރުވެފައިވާ އަންހެން ޖަމަލެއްގެ މަގުން ހަމަޖައްސަމުން ގެންދާނީއެވެ.

  1. ގެރީގެ ފުރަތަމަ ނިޞާބަކީ 30 ގެރިއެވެ. އެއިން ޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އެއްއަހަރު ފުރިގެން ދެއަހަރަށްދާ ފިރިހެން ގެރިއެކެވެ. އެޢުމުރުގެ އަންހެން ގެރިއެއް ދިނަސް ފުދެއެވެ. 40 ގެރީން ވާޖިބުވަނީ ދެއަހަރުފުރިގެން ތިންއަހަރަށްދާ އަންހެން ގެރިއެކެވެ. އެއްއަހަރުފުރިގެން ދެއަހަރަށްދާ ދެގެރި ދިނަސް ފުދެއެވެ. މިއަށްވުރެ އިތުރުވެއްޖެނަމަ، ކޮންމެ 30 އަކުން ދެއަހަރަށްދާ ގެރިއެއް ކޮންމެ ސާޅީހަކުން ތިންއަހަރަށްދާ ގެރިއެއް ދެމުން ގެންދާނީއެވެ.
  1. ބަކަރީގެ ފުރަތަމަ ނިޞާބަކީ ސާޅީހެވެ. އެއިން ވާޖިބުވަނީ ބަކަރިއެވެ. 121 ބަކަރީން ވާޖިބުވަނީ ދެބަކަރިއެވެ. 201 ބަކަރީން 3 ބަކަރިއެވެ. 400 އިން ހަތަރު ބަކަރިއެވެ. މިއަށްވުރެ ގިނަވެއްޖެނަމަ ކޮންމެ 100 އަކުން ބަކަރިއެއް އިތުރުކުރަމުންގެންދާނީއެވެ. މިއިން ކޮންމެ ނިޞާބަކުންމެ ޒަކާތަށްނެރުން ކަމުދަނީ އެއްއަހަރު ފުރިގެން ދެއަހަރަށްދާ ضأن އެކެވެ. ނުވަތަ ދެއަހަރުފުރިގެން ތިންއަހަރަށްދާ معـز އެކެވެ. ضأن އަކީ ކަންބަޅިއެކެވެ. معـز އަކީ އާދައިގެ ބަކަރިއެކެވެ.

އިތުރު ބަޔާނެއް:

ކުރީގައި ބަޔާންކުރެވުނު ނިޞާބުތަކުގެ ތެރެއިން ކޮންމެ ދެނިޞާބެއްގެ ދެމެދުގައިވާ ތަން އޮންނާނީ ޢަފޫކުރެވިފައެވެ. އެއިން ޒަކާތް ވާޖިބެއް ނޫނެވެ. ނަމަވެސް މިޙުކުމް ހިނގަނީ ހަމައެކަނި ގެރިބަކަރިއާއި ޖަމަލުގެ ޒަކާތުގައެވެ.

ރަންރިހީގެ ޒަކާތް:

ރަންރިހީގެ ތެރެއިން ސިއްކަޖެހިގެން ފައިސާއެއްގެ ގޮތުގައި ގެންގުޅެވޭ ތަކެތީންނާއި އެގޮތުގައި ނުގެންގުޅޭވޭ ތަކެތީން ޒަކާތްދިނުން ވާޖިބެވެ. ހުއްދަ ގޮތުގައި ގެންގުޅެވޭ ގަހަނާއިން ޒަކާތްދިނުން ވާޖިބެއް ނޫނެވެ.

ރަނާއި، ރިހި ނުވަތަ ރިއްސާއި އެހެން މަޢުދަނެއް އެއްކޮށްގެން ހަދާފައިވާ ފައިސާއިން ޒަކާތްދިނުން ވާޖިބުވާނި އޭގެހުރި ޚާލިޞް ރަނުގައި ނުވަތަ ޚާލިޞް ރިހީގައި ނިޞާބު ހަމަވުމުންނެވެ. އެފަދަ ތަކެތީން ޒަކާތަށްނެރުން ވާޖިބުގެންވާ މިންވަރު ހަމަކުރުމުގައިވެސް ބަލާންވާނީ އޭގައިވާ ޚާލިޞްރަން، ނުވަތަ ޚާލިޞްރިއްސެވެ. ރަންރިހި ނޫން އެހެން މަޢުދަނަކުން ޒަކާތްދިނުމެއް ނެތެވެ. އަލިމަސް ޔާޤޫތު ފަދަ އަގުހުރި ޖަވާހިރުންވެސް ޒަކާތްދިނުމެއް ނެތެވެ.

ރަންރިހީގެ ޒަކާތް ވާޖިބުވުމުގެ ޝަރުޠު:

ރަނުގެ ނިޞާބަކީ ވިހިމިޘްޤާލެވެ. އިނގިރޭސި ފައުނުން ނިޞާބު ހަމަވަނީ ބާރަފައުނާއި، ފައުނެއްގެ އަށްބައިކުޅަ އެއްބައިގެ ރަނުގައެވެ.

ރިހީގެ ނިޞާބަކީ 200 ދިރުހަމެވެ.

ރަނާއި ރިހީގެ ނިޞާބުހަމަވުމުން ޒަކާތަށް ނެރުން ވާޖިބުވެގެންވަނީ ދިހަބައިކުޅަ އެއްބައިގެ ހަތަރުބައިކުޅަ އެއްބައެވެ. އެއީ ސާޅީސް ބައިކުޅަ އެއްބައެވެ. ރަނުގެ ވިހި މިސްޤާލުން ނެރޭންވާނީ މިސްޤާލެއްގެ ދެބައިކުޅައެއްބައެވެ. ރިހީގެ 200 ދިރުހަމުން ނެރެންވާނީ 05 ދިރުހަމެވެ.

ނިޞާބަށްވުރެ ގިނަވެއްޖެނަމަ އެގިނަވީ ތަނެއްގެ ޒަކާތް ކުރީގައި ބުނެވިދިޔަ ނިސްބަތުން ނެރުންވާޖިބެވެ.

ގޮވާމާއި މޭވާގެ ޒަކާތް:

ގޮވާމުގެ ތެރެއިން ޒަކާތްވާޖިބުވަނީ ގޮދަން، ހިމަގޮދަން، ހަނޑޫ، މުގު، ޒުވާރި، ސަނާމުގު، ދުކުން، ބިންބި، އުރާ، ކުދިބަތް، އަދި މިނޫނަސް ބަޑުކޭމެއްގެ ގޮތުގައި ގެންގުޅޭވޭ އޮއްޓަރުންނެވެ. މޭވާގެތެރެއިން ޒަކާތްވާޖިބުވަނީ ހަމައެކަނި ދެބާވަތަކުންނެވެ. އެއީ ކަދުރާއި، މޭބިސްކަދުރެވެ. މިނޫން އެހެން އެއްވެސް މޭވާއަކުން ޒަކާތް ވާޖިބެއްނޫނެވެ.

ގަސްގަހުގައި އަޅާތަކެއްޗާއި، ބިމުގެތެރެއަށް ފައިބާ ކައްޓަލަ އަލުވި ފަދަ ތަކެތީގެ ތެރެއިން މިބުނި ބާވަތްތައް ނޫން އެހެން އެއްޗަކުން ޒަކާތް ދިނުމެއްނެތެވެ.

ގޮވާމުން ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް:

ގޮވާމުން ޒަކާތް ދިނުން ވާޖިބުވެގެންވަނީ އަންނަނިވި ޝަރުޠުތައް ހަމަވުމުންނެވެ.

  1. ގޮވާންކޮށްގެން ހެއްދި ތަކެތި ކަމުގައިވުން.
  2. ރައްކާކޮށްފައި ބެހެއްޓޭ އެއްޗެއް ކަމުގައިވުން.
  3. ނިޞާބުހަމަވުން.
  4. އޮއްޓަރު ހަރުވުން.

މޭވާއިން ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް:

މޭވާއިން ޒަކާތް ދިނުން ވާޖިބުވެގެންވަނީ އަންނަނިވި ޝަރުޠުތައް ހަމަވުމުންނެވެ.

  1. ނިޞާބުހަމަވުން.
  2. ދޮންވެފައްކާވުން.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮވާމާއި މޭވާގެ ނިޞާބު:

ގޮވާމާއި މޭވާގެ ނިޞާބު:

03 ޖޫން 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު