Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ!

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2018 | ބުރާސްފަތި 13:37
މާލެ ތޮއްޖެހިފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސް ޔާމީން (ވ) ވިދާޅުވީ \'ރަށްވެހި ތަރައްޤީ\' ފޮތް ނެރެދެއްވަމުން

މާލެ ތޮއްޖެހިފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށް ރައީސް ޔާމީން (ވ) ވިދާޅުވީ \'ރަށްވެހި ތަރައްޤީ\' ފޮތް ނެރެދެއްވަމުން

މާލެ ތޮއްޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމުން ބަޔަކު މީހުން ވަރަށް ކަންބޮޑުވެގެން އުޅެއެވެ. އެމަނިކުފާނަށް ރަތް މަހަކަށް ނުގޮވާ ވަރަށް މީހުން ސޯޝަލް މީޑިއާގައި އެއްޗެހިކިއެވެ. ރައީސް ޔާމީންގެ ސިކުނޑިފުޅާއި ލޯފުޅު ޓެސްޓްކުރަން މީހުން ގޮވިއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ދެއްކެވީ ތެދުވާހަކަފުޅެކެވެ.

ތެދުވާހަކަފުޅެކޭ މިދެންނެވީ އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ޤަބޫލުކުރެއްވީ ގޮތުގައި މާލެ ތޮއްނުޖެހޭ ވާހަކައެވެ. ކަމެއްގެ ދެކޮޅު ނުބައްލަވައި، ހަޤީގަތް ނުބައްލަވައި، ބޭނުންފުޅު ގޮތަކަށް ކަމެއް ޤަބޫލުކުރައްވައިގެން އުޅުއްވުމަކީ އަދި ވަކި ވާހަކައެކެވެ. ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވަނީ މޮޓޯ ކޭޑުގައި ވަރަށް ބާރު ސްޕީޑްގައި ހަތިޔާރު އެޅި ސިފައިންނާއިއެކުގައެވެ. އާއްމު ރައްޔިތަކަށް މަގުތަކުގެ ބާރު ބޮޑު ގަޑިއެއްގައި 15 މިނެޓުން ސައިކަލުގައި ދެވޭ ތަނަކަށް ރައީސް ޔާމީނަށް ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅުގައި ސްޕެޝަލް ފޯސަސް ސިފައިންނާއިއެކު 2 މިނެޓުން ދެވޭނެއެވެ. ނުވިތާކަށް އެވަޑައިގަންނަވާ ވަގުތޮކޮޅު މުދާ އުފުލާ ލޮރީއަކާއި ހެދި 5 ސިކުންތު ލަސްވިޔަސް، މުޅި އިޤްތިޞާދަށް އޭގެ އަސަރުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް މުދާ އުފުލާ ގަޑިތަކަށް ގެނެސްގެންވެސް ތަންތަނަށް ވަޑައިގަތުން އަވަސްކުރެއްވިދާނެއެވެ. އެހެންވީމާ މާލޭގެ މަގުތަކުތަކުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާނީ އެއްވެސް ވަރަކަށް ތޮއްޖެހިފައިނުވާ މަންޒަރެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ.

ރައީސް ޔާމީންއަކީ މީހުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތްފަހުން ހުކުރު ނަމާދަށް އާއްމުންދާ މިސްކިތަކަށް ރައީސް ޔާމީން ވަޑައިގަތްތަން ފެނިގެން އެވާހަކަ ދެއްކި މީހަކާއި ދިމަލެއް ނުވެއެވެ. ކެމްޕޭން ދުވަސްވަރުވެސް މާލޭގެ ގެތަކަށް މާބޮޑަށް ޒިޔާރަތްކުރައްވައި މީހުންގެ ހާލެއް ނުބައްލަވައެވެ. އެކަން ކުރެއްވީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްމެން ފަދަ ބޭބޭފުޅުންނެވެ. ރައީސް ޔާމީން ބައްދަލުކުރެއްވީ މާލޭގައި ބިން ހުރި، ބޮޑެތި އެޕާޓްމަންޓްތައް ހުރި މުއްސަނދި ވިޔަފާރިވެރިންނާއި ބިންވެރިންނާއެވެ. އެހެން ވީމާ، މާލޭގައި ރައްޔިތުން ދިރިއުޅޭ ޙާލެއް ރައީސް ޔާމީނަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ.

މާލޭގައި އާއްމުކޮށް މީހުން އެއްތަނަކަށް ޖަވާމާ ތަންތަނަކީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކެވެ. ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޕީޕީއެމްއިން އާއްމު ޖަލްސާއެއް ބާއްވާލިޔަސް އެތަންތަނަށް އެދަނީ އަބަދު ދާ މަދު އެއް ބަޔެކެވެ. ދެން އަބްދުއްރަހީމާއި ނިހާން ވަޑައިގެން ރައީސް ޔާމީން އަރިހު "މިތިބީ ހައްތަހާވެސް މަނިކުފާނުގެ ސަޕޯޓަރުންނޭ"، "މަނިކުފާނަށް ވަރަށް ތާޢީދު އެބައޮތޭ"، ދެންނެވީމާ ރައީސް ޔާމީނަށް ހީވާނީ އެތަނުގައި އެތިބީ މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑުބައެއް ކަމަށެވެ. މަޖުބޫރުކޮށްގެން ސަރުކާރު މުވައްޒަފުންނާއި އާއިލާތަށް ޖަލްސާތަކަށް ގެންދިޔައީމާ، ރައީސް ޔާމީނަށް ހީފުޅުވާނީ އެ ދެހާހެއްހާ މީހުންނަކީ މާލޭގެ އާބާދީގެ ބޮޑު ބައި ކަމަށެވެ. އެމަނިކުފާނަށް ބަޔަކު މީހުން ވިސްނައިދީފައި އޮންނަނީ އެހެންނެވެ. އެމަނިކުފާނަކީ ރިޔާސީ ގަނޑުވަރުން، ރައީސް އޮފީހަށް، އަދި ރައީސް އޮފީހުން އާރަށަށް ނޫން އެހެން މާގިނަ ތަންތަނަށް ދަތުރުކުރައްވާ ބޭފުޅަކަށް ނުވާތީ އެމަނިކުފާނަށް އެކަން އެނގިވަޑައިނުގެންފާނެއެވެ. މައްސަލައަކީ ކައިރީގައި ތިބެ އެމަނިކުފާނަށް އެހެން ވިސްނައިދޭ މީހުންނެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭނީ މާލެ ތޮއްނުޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެކެވެ.

ރައީސް ޔާމީނަށް މިމައްސަލައިގައި އެއްވެސް މީހަކު ކުޑައިމިސް ބަހެއް ބުނެގެންވާނެ ކަމަށް އަޅުގަނޑު ނުދެކެވެ. އެމަނިކުފާނު ވިދާޅުވީ ތެދުފުޅެކެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭ ގޮތުގައި މާލެ ތޮއްޖެހިގެންނެއް ބަޔަކު އުޅޭކަށް ނުޖެހެއެވެ.

މިކަމުން ދޭހަވެގެންދަނީ އެމަނިކުފާނަށް ރައްޔިތުން އުޅޭ ހާލު ނޭނގުން ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުމެން ފަދަ ބޭބޭފުޅުން ވިދާޅުވުމާއި، އަދި ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުތެރޭގައި މޮޔަ ސިފަ ޖެހިފައިވުން ކަމަށް މެމްބަރު އިމްތިޔާޒް ފަހުމީމެން ފަދަ ބޭބޭފުޅުން ވިދާޅުވުމަކީ އަދި މުޅިން ތަފާތު ވާހަކައެވެ. ވެރިކަމަށް ވަޑައިގަތްފަހުން މިއަދާއި ހަމަޔަށް އައި އިރު އާއްމު ރައްޔިތުންގެ މީހާގެ ހާލު ރައީސް ޔާމީން ނުބެއްލެވުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. ޝަކުވާއަކާއިގެން ބަޔަކު ބައްދަލުކުރައްވަން ބޭނުންފުޅު ވިޔަސް އެކަމަށް ރައީސް ޔާމީން ފުރުސަތު ނުދެއްވުމަކީ އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. މާލޭގެ ރައްޔިތުންނަށް ޚިދުމަތްދޭން އޮތް ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި، މާލޭގެ ދާއިމީ އަދި ވަގުތީ އާބާދީއަށް ދޭން ޖެހޭ ޚިދުމަތްތައް މެދުކަނޑުވާލުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ. މާލޭގެ ރައްޔިތުންގެ އަޑު އިއްވަން މަޖިލިސް މެމްބަރުންނަށް މަޖިލީހަށް ވަދެވެން އޮތް ދޮރުގައި ތަޅުއަޅުވާފައި ހުރުން އެއީ އަދި މުޅިން ތަފާތު ވާހަކައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު