ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 23:35
ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު
ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
ގުޅިފައިވާ އިދިކޮޅު ޕާޓީތައް
ރައީސް ޔާމީން ހުންނެވީ ސިހި ސިހި އެކަނިވެފައި: މެންބަރު އަބްދުﷲ ޝާހިދު
އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތެއް ނުހުއްޓުވޭނެ
ރައްޔިރުން މަޑުން ތިބެގެން ނުވާނެ
ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ދައުލަތުގެ ފައިސާ ދަނީ ބޭކާރު ކުރަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވާދަކުރުމަށް ހުންނެވި ރައީސް އަބްދުﷲ ޔާމީން ކަމަށްވާ އިރު އެމަނިކުފާނު ހުންނެވީ ސިހި ސިހި އެކަނިވެފައި ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބޭއިންސާފައި އަނިޔާވެރިކަމާއި ހުދުމުހުތާރުވެރިކަމާއި ވައްކަމާ ފަސާދައިގެ ސަބަބުން މުޅި ގައުމު ބަނަކޮށްފައިވާ ކަމަށެވެ.

"މި އަނިޔާވެރި ވެރިމީހާ އަނިޔާވެރިކަމުގެ ކަސްތަޅުތައް ވަނީ އެޅިފައި. ޖަލުތައް ފުރިފައި އެހުރީ މަޖިލީހުގެ މެންބަރުންނާއި ޒުވާނުންތަކާ އެކު. ސުވާލެއް ކުރުމެއް ނެތި ބަލާލުމެއް ނެތި، ތަހުގީގެއް ޝަރީއަތެއް ކުރުމެއް ނެތި، އުފުރަމުން މުގުރަމުން އެދަނީ،"  ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުގެ އެތައް މުއައްސަސާތަކެއް ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ދައުލަތުގެ ފައިސާ ބޭކާރު ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންކަން ހިނގަމުންދާ ގޮތަށް އަލިއަޅުވާލާ ޝާހިދު ވިދާޅުވީ، ރައްޔިތުން ހޮވާފައިވާ މެންބަރުން ރައްޔިތުންގެ މަޖިލީހުން ގަދަކަމުން ބޭރުކޮށްފައިވާ ކަމަށެވެ.

ރައްޔިތުން ހޮވާފާއިވާ މަންދޫބުންނަށް ހިތަށް އެރިގޮތެއް ނުހެދޭނެ ކަމަށާއި ހައްގެއް ނެތި ބޭއިންސާފަށް ހުކުމްތައް ކުރިއަށް ގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިކަންކަން ހަނދާން ނައްތާލައި ވަކި ކޮށްފި ނަމަ އެވެވެނީ ގައުމަށް ހިޔާނަތް. އެންމެ ބޮޑު ހިޔާނަތް، އަމިއްލަ ނަފްސާއި ދަރިންނާއި މުޅި ޖީލަށާއި މިއީ ދިވެހި ފަސްގަނޑަށް ވެވޭ އެންމެ ބޮޑު ހިޔާނަތް،" ޝާހިދު ވިދާޅުވިއެވެ.

ތަގުދީރާއި ޒަމާން އެންމެންގެ ބޮލުގައި ވެސް ޒިންމާތަކެއް އަޅުވާފައިވާ ކަމަށާއި މިގައުމު ސަލާމަތް ކުރުމުގެ ޒިންމާ ހުރިހާ ފަރާތްތަކުގެ ބޮލުގައި ވެސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 "އިސްލާމީ އުސޫލަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ކަން ދަސްކޮށްދިނުމަށް ފަހު އިސްލާމްދީނަކީ ވައްކަން ކުރުމާއި އަނިޔާކުރުމާއި ފަސާދަ ނޫން ކަމާއި އެއީ ޓިނުވަގަށް ނެގުން ނޫން ކަމަށް ރައްޔިތުންނަށް ކިޔާދޭންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް