Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޯދަ މަހު ސްކޫލްތައް

ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ހެނދުނު 9 އިން ހަވީރު 3 އަށް

10 އެޕްރީލު 2018 | އަންގާރަ 01:44

ހެނދުނުގެ ދަންފަޅި ފަށާނީ 8:40 އާއި 9:00 އާ ދެމެދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 އެޕްރީލު 2018 | އަންގާރަ 01:44
ދިރާސީ އާ އަހަރު ހުޅުވި ދުވަހު ސްކޫލެއްގެ އެސެމްބްލީ ބާއްވަނީ

ދިރާސީ އާ އަހަރު ހުޅުވި ދުވަހު ސްކޫލެއްގެ އެސެމްބްލީ ބާއްވަނީ

މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ،

އެމިނިސްޓްރީން ނެރުނު ސާރކިއުލާއެއްގައި ބުނެފައިވަނީ ރޯދަ މަހު ކިޔަވައި ދިނުމުގެ ވަގުތު ހަމަޖައްސަން ވާނީ މެންދުރު ފަހު 3:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިމޭ ގޮތަށް ކަމުގައެވެ.

Advertisement - newsAdvertisement

ރޯދަ މަހު ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ފަށާނީ 8:40 އާއި 9:00 އާ ދެމެދު އެވެ. އަދި މެންދުރުގެ ދަންފަޅީގައި ކިޔަވައިދޭނީ 11:30 އިން މެންދުރު 1:00 އަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާރކިއުލާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ހަމަޖެއްސުމަށް އަންގާފައިވާއިރު ގްރޭޑް 1 ން 7 އަށް ދެ ގަޑިއިރާއި 30 މިނިޓަށް ކިޔެވުން ކުރިއަށް ގެންދިއުމަށްވަނީ އަންގާފައެވެ. އަދި ގްރޭޑް 8 ން 10 އަށް ކިޔެވުން ތިން ގަޑިއިރަށް ކުރިއަށް ގެންދިޔަ ނަމަވެސް ގްރޭޑް 11 އަދި 12 އަށް ހަތަރު ގަޑިއިރު ހަމަޖެއްސުމަށްވެސް އެޑިއުކޭޝަންގެ ސާރކިއުލާގައިވަނީ ބުނެފައެވެ. މިއަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދިރާސީ އަހަރު ފެށިއިރު، ރާއްޖޭގެ ސްކޫލުތަކުގައި 81،000 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ޖުމުލަ 226 ސްކޫލް ހުރިއިރު، މި އަހަރު ޕްރީ ސްކޫލުގައި 7600 ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި ގްރޭޑް އެކަކުން މި އަހަރަށް 7682 ދަރިވަރުން ނަށް ފުރުސަތު ދިން ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް