Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަންޖޫ

ސަންޖޫގެ ޓީޒާ: ރަންބީރު ހީވަނީ ސަންޖޭހެން

މިފިލްމު ރިލީޒް ކުރާނީ އަންނަ ޖޫންގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 އެޕްރީލު 2018 | ބުދަ 08:31
ސަންޖޫގެ ޕޯސްޓަރ

ސަންޖޫގެ ޕޯސްޓަރ

ގިނަ ބަޔަކު އިންތިޒާރު ކުރާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު ސަންޖޫގެ ޓީޒާ އާންމު ކޮށްފިއެވެ.

ރާޖްކުމާރު ހިރާއޯ ޑައިރެކްޓް ކޮށްފައިވާ ސަންޖޫގެ ޓީޒާ އާންމު ކުރުމާއެކު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ސަންޖޭގެ ރޯލު ކުޅޭ ތަރި ރަންބީރު ކަޕޫރުގެ ސިފައާއެވެ.

އެދެމީހުން ވައްތަރުކަމުން ގިނަ ބަޔަކު ވަނީ ހައިރާން ކޮށްލާފައެވެ. ސަންޖޭ ދަތުގެ ބައޮޕިކްގައި ރަންބީރު ކުޅެނީ ސަންޖޭގެ ރޯލެވެ.

މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ. "ސަންޖޫ" ސިނަމާތަކަށް އަންނާނީ އަންނަ ޖޫންމަހުގެ 29 ގައެވެ.

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
26 ޖުލައި 2017

"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު

26 ޖުލައި 2017
"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު
06 ޖުލައި 2017

ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ

06 ޖުލައި 2017
ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ
01 ޖުލައި 2017

ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި

01 ޖުލައި 2017
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
16 މެއި 2017

"ސިމްރަން"ގެ ޓީޒާގައި ކަންގްނާގެ މޮޅު އެކްޓިން

16 މެއި 2017
"ސިމްރަން"ގެ ޓީޒާގައި ކަންގްނާގެ މޮޅު އެކްޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު