ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 12:48
ގއ.ދެއްވަދޫ
ގއ.ދެއްވަދޫ
ޕްލޭނިންގ
އަނިޔާކުރި މައްސަލަ
ބައްޕައަކު އަންހެން ދަރިއަކަށް އަނިޔާ ކުރި މައްސަލަ ފުލުހުން ބަލަނީ!
ފުލުހުން މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރޭ
ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ވީޑިއޯއެއް ވަނީ އާންމުވެފައި

ގއ. ދެއްވަދޫ މީހަކު އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ދެއްވަދޫގެ މީހަކު އޭނާގެ އަންހެން ދަރިފުޅާ ދިމާލަށް ހުތުރު ބަހުން މުއާމަލާތުކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

- ކޮމެންޓް