Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރިޝްވަތު ދިނުން

ތަނެއްގައި ރިޝްވަތު ޢާއްމުވުމަކީ އެތަނެއްގެ ހަލާކެވެ.

"ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާ އާއި އެދެމީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ."

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 11:19
ރިޝްވަތުގެ ސަބަބުން ތިމަންމެންނަށް ވަގުތީ ހައްލެއް، ފައިދާއެއް ލިބިދާނެ

ރިޝްވަތުގެ ސަބަބުން ތިމަންމެންނަށް ވަގުތީ ހައްލެއް، ފައިދާއެއް ލިބިދާނެ

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ވަރަށްގިނަ މުޖްތަމަޢު ތަކުގައި ވަނީ ރިޝްވަތުގެ ކަންތައް ޢާއްމުވެފައެވެ. އަދި ބައެއް މުޖްތަމަޢުތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތެއް ނުދީ އެއްވެސް ކަމެއް ނުކުރުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ތަރައްޤީވެފައިވާ ޤައުމުތަކޭ މިކިޔާ ޤައުމުތަކަށްވުރެ ތިންވަނަ ދުނިޔޭގެ ޤައުމުތަކޭ ކިޔާ ޤައުމުތަކުގައި ރިޝްވަރުގެ ކަންތައްބޮޑެވެ. ބައެއް ޤައުމުތަކުގައި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުންނަ އިދާރާ ތަކުގައި ވެސް ރިޝްވަތުގެ ކަންތައް ވަނީ ބޮޑުވެފައެވެ. ރިޝްވަތުގެ ސަބަބުން އެތަންތަނުގެ ޢަދުލުއިންސާފު ގެއްލި، އެތައްބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި، އެތައްބަޔަކަށް ޙައްޤު ނުވާ ތަކެއްޗާއި ކަންކަން އެބަޔަކު ރިޝްވަތު ދީގެން ކުރުވައެވެ. ނުވަތަ އަތުލައެވެ.

އެތައްބައެއްގެ ކަންތައްތައް އެތައްދުވަހަކަށް ލަސްވެ، އަނެއްބައެއްގެ ކަންތައްތައް ޤަވާޢިދާ ޚިލާފަށް އަވަސްވެ އަވަހަށް ނިމިގެންދެއެވެ. އަދި އެއްބަޔަކަށް ޙައްޤުވާ އެތައްކަމެއް އެމީހުންނަށް ނުލިބި އެކަންކަން ޙައްޤު ނުވާ ބަޔަކަށް އެކަންކަން ލިބިގެން ދެއެވެ. މިހުރިހާ ކަމަކީ ވެސް، އެޤައުމެއް ނުވަތަ މުޖްތަމަޢު ހަލާކުގެ ތެރެއަށް ވެއްޓުމަށް މެދުވެރިގެންދާ ކަންކަމެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އެމުޖްތަމަޢަކީ އިންސާނުންނަށް ދިރިއުޅެން އުނދަގޫ، ބިރުވެރި މުޖްތަމަޢަކަށް ވެގެންދެއެވެ.

ކޮންމެ މީހަކުމެ ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރި ވުމަށާއި، އަމާނަތްތެރިވުން އިސްލާމްދީނުގައި ވަނީ ވާޖިބު ކުރައްވާފައެވެ. އަމާނާތްތެރިކަން ރައްކާތެރި ކަމާއިއެކު ދެމެހެއްޓުމަށްޓަކައި، ޚިޔާނަތާއި މަކަރާއި ޙީލަތާއި ރިޝްވަތު ފަދަ ކަންތައްތައް ޙާރާމް ކުރައްވާފައިވެއެވެ. ރިޝްވަތަކީ"ތިމާއަށް ޙައްޤުނޫން ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ނުޙައްޤުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ދިނުމެވެ. ނުވަތަ ތިމާއަށް ލިބަފައިވާ ނުފޫޒާއި، ބާރުގެ ބޭނުން ކުރުމެވެ." ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ثوبان رضي الله عنهގެ އަރިހުން الإمام أحمد ރިވާ ކުރައްވައިފައިވާ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާ އާއި އެދެމީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ."

ﷲ އެމީހަކަށް ލަޢުނަތް ލެއްވުމުގެ މާނައަކީ ހުރިހާ ހެއުކަމަކާއި ރަނގަޅުކަމަކުން އެމީހަކު ދުރުކުރައްވައި މަޙުރޫމް ކުރެއްވުމެވެ. ابن عمر رضي الله عنهما ގެ އަރިހުން الإمام ابن جريرރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގެ މާނާގައިވަނީ: " ޙަރާމް ގޮތުގައި މުދާ ހޯދައިގެން އެތަކެތި ކައިގެން ހަށިގަނޑުގައި ޖަހާފައި ހުންނަ މަހަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ." މާނައަކީ އެފަދަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އަދިވެސް عمرو بن العاص رضي الله عنهގެ އަރިހުން الإمام أحمد ރިވާކުރެއްވި ހަދީޘްފުޅެއްގައި ވެއެވެ." އެއްވެސް ޤައުމެއްގައި ނުވަތަ މުޖްތަމަޢެއް ގައި ރިބާ އާއްމު ވެއްޖެ ނަމަ އެޤައުމަކަށް ތަދުމަޑުކަމެއް ނައިސް ނުދާނެއެވެ. އަދި އެއްވެސް ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ރިޝްވަތުގެ ކަންތައް ޢާއްމުވެއްޖެ ނަމަ އެޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ބިރުވެރިކަމާއި ކަންބޮޑުވުން ނު އުފެދި ނުދާނެއެވެ."

މިހެންވުމުން ރިޝްވަތުގެ ނުބައިކަން މިވަނީ ވަރަށް ހާމަ ބޮޑުކޮށް ފެންނާށެވެ. ރިޝްވަތުގެ ސަބަބުން ތިމަންމެންނަށް ވަގުތީ ހައްލެއް، ފައިދާއެއް، ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް ފަހުން އެކަމުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑެވެ. މިކަމަށް، ރިޝްވަތު ދޭމީހުންނާއި ރިޝްވަތު ހިފާ މީހުން ވިސްނަން ޖެހެއެވެ. ތިމާމެންގެ އިތުރުން ތިމާމެންގެ އަނބިދަރިން ނަރަކަޔަށް އެއްލާލެވެނީ ތިމަންމެންގެ އަތުންނެވެ. ޙަރާމް ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމަންމެންގެ ދަރިން ބަސް ނޭހުމާއި ވިޔާނުދާ ޢަމަލުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަނބިދަރިން ދެކެ ޙަޤީޤީ ލޯބިވާ އެއްވެސް މީހަކު އެފަދަކަމެއް ކުރާނެތޯއެވެ؟ ހަމަ އެފަދައިން ރަނަގަޅު ޞާލިޙު މީހުންގެ އަނބީން، އެބައިމީހުންގެ ފިރިން، ހެނދުނު ހެނދުނާ މަސައްކަތަށް ގެއިން ބޭރަށް ނިކުންނަ ހިނދު ބުނެތެވެ. ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި އަހަރަމެންނަށް ޙަރާމް ތަކެތި ކާން ނުދޭށެވެ. ފަހެ، އަހަރަމެންނަށް ބަނޑުހައި ކަމަށް ކެތްކުރެވި ދާނެއެވެ. އެކަމަކު ޙަރާމް އެއްޗެއް ބަލައި ނުގަނެވޭނެއެވެ." މިއާ ޚިލާފަށް ފިރިން ނުވަތަ އަނބިން މަސައްކަތަށް ނިކުންނަ ހިނދު ނުވަތަ އެކަށީގެން ނުވާ ޢަދަދެއްގެ ފައިސާއާއި، މުދާ ހިފައިގެން ގެޔަށް ވަނުމުން ނުވަތަ ގެންގުޅެން ފެށުމުން އެކަމާ މެދު ސުވާލު ނުކުރާ މީހުންނަކީ ހެޔޮ ލަފާ ޞާލިޙު މީހުންނަށް ވާނެބާއެވެ؟ ނުވަތަ ހަމަ އެއީ ޙާލާލު ތަކެތި ކަމަށް ބަލައި ގަންނަނީ ބާއެވެ؟ ތިމަތިމާމެން އަނގުރު އަލީފާން ކައި ބަނޑަށް ލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކުން އެއީ ރަނގަޅު ގޮތްތޯއެވެ؟

ނޯޓު: މަޢުލޫމާތު ނަގާފައި ވަނީ ޑރ. ޢަބްދުﷲ ޖަމީލު ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު