Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުައުނައި އެމެރީ

ޕީއެސްޖީގެ ކޯޗުގެ މަގާމު އެމެރީ ދޫކޮށްލަނީ

ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 އެޕްރީލު 2018 | ހޮނިހިރު 17:08
ޕީއެސްޖީގެ ކޯޗު އެމެރީ

ޕީއެސްޖީގެ ކޯޗު އެމެރީ

މި ސީޒަނަށް ފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކޯޗުގެ މަގާމު ދޫކޮށްލާނެ ކަމަށް އެ މަގާމުގައި މިވަގުތު ހުރި ސްޕެއިންގެ އުނައި އެމެރީ ބުނެފިއެވެ.

އުމުރުން 46 އަހަރުގެ ކޯޗު ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ވަނީ އެ މަގާމުން އަންނަ ސީޒަނުގައި ނުފެންނާނެކަން ކަށަވަރު ކޮށްދީފައެވެ. 2016 ވަނަ އަހަރުގެ ޖޫން މަހު އެ މަގާމައި ހަވާލުވި އެމެރީ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މި ސީޒަނަށް ފަހު އެ މަގާމުން ނުފެންނާނެކަން ކުޅުންތެރިންނަށް އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ ޓީމުގެ ރައީސާއި ކުޅުންތެރިންނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި މިއީ ކާމިޔާބު ދެ ސީޒަން ކަމުގައި ދެކޭ ކަމަށެވެ.

މި ސީޒަނުގެ ފްރެންޗް ލީގު އެމެރީ ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވާއިރު އޭނާއަށް ޗެމްޕިއަންސް ލީގު އެ ޓީމަށް ހޯދައިނުދެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މީގެކުރިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރީ ބުނީ އަންނަ ސީޒަނުގައި އޭނާ އެ ޓީމުން ފެންނާނެ ކަމާމެދު އަދިވެސް ގޮތެއް ނިންމިފައިނުވާ ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް މެނޭޖްމަންޓާއެކު އަދި ވާހަކަ ދެކެވިފައިނުވާ ކަމަށެވެ.

އެމެރީ ބުނީ ކްލަބް ވިސްނުން ބިނާކުރަން ޖެހޭނީ އެންމެ ފުރަތަމަ ފްރާންސްގައި ބާއްވާ މުބާރާތްތަކުން ކާމިޔާބު ހޯދަން ކަމަށާއި ޗެމްޕިއަންސް ލީގަކީ ކްލަބަކަށް ޔޫރަޕުގައި ލިބޭ އެންމެ ބޮޑު ފަހުރު ކަމަށެވެ. އެގޮތުން ޗެމްޕިއަންސް ލީގު ހޯދުމަށް ބޭނުންވާނަމަ ފްރާންސްގެ ފުޓްބޯޅައިގެ ތާރީހުން އެންމެ ފުރަތަމަ ޖާގަ ހޯދަން ޖެހޭ ކަމަށާއި އަންނަ ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވިގެންދާނެ ކަމަށެވެ.

ޖެހިޖެހިގެން ތިން އަހަރު ސްޕެއިންގެ ސެވިއްޔާއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރުމަށް ފަހު ޕީއެސްޖީގެ ކޯޗުގެ މަގާމާއި ހަވާލުވި އެމެރީ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑްގެ މަގާމާއެވެ. ހަމައެހެންމެ އޭނާގެ ބަދަލުގައި ޕީއެސްޖީގެ ކޯޗެއްގެ ގޮތުގައި އަންނަ ސީޒަނުގައި ފެނިގެންދާނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ސީޒަނުގައި އެމެރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ކުޅުންތެރިންނާއި އޭނާއާ ދެމެދު އުފެދުން މައްސަލަތަކެވެ. އެގޮތުން ދުނިޔޭގެ ރެކޯޑު ފީއަކަށް އެ ޓީމަށް ގެނައި ބްރެޒިލްގެ ތަރި ނޭމާއާ އެމެރީއާ ދެމެދު މައްސަލަ ޖެހުނު ކަމަށް މީޑީއާތަކުން ރިޕޯޓުކުރިއިރު އެމެރީ އެމަގާމު ދޫކޮށްލަން ނިންމީ ނޭމާގެ ނުފޫޒު ޓީމުގެ ތެރޭގައި ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

ޕީއެސްޖީގެ ކޯޗުންގެ ގޮތުގައި ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ޓީމަށް އެމެރީ 109 މެޗުގައި އިރުޝާދު ދީފައިވާއިރު އޭގެތެރެއިން 86 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 12 މެޗުން އެއްވަރުވިއިރު ބާކީ 11 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެމެރީ ވަނީ ޕީއެސްޖީއަށް ހަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ.

އެމެރީ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ ސެވިއްޔާ އަދި އަލްމޭރިއާ އާއި ވެލެންސިއާގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ވެސް އިރުޝާދުދީފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު