Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކްލޯއީ ކާޑޭޝިއަން

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

ކްލޯއީ ވަނީ އޭޕްރިލް 12ގައި އަންހެން ކުއްޖެއް ވިހާފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 14 އެޕްރީލު 2018 | ހޮނިހިރު 16:59
ކްލޯއީ ކާޑޭޝިއަންއާއި މަންމަ ކްރިސް ޖެނަރ

ކްލޯއީ ކާޑޭޝިއަންއާއި މަންމަ ކްރިސް ޖެނަރ

ނިމިގެން ދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި، ކްލޯއީ ކާޑޭޝިއަން ވަނީ އަންހެން ކުއްޖަކަށް މަރުހަބާ ކިޔާފައެވެ.

ފުރަތަމަ ދަރިފުޅަށް ކްލޯއީ މަރުހަބާ ކީ އިރު، އޭގެ އެއް ދުވަސް ކުރިން އޭނާގެ ދިރިއުޅުން ވަނީ އެއްކޮޅުން އަނެއްކޮޅަށް ޖެހިފައެވެ.

ދަރިފުޅުގެ އިންތިޒާރުގައި ކްލޯއީ ކްލީވްލޭންޑްގައި ހުރިއިރު، ދަރިފުޅުގެ ބައްޕަ، ކްލީވްލެންޑަށް ކުޅޭ ޓްރިސްޓަން ތޮމްޕްސަން ކުރި ބައެއް 'ވިޔާނުދާ' ކަންތައްތަކެއް މީޑިއާގެ ޒަރިއްޔާއިން ވަނީ ހާމަވެފައެވެ.

ނިއު ޔޯކްގައި ހުރި ޓްރިސްޓަން އަންހެނެއް ގޮވައިގެން އޭނާގެ ހޮޓަލަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އޭގެ މާ ގިނައިރުތަކެއް ނުވަނީސް ޓީއެމްޒީން ވަނީ މިފަދަ އެހެން ވާހަކައެއް ރިޕޯޓް ކޮށްފައެވެ. ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ކްލޯއީގެ ބަންޑަށް އެންމެ ތިން މަހުގައި، ޓްރިސްޓަން ދެ އަންހެނުންނާއެކު 'ހުކާ ލައުންޖެއް'ގައި ފެންނަ ވީޑިއޯ އެއް ޓީއެމްޒީން ވަނީ އާންމުކޮށްފައެވެ.

މި ވާހަކަ ފެތުރުނުތާ މާ ގިނަ އިރުތަކެއް ނުވެ، އާއިލާގެ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބެނީސް، ކްލޯއީ ބަނޑުގައި ރިއްސާ ވިހަންވެއްދި ވާހަކަ އިވުނެވެ. އަދި ލޮސް އެންޖެލެސްގައި ދިރިއުޅޭ އާއިލާގެ ގިނަ ފަރާތްތައް ކްލީވްލޭންޑަށް ފުރިއެވެ. ދެން ކްލޯއީ ވިހޭ ވާހަކަ އަޑު އިވުނެވެ. ވިހޭ ގަޑީގައި މަންމަ ކްރިސް ޖެނަރ އާއި ދައްތަތައް ކޯޓްނީއާއި ކިމް ކާޑޭޝިއަން ތިއްބެވެ. އަދި ދަރިފުޅުގެ ބައްޕަ ވެސް ހުއްޓެވެ.

ދެން މިހާރު މިކަމާ ގުޅޭ ގޮތުން އެކި ވާހަކަތައް މީޑިއާގައި ވަނީ ފެތުރިފައެވެ. ކްލޯއީގެ ގިނަ ފޭނުންތައް ދަނީ ޓްރިސްޓަންގެ އިންސްޓްގްރާމް ފޮޓޯތަކުގައި އެއްޗެހި ކިޔަމުން ކޮމެންޓް ކުރަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ކްލޯއީ ވަނީ ޓްރިސްޓަންއަށް މާފުކޮށްފައެވެ. އަނެއްބައި ރިޕޯޓްތަކުގައި ބުނަނީ ކްލޯއީ ބޭނުންވަނީ ދަރިފުޅުގެ 'ސޯލް ކަސްޓަޑީ' ހޯދައިގެން އަނބުރާ އެލްއޭއަށް ދާށެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ މިއީ މަންމަ ކްރިސްގެ 'ޕްލޭން'އެއް ކަމާ ބުނާ ވާހަކަތަކެވެ. ސަބަބަކީ ދުވަސް ވަރަކީ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ޝޫޓިންހ ކުރިއަށްދާ ދުވަސް ވަރެވެ. ކްރިސް ޖެނަރއަކީ ހޮލީވުޑްގައި އެންމެ ނުފޫޒް ގަދަ މީހުންގެ ތެރޭގައި މިހާރު ހިމެނޭ ފަރާތްތަކެވެ. ޓީއެމްޒީއަށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު ވީޑިއޯއެއް މިހާތަނަށް ރިލީޒް ނުކޮށް ހުރި ސަބަބަކާ މެދު ގިނަ ފަރާތްތަކެއް ދަނީ ސުވާލު ކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކްރިސް ވަނީ ޓީއެމްޒީގެ ހާވީ ލެވިންއާ "ޑީލް"އެއް ހަދާފައެވެ.

ދަރިންގެ ދިރިއުޅުމުގައި ދިމާވާ މިފަދަ ގިނަ ކަންތައްތަކުގައި ކްރިސް ކުށްވެރި ކުރެއެވެ. ކިމް ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކްރިސް ހަމްފްރީސްއާ ކައިވެނިކޮށް، 72 ދުވަސް ތެރޭ ވަރިވުމުން ވެސް މީހުން ކީ އެއީ ކްރިސްގެ ޕްލޭނެކޭއެވެ. ކުރީގެ ފިރިމީހާ، ބްރޫސް ޖެނަރގެ ދިރިއުޅުމަށް އައި ބަދަލުތަކުގައި ވެސް ގިނަ ފަރާތްތަކެއް ކުށްވެރި ކުރީ އޭނައެވެ.

މިއީ ކްރިސްގެ ރޭވުމަކަށް ވިއަސް ނުވިއަސް، މިކަމުގެ ވާހަކަ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން'ގެ އަންނަ ސީޒަންގައި ހާމަވެގެން ދާނެ ކަމުގެ ޝައްކެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ

އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ

20 އޮކްޓޯބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު