Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކިޑްނީ ހަދިޔާ ކުރުން

ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

8 އެޕްރީލު 2018 | އާދީއްތަ 10:38

މިހާތަނަށް 90 ހާހަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 8 އެޕްރީލު 2018 | އާދީއްތަ 10:38
ޒުވާންނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ

ޒުވާންނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ

އޭނާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާތާ ތިން މަސްވެއްޖެއެވެ. ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއީ ތުއްތު ދެ ދަރިންގެ މަންމަ އެވެ. ކިޑްނީއަކަށް އެދި ތަހަންމަލް ދިރިއުޅުމެއް ބަރުދާސްކުރަމުން އެ ދަނީ އުމުރުން 31 އަހަރުގެ ލ. ގަން، ފާތުމަތު ބަރިއްޔާއެވެ. ބަރިއްޔާ އާއި އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ އެވެ. ކިޑްނީ އޮޕަރޭޝަން އާސަންދައިން ކުރި ނަމަވެސް، ހަދިޔާ ކުރާ ކިޑްނީއަކީ ބަރިއްޔާއާ ގުޅޭތޯ ޓެސްޓު ކުރުމަށް އެހާމެ ގިނަ ފައިސާ ހަރަދުވާނެއެވެ. ހާއްސަކޮށް އޮޕަރޭޝަން ކުރުމަށް މަދުވެގެން ހަ މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނަން ޖެހޭނެއެވެ. ކެއުމާއި ހުރުން ފަދަ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ. ބަރިއްޔާއަށް އެހީތެރިވުމަށް ބަރިއްޔާގެ އުފަން ރަށްކަމަށް ލ. ގަމުގެ ޒުވާނުން ވަނީ ނަމޫނާ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ބަރިއްޔާގެ ފަރުވާއަށް ފައިސާ އެއްކުރުމަށް ހިންގި ހަރަކާތުން މިހާތަނަށް 90 ހާހަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފައެވެ.

އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަފްސަލް ޖައުފަރު "ރާއްޖެއެމްވީ"އަށް ބުނީ ބަރިއްޔާގެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވެފައިވުމުން، މަތިމަރަދޫގެ ޒުވާނުންގެ މެދުގައި އޭނާއަށް އެހީތެރިވުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން މަޝްވަރާ ކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަރަކާތަށް އިތުރު ހިތްވަރަކަށްވީ ތުނޑީ އަވަށު ޒުވާން އަންހެނުންގެ ފަރާތުން ލިބުނު އެއްބާރުލުން ކަމަށާއި، އެ ހިތްވަރާ އެކު ގަން ފޮނަދޫގައި ހަރަކާތް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ބަރިއްޔާ" ފަންޑް ރައިސިން އިވެންޓް

" ހަރަކާތް ކުރިއަށް ގެންދިޔައީ ދެ ދުވަހަށް، ހަފްތާއެއް ކުރިން ހުކުރު އަދި ހޮނިހިރު ދުވަހުގައި އިވެންޓް ކުރިއަށް ގެންދަން ވަނީ ނިންމާފަ، ގިނަ ޒުވާނުންގެ ފަރާތުން އަމަލީ ގޮތުން އެއްބާރުލުން ލިބުނު، އިވެންޓް ކާމިޔާބް ކަމާއެކު ކުރިއަށް ގޮންގޮސް، ދިވެހި ރުފިޔާ 96103 ރުފިޔާ އާއި، 117 ޔޫއެސް ޑޮލަރު ވަނީ ލިބިފައި. މިހާރު މި ފައިސާ ވަނީ ބަރިއްޔާއަށް ހަވާލުކޮށްފައި،" ހަރާކާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަފްސަލް ބުންޏެއެވެ.

ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ބަރިއްޔާ" ފަންޑް ރައިސިން އިވެންޓް

ޒުވާންނުން އިސްނަގައިގެން "ހެލްޕް ބަރިއްޔާ" ނަމުގައި ފަންޑް ރައިސިން އިވެންޓް ކުރިއަށް ގެންދިޔައީ "ދޮރުން ދޮރަށް" ގޮހެވެ. ފަންޑް ފޮއްޓާ އެކު އެ ޒުވާނުން ގަން ފޮނަދޫގެ ހުރިހާ ގެއަކަށް ކަހަލަ ގޮތަކަށް ދިޔައެވެ. ބަރިއްޔާގެ ބަލީގެ ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރު ދީފައިވާ ލިޔެކިޔުންތަކާ އެކުގައެވެ. އެކަމާ ގުޅޭގޮތުން މީހަކު ސުވާލެއް ކޮށްފިނަމަ އެޒުވާނުން ދިޔައީ ބަލީގެ ހާލަތު ޑޮކްޓަރުންގެ ލިޔެކިޔުންތަކުން ދެއްކުމަށް ފަހު ބަރިއްޔާގެ ހާލަތު ކިޔާދެމުންނެވެ. މީއީ ހަގީގަތުގައި ވެސް އަގު ނުކުރެވޭނެ ބުރަ މަސައްކަތެކެވެ.

" މި ހަރަކާރުގައި ގާތްގަޑަކަށް 40 އަކަށް ޒުވާނުން ބައިވެރިވި، ގަމު ތުނޑީ ބައެއް ޒުވާނުން ވެސް ބައިވެރި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަރަކާތް ކުރިއަށް ގެންދަން މި ދަނީ ރާވަމުން، " އަފްސަލް ބުންޏެވެ.

ފައިސާ ހަވާލުކުރުމަށް ފަހު، ބަރިއްޔާއާއި އެކު ބައެއް ޒުވާނުން

އެޒުވާނުން އެދެނީ ދެ ކުދިންގެ މި މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ލޯބި ލޯބި ދެ ކުދިންގެ ޙައްގުގައެވެ. އޭބީ ޕޮޒިޓިވް ލޭ ހުންނަ ބަރިއްޔާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7605545 ގުޅުމަށް އާއިލާއިން ވެސް އެދެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2023

ތުރުކީއަށް އެހީވާން ދިޔަ ދިވެހިން: "އެއީ ބުނެދޭން އުނދަގޫ ޙާލަތެއް، މުޅި ސަރަޙައްދުން ދުވަނީ ކުނި ވަސް"

13 ފެބުރުއަރީ 2023
ތުރުކީއަށް އެހީވާން ދިޔަ ދިވެހިން: "އެއީ ބުނެދޭން އުނދަގޫ ޙާލަތެއް، މުޅި ސަރަޙައްދުން ދުވަނީ ކުނި ވަސް"
05 މާރިޗު 2022

1،500 ޑޮލަރަށް ވިއްކާލާނީ ކިޑްނީތަ ނޫނީ އަންހެން ދަރިފުޅުތަ؟

05 މާރިޗު 2022
1،500 ޑޮލަރަށް ވިއްކާލާނީ ކިޑްނީތަ ނޫނީ އަންހެން ދަރިފުޅުތަ؟
05 އޮކްޓޯބަރު 2021

ދެވަނަ ފަހަރަށް ކިޑްނީ ފެއިލް، ކުލުނުން ފުރިގެންވާ އަނތްބެއްގެ އަސަރުގަދަ ވާހަކަ!

05 އޮކްޓޯބަރު 2021
ދެވަނަ ފަހަރަށް ކިޑްނީ ފެއިލް، ކުލުނުން ފުރިގެންވާ އަނތްބެއްގެ އަސަރުގަދަ ވާހަކަ!
12 ޖޫން 2021

އެމްޑީޕީގެ މަންމަ، ދޮންމަންމައަކަށް ބަދަލުކުރަނީ ކީއްވެ؟

12 ޖޫން 2021
އެމްޑީޕީގެ މަންމަ، ދޮންމަންމައަކަށް ބަދަލުކުރަނީ ކީއްވެ؟
03 އެޕްރީލު 2021

ބާރުލިބި ފެއިލްވި ބޭފުޅަކަށް އާމާން ހިތް ފަސޭހަ މަގުތަކެއް ގާއިމްކޮށްދެވޭނެތަ؟

03 އެޕްރީލު 2021
ބާރުލިބި ފެއިލްވި ބޭފުޅަކަށް އާމާން ހިތް ފަސޭހަ މަގުތަކެއް ގާއިމްކޮށްދެވޭނެތަ؟
01 އެޕްރީލު 2021

މި ރަމަޟާން މަހު ފަޤީރަކަށް އެހީވާން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!

01 އެޕްރީލު 2021
މި ރަމަޟާން މަހު ފަޤީރަކަށް އެހީވާން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!
28 މާރިޗު 2021

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

28 މާރިޗު 2021
ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
27 މާރިޗު 2021

ދޮރުން ދޮރަށް ކެމްޕޭންތައް ހިންގޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާޒިރުވެގެން ނުކިޔެވެންވީ ކީއްވެ؟

27 މާރިޗު 2021
ދޮރުން ދޮރަށް ކެމްޕޭންތައް ހިންގޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާޒިރުވެގެން ނުކިޔެވެންވީ ކީއްވެ؟
26 ޖެނުއަރީ 2018

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް
26 ނޮވެމްބަރު 2017

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް