Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް

މިދިޔަ އަހަރު ލިބުނު އަގުގަ އެމިންވަރު މިއަހަރު ލިބޭނެ އެކައްޗެއްވެސް ނެތް: ރައީސް ނަޝީދު

24 މެއި 2018 | ބުރާސްފަތި 02:24

ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ހީނަރުކަން ތަޖުރިބާކުރަން ޖެހިފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 މެއި 2018 | ބުރާސްފަތި 02:24
ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ސަޕޯޓަރުންނާއި ވާހަކަ ދައްކަވަނީ

ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ސަޕޯޓަރުންނާއި ވާހަކަ ދައްކަވަނީ

ތަކެތީގެ އަގުތައް ބޮޑުވެ، މިދިޔަ އަހަރު ލިބުނު އަގުގަ، އެމިންވަރު މިއަހަރު ލިބޭނެ އެކައްޗެއްވެސް ނެތްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި ބުދަ ދުވަހުގެރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގެ ބައިވެރިންނާއި މުޚާޠަބުކުރައްވައި ވީޑިއޯގެ ޒަރީޢާއިން ކޮޅުނބުގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ރައީސް އަބްދުﷲ ޔާމީން ބޮޑު ޙަމަލާއެއް 2 ފަހަރު ދެއްވައިފިކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރާ ކޮންމެ ފަހަރަކު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވެ، ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ކުރާ އިތުބާރު އެތައް ގުނައަކުން ގެއްލިގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

'ޖަޒީރާ ރައީސް'ގެ ނަމުގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ހީނަރުކަން ތަޖުރިބާކުރަން ޖެހިފައިވާކަމަށެވެ. ޓޫރިޒަމްގެ ވިޔަފާރި ދަށްވުމުން އެއާއި ގުޅިފައިވާ އެހެން ވިޔަފާރިތައް ދަށްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ވިޔަފާރި ހީނަރުވާން ފަށައިފި. އިޤްތިޞާދީ ދުވެލި މާބޮޑުތަނުން މަދުވެއްޖެ. ތަކެތީގެ އަގު ދަނީ މައްޗަށް. މިދިޔަ އަހަރު ތިބޭފުޅުންނަށް ލިބުނު މިންވަރަށް، ލިބުނު އަގުގަ މިއަހަރު ލިބޭނެ ހަމައެކައްޗެއްވެސް ނެތް. ލޯޝަން ފުޅިއަކަސް، ޝޭމްޕޫ ފުޅިއަކަސް، ކޮލްގެޓް ފުޅިއަކަސް، ކުޑަކުދިންގެ ކާނާއަކަސް، ދަރިވަރުންގެ ފޮތް ފަންސޫރަކަސް، ޓޮޕަކަސް، ބެލްސަކަސް، މިއަދު މިދިޔަ އަހަރު ލިބުނު އަގުގަ ލިބޭނެ ހަމަ އެކައްޗެއްވެސް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ވާހަކަތަކުގެ ހަޤީގަތް ބައްލަވައިފިކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ކޮންޓްރެކްޓެއް ހައްދަވައި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ދެވުނު އެންމެ ފްލެޓެއްވެސް ނެތް ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުގައި 4125 ފްލެޓް ބިނާކުރުމުގެ ކޮންޓްރެކްޓްގައި ސޮއެކުރެވުނު އަޅުގަނޑުގެމެންގެ ސަރުކާރުގެ ޒަޢާމަތުގެ ދަށުގައި. އޭގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރު ބަދަލު ކުރެވުނުއިރު، ވައްޓާލެވުނު އިރު، 2187 ފްލެޓް ވަނީ ނިމި ހަވާލު ކުރެވިފައި. ހަތަރުހާސް ފްލެޓްގެ ތެރެއިން ހެއްދުން ހުއްޓާލާފައިވާތައް، އެއީ މަސައްކަތް ހުއްޓުވާލާފައިވާ (ޑރ ވަހީދުގެ ސަރުކާރުގަޔާއި ޔާމީންގެ ސަރުކާރުގައި) ފްލެޓްގެ އަދަދު އިންތިހާއަށް ގިނަ. ހާހަކަށްވުރެ ހަޤީގަތުގައި ގިނަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރައްވާފައިވާ ހަމައެކަނި ކަމަކީ ސަރުކާރުގެ ލޯނެއްގައި ހުޅުމާލޭގައި 7000 ފްލެޓް އަޅުއްވާނެކަމަށް ވިދާޅުވެ، ދާދި މިދާކަށްދުވަހު ބިންގަލެއް އެޅުއްވުންކަމަށެވެ. އަދި މީގެ އިތުރުން މިސަރުކާރުގެ 'ހިޔާ' މަޝްރޫޢުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އަޅާނެކަމަށް ބުނެ، އެކަން އިއުލާންކުރިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަޝަރޫޢަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އެފަދަ އިމާރާތްތަކެއް އަޅައި، ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭނެ ވިޔަފާރީގެ ޕްލޭނެއް އެކުންފުނުތަކުގައި ނެތްކަމަށާއި، އެކުންފުނިތަކުގައި ފައިސާވެސް ނެތްކަމަށެވެ. އަލަތު ކައިވެންޏާއިއެކު ފްލެޓް ލިބޭނެކަމަށް ޕީޕީއެމްއިން ވި ވައުދަށް ގޮންޖައްސަވައި ރައީސް ނަޝީދު ވިދާޅުވީ އަލަތު ކައިވެންޏާއިއެކު ވަންނާނެ ފްލެޓް ދެވުނީ ހަޤީގަތުގައި އެމްޑީޕީގެ ސަރުކާރަށްކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ރިޝްވަތުގެ ގޮތުގައިވެސް ދެނީ ހަމަ އެމްޑީޕީ ސަރުކާރުގައި އަޅާފައިވާ ފްލެޓްތައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެމަނިކުފާނަކީ ފްލެޓްތައް އެޅުއްވުމަށް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން 'ފްލެޓް ދޮންބެ'ގެ ނަމުން މަޝްހޫރުވި ބޭފުޅާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް