Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒުގެ މައްސަލަ ދަށު ކޯޓުން ނިންމާފައި ވަނީ މައުލޫ އިން ބޭރުން: ހައިކޯޓު

24 އެޕްރީލު 2018 | އަންގާރަ 13:48

ކްރިމިނަލް ކޯޓުން ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނި ނަމަވެސް، މައުލޫގެ ތެރެއިން ބަލާއިރު ފުށުއެރުމެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އެޕްރީލު 2018 | އަންގާރަ 13:48
އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ފަހު (ފައިލް ފޮޓޯ)

އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ފަހު (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެމައްސަލައިގެން މައުލޫ އިން ބޭރުން ކަމަށް އެމައްސަލައިގެ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފިއެވެ.

އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، ހައިކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހަށް އަބްދުﷲ ރިޔާޒު ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރި އެމައްސަލައިގެ ހުކުމްގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަބްދުﷲ ރިޔާޒުގެ ފޯނުތަކާއި ފޯނުތަކުގައިވާ ސިމްތަކާ އެކު އެ ފޯނުތަކުގައިވާ އެންމެހާ މައުލޫމާތުތައް ފުލުހުންގެ ތަހުގީގަށް ފޯރުކޮށްދިނުމަށް ނެރެފައިވާ އަމުރެއް ކަމަށާއި ނަމަވެސް ކޯޓުގެ އެ އަމުރަށް އަބްދުﷲ ރިޔާޒު ތަބާވެފައި ނުވާ ކަމަށެވެ.

ފޯނުގައިވާ މައުލޫމާތުތައް ހޯދުމަށް ފޯނުގެ ލޮކްކޯޑް ދިނުމަށް ފުލުހުން އެދުމުން އެކަމަށް ރިޔާޒު ދެކޮޅުހަދާފައިވާ ކަމަށާއި އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުން ކަމަށެވެ.

މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް އަބްދުﷲ ރިޔާޒު ހައްޔަރުކޮށް ގާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށް އަބްދުﷲ ރިޔާޒުގެ ފަރާތުންނާއި ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވީނަމަވެސް އެއީ މިމައްސަލައާ އެއްވެސް ގުޅުމެއް ނެތް, މައްސަލައިގެ މައުލޫ އިން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ކުރިމިނަލް ކޯޓުން ނިންމި މައްސަލާގައި އެ މައްސަލައާ ގުޅުން ހުރި ފުލުހުންގެ ހެކިބަސް ދިނުމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވާ ކަމަށާއި ހައި ކޯޓުން އެ މައްސަލަ އަލުން ބަލައި މުރާޖާ ކުރުމަށް ފަހު ބެލި ބެލުމުން ފުށު އެރުންތައް ހުރީ މައުލޫ އިން ބޭރުން ކޮށްފައިވާ ސުވާލުތަކުގައި ކަމަށެވެ. އަދި މައުލޫގެ ތެރޭގައި ކުރި ސުވާލުތަކުގައި ފުށު އެރުމެއް ނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. ކޯޓު އަމުރެއްގެ ދަށުން ރިޔާޒުގެ ފޯނު އަތުލައި ތަހުގީގު ހިންގާފައި ވަނީ، ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރާ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމު ކުރަމުންދާ މައްސަލައިގައެވެ. ކްރިމިނަލް ކޯޓުން ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށް، އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރިޔާޒުގެ މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ޝުޖާއު އުސްމާނެވެ. ދެން ހިމެނިވަޑައިގަންވާ ފަނޑިޔާރުންނަކީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުޣަނީ މުހައްމަދެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް