Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަދޫރީއާއި އަނިލް

އަށާރަ އަހަރު ފަހުން މަދޫރީއާއި އަނިލް އެކީގައި

17 އެޕްރީލު 2018 | އަންގާރަ 08:06

އަނިލްއާއި މަދޫރީ ގިނަ ދުވަސްތަކަކަށް ފަހު އެކީގައި ފެންނާނީ ޓޯޓަލް ދަމާލްއިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އެޕްރީލު 2018 | އަންގާރަ 08:06
އަނިލް(ކ) އާއި އިންދްރާ(މ) އާއި މަދޫރީ

އަނިލް(ކ) އާއި އިންދްރާ(މ) އާއި މަދޫރީ | ޓްވިޓަރ

އަށާރަ އަހަރު ފަހުން މަދޫރީ ޑިކްސިޓް އާއި އަނިލް ކަޕޫރު އެއް ފިލްމެއްގައި މަސައްކަތް ކުރަން ފަށައިފިއެވެ.

އަނިލް އާއި މަދޫރީ އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2000 ވަނަ އަހަރު ނިކުތް ޕުކާރް އެވެ. އަނިލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މަދޫރީ އާއި އެކީގައި ފިލްމަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށާއި މިހާރު އެ ފިލްމުގެ ޝޫޓިން ފަށާފައިވާ ކަމަށެވެ.

އަނިލް އާއި މަދޫރީ ގިނަ ދުވަސްތަކަކަށް ފަހު އެކީގައި ފެންނާނީ ޓޯޓަލް ދަމާލް ކިޔާ ފިލްމަކުންނެވެ. އެއީ ކޮމެޑީ ފިލްމެކެވެ. އަނިލް ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ މަދޫރީ އާއެކު ފިލްމު ނުކުޅޭތާ ގިނަ ދުވަސްވީކަމުގައި ވިއަސް އޭނާ އާއި މަދޫރީއާ ދެމީހުންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށެވެ.

ޓޯޓަލް ދަމާލް ޑައިރެކްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރ އިންދްރާ ކުމާރެވެ. މި ފިލްމްގެ ޝޫޓިންގެ ފުރަތަމަ ޝޮޓް ޝަރަފުވެރިކޮށް ދިނީ އިންދަރްއާ އެކު ދިލް ގައި މަސައްކަތްކޮށްފައިވާ އަދި މަޝްހޫރު ޑައިރެކްޓަރ އާމިރް ހާނެވެ.

އިންދްރާ ވެސް ވަނީ މި ފިލްމާއި ބެހޭގޮތުން ޓްވީޓު ކޮށްފައެވެ. އިންދްރާ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ އޭނާގެ "ފޭވަރިޓް" ދެ ތަރިންކަމަށްވާ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް އެކީގައި ފެނުންއެއީ އޭނާ ވަރަށް ލޯބި ކުރާ ކަމެއް ކަމަށެވެ. އަދި އެ ދެ މީހުންނާއި އެކީ އަނެއްކާ ވެސް އެހާ ދުވަސްތަކަކަށް ފަހު މަސއްކަތް ކުރަން ލިބުން އެއީ ވަރަށްބޮޑު އުފަލެއް ކަމަށް އިންދްރާގެ ޓްވީޓުގައި ވަނީ ބުނެފައެވެ. މި ފިލްމު ގެނެސްދިނުމުގެ ކުރިން އިންދްރާ ވަނީ މީގެ ކުރިން މި ތަރިން އެއްކޮށް ފެނިގެންދިޔަ ފިލްމު ބޭޓާ ޑައިރެކްޓުކޮށްފަ އެވެ. އެހެންކަމުން ޓޯޓަލް ދަމާލް ވެގެންދާނީ އިންދްރާގެ ފިލްމަކުން މި ދެ ތަރިން 26 އަހަރު ފަހުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

އިންދްރާގެ ޓްވީޓަށް ރީޓްވީޓު ކުރަމުން މަދޫރީ ބުނެފައިވަނީ އަނިލް އާއި އިންދްރާއެކީގައި މަސައްކަތް ކުރުން އެއީ "ހީ ހީ ހަލާކުވާނެ" ފަދަ ކަމެއް ކަމަށެވެ. އެދެމީހުންގެ މިޖާޒަށް ކުޑަވެސް ބަދަލެއް ނާންނަކަމަށް މަދޫރީ ވަނީ ބުނެފައެވެ.

ޓޯޓަލް ދަމާލަކީ މީގެ ކުރިން ގެނެސްދިން ދަމާލް ފްރަންޗައިޒްގެ ތިންވަނަ ފިލްމެވެ. ޓޯޓަލް ދަމާލުން އަނިލް އާއި މަދޫރީގެ އިތުރުން އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ އަދި ޖާވީދު ޖެފްރީ ފެނިގެންދާނެއެވެ.

ޓޯޓަލް ދަމާލް އަކީ 2014 ގައި ރިލީޒް ކުރި ގުލާބް ގޭންގްއަށް ފަހު މަދޫރީ ކުޅޭ ފުރަތަމަ ފިލްމެވެ.

ސިނަމާތަކުގައި މި ފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު 7 ފެށިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް