Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔުރޮޕާ ލީގު

ޔުރޮޕާ ލީގު: ސެމީގައި އާސެނަލް އަދި އެޓްލެޓިކޯ

13 އެޕްރީލު 2018 | ހުކުރު 14:44

އާސެނަލްއާ ދެކޮޅަށް ނުކުންނާނީ އެޓްލެޓިކޯ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 އެޕްރީލު 2018 | ހުކުރު 14:44
ޔުއެފާ ޔުރޮޕާ ލީގުގެ ސެމީގައި ވާދަކުރާ ޓީމުތައް

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީގައި ވާދަކުރާ ޓީމުތައް

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ އާސެނަލް އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެއެވެ.

ސްވިޓްޒަލޭންޑުގެ ނިޔޯންގައި ހުންނަ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާގެ ހެޑްކުއާޓަރ ގައި ކުރިޔަށްދިޔަ ސެމީ ފައިނަލުގެ ޑްރޯގައި އާސެނަލްއަށް ލައްވާލާފައިވަނީ އެޓްލެޓިކޯއެވެ. ހަމައެހެންމެ 2003 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ ކްލަބް ފުޓްބޯޅަ މުބާރާތެއްގެ ސެމީއިން ޖާގަ ހޯދި މާސޭ ކުޅެން ޖެހޭނީ އޮސްޓްރިއާގެ އެފްސީ ރެޑްބުލް ސަލްޒަބާގްއާ ދެކޮޅަށެވެ.

އާސެނަލް ސެމީއަށް ދަތުރުކުރީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ބަލިކޮށްގެންނެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 4-1 އިން އެ ޓީމު ކާމިޔާބުކުރިއިރު ސީއެސްކޭއޭ މޮސްކޯގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އެޓްލެޓިކޯ ސެމީގެ ޖާގައެއް ކަށަވަރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ބަލިކޮށްގެންނެވެ. ފުރަތަމަ ލެގު 2-0 އިން އަމިއްލަ ދަނޑުގައި އެޓްލެޓިކޯ ކާމިޔާބުކުރިއިރު ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އެ ޓީމު ވަނީ 1-0 އިން ބަލިވެފައެވެ.

މާސޭ ސެމީއަށް ދަތުރުކުރީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ އާރްބީ ލީޕްޒީގް ބަލިކޮށްގެންނެވެ. ލީޕްޒީގްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން އެ ޓީމު ކާމިޔާބުކުރި ނަމަވެސް މާސޭއިން ވަނީ ދެވަނަ ލެގުގެ މެޗުގައި 5-2 އިން ލީޕްޒީގް ބަލިކޮށްފައެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒަބާގް ސެމީގެ ޖާގައެއް ހޯދީ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ލާޒިއޯ ބަލިކޮށްގެންނެވެ. މި ދެ ޓީމު ލާޒިއޯގެ ދަނޑުގައި ކުޅުނު ފުރަތަމ ލެގު 4-2 އިން ލާޒިއޯ ކާމިޔާބުކުރިއިރު ސަލްޒަބާގުން ވަނީ 4-1 އިން ދެވަނަ ލެގު ކާމިޔާބުކޮށްފައެވެ.

ސެމީ ފައިނަލުގެ ފުރަތަމ ލެގުތައް މި މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ ތިންވަނަ ދުވަހުއެވެ. ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި އާސެނަލް ކުޅޭއިރު މާސޭ ވެސް ފުރަތަމަ ލެގު ކުޅޭނީ އަމިއްލަ ދަނޑުގައެވެ. ޔުރޮޕާ ލީގުގެ ފައިނަލް ކުޅޭނީ އަންނަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް