Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އެމްޑީޕީ ފިޔަވައި، އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމައިފި

23 އެޕްރީލު 2018 | ހޯމަ 12:53

4 ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 އެޕްރީލު 2018 | ހޯމަ 12:53
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ސިޔާސީ ޕާޓީތަކަށް ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހޭ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ސިޔާސީ ޕާޓީތަކަށް ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހޭ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ، އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ދިނުމަށް ނިންމައި، ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރަޖިްސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ހަތަރު ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައި ވެއެވެ. އެ ޕާޓީއަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) އާއި، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލެޔަންސް (އެމްޑީއޭ)ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 10،000 މެމްބަރުން ހަމަވި ނަމަވެސް، ޕާޓީތަކަށް ފައިސާ ދޫކުރާނީ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައިވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ. އިލްކެޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ފިނޭންސްއަށް ފޮނުވާފައި ނުވަނީ އެ ޕާޓީން އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައި ނުވަތީ ކަމަށެވެ.

އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅަން އޮންނަ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ 8 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެމްޑީޕީން ވެސް އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅައިފި ކަމުގައި ވާ ނަމަ އެ ޕާޓީއަށް ވެސް ފައިސާ ދޫކުރުމަށް ފޮނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ދޫކުރާއިރު، ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ. މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕީޕީއެމް އަށެވެ. އެ ޕާޓީއަށް 11.5 މިލިއަން ރުފިޔާ ލިބެއެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ 7.5 މިލިއަން ރުފިޔާ ލިބޭއިރު، ޖުމްހޫރީ ޕާޓީއަށް ލިބެނީ 2.6 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2.7 ރުފިޔާއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް