Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން ރަޝީދުގެ މަރު

ޔާމިން ރަޝީދުގެ ޝަރީއަތް ހުޅުވާލުމަށް ގޮވާލައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި

23 އެޕްރީލު 2018 | ހޯމަ 14:16

ޔާމިން ރަޝީދު މަރާލިތާ މިއަދަށް މިވީ 1 އަހަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 އެޕްރީލު 2018 | ހޯމަ 14:16
ހިނގާލުން މަޖީދީމަގުން ހުއްޓުވާފައި

ހިނގާލުން މަޖީދީމަގުން ހުއްޓުވާފައި

އަނިޔާވެރި ލާއިންސާނީ އަނިޔާތަކެއްދީ މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދުގެ ޝަރީއަތް ސިއްރު ނުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފިއެވެ.

ޔާމިންގެ އާއިލާ އާއި ރައްޓެހިން އަދި ބައެއް ޖަމްއިއްޔާތަކުން އިސްނަގައިގެން ބާއްވަން އުޅުނު މިހިނގާލުން ފެށީ ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުންނެވެ. ޝަރީއަތް ހުޅުވާލުމަށް ގޮވާލާ ބެނާއަކާއި އެކަމަށް ހިތްވަރުދޭ ބޯޑުތަކާ އެކު ފެށި މިހިނގާލުމުގެ ބައިވެރިންނަށް ކުރިއަށް ދެވޭވަރުވީ މަޖީދީމަގުން މާވެޔޮމަގު ކަންމައްޗާ ހަމައަށެވެ. އެހިސާބުން ފުލުހުން އެސަރަހައްދަށް ޖަމާވެ ހިނގާލުމުގެ ބައިވެރިން ހުއްޓުވިއެވެ. އަދި ހިނގާލުމުގެ ބައިވެރިންގެ ތެރެއިން އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއީލް ނަސީމާއި އޭނާގެ މަންމަ ހައްޔަރުކޮށްގެން ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ އެ ދެމީހުން ވެސް ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ބައިވެރިވި މިހިނގާލުމަށް ފުލުހުން ހުރަސްއަޅައި ރޫޅަލުމުން އެފަރާތްތައް ވަނީ އެކި މަގުތަކުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި އަޑު އުފުލާފައެވެ.

އެތަނުގައި ބައެއް ފަރާތްތަކުން ވާހަކަ ދެއްކިއިރު މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ޔާމިން ރަޝީދުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ސިއްރު ކުރުމުން އިންސާފް ލިބިދާނެ ކަމާ މެދު ޝައްކު ކުރެވޭ ކަމަށެވެ. މީގެ އިތުރުން ޤާނޫނު އަސާސީގައި ވެސް ވަނީ އެފަދަ ޝަރީއަތްތައް ހުޅުވައިލައިގެން ބޭއްވުމަށް ކަމަށެވެ.

މިހަރަކާތް ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހި ފަހުންނެވެ. އަދި ޔާމިންއަށް އިންސާފް ހޯދުމަށް ގޮވާލުމަށާއި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ބާއްވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔާމިން ރަޝީދުގެ މަރާ ގުޅިގެން 7 މީހަކު މިވަގުތު ވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އެފަރާތްތަކަކީ ފޮޓޯ އާއި އެމީހުންގެ ވަނަވަރު ޢާއްމުކޮށް އެމީހުން ބައިވެރިވެފައިވާ މިންވަރު ފުލުހުން ހާމަކޮށްފައިވާ ބައެކެވެ. ޔާމިންގެ އާއިލާގެ އިތުރުން ދައުވާ ރައްދުވާ ފަރާތްތައް ވެސް ބޭނުންވަނީ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތް ސިއްރުކުރަނީ ދައުލަތުން އެދިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް